އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރޯދައަށް ތައްޔާރުވުން 21: ރުޅިގަދަކޮށް ރޯދައިން އުނިކުރާނީތަ؟ މިހާރުންސުރެ ބޭސްކާންވީނު؟

ރޯދައަށް ތައްޔާރުވުން 21: ރުޅިގަދަކޮށް ރޯދައިން އުނިކުރާނީތަ؟ މިހާރުންސުރެ ބޭސްކާންވީނު؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 26 ސިކުންތު

ބައެއް މީހުން ހީކުރަނީ ރޯދަ ހިފުމަކީ ރުޅިގަދަކުރަންޖެހޭ ކަމެއް ކަމަށެވެ. އެހެންކަމުން އެފަދަ މީހުން ރޯދައަށް ތިބެ ރުޅި ގަދަކޮށް ހިފައިގެން ހުރި ރޯދައިން ބޮޑުބައެއް އުނިކޮށްލައެވެ. ރުޅިގަދަކޮށް އަމަލުތައް ކުރީމާ ރޯދަ ގެއްލުނީ ކަމަށް ބުނާކަށް ނެތީމެވެ. ނަމަވެސް ރޯދައަށްހުރެ ރުޅި ގަދަކުރުމަކީ ހިފައިގެން ހުރި ރޯދައަށް އުނިކަން ލިބޭނެ ކަމެއް ކަމަށް ބުނަން ހަމަ ތައްޔާރެވެ. ލިބޭނެ މިންވަރު ކަނޑައަޅުއްވަވާނީ މާތްﷲ އެވެ.

ރޯދައަށް ހުރީތީ ތިއަ ރުޅި އަންނަނީ ކާކު ދެކެހެއްޔެވެ؟ ރޯދަ ހިފުމަކީ މީހަކު ދެކެ ރުޅި އަންނަން ޖެހޭ ކަމެއް ހެއްޔެވެ؟ ރޯދަ ހިފީތީ މީހަކު ދެކެ ރުޅި އަންނަން ޖެހޭނީ ރޯދަ ހިފީ މީހަކު ބުނެގެން ކަމަށްވާނަމަ ނޫން ހެއްޔެވެ؟ ބަލަ ތިބާ ރޯދަ ހިފީ މާތްޤ ގެ އެންގެވުމަށް ކަމަށްވާނަމަ ރޯދަ ހިފައިގެން ހުރެ ރުޅި އިސްނުކުރަން، އަދި އެކަމަށް ސަމާލުކަން ދިނުމަށް މާތްﷲ އެންގެވި އެންގެވުން ޤަބޫލުނުކުރަނީ ކީއްވެގެން ހެއްޔެވެ؟ އެހެން ކަމަށްވާނަމަ ތިބާއަކީ މާތްﷲ އަށް ފުރިހަމައަށް އީމާންވެގެން ހުރި މީހަކު ކަމަކަށް ނުބުނާނަމެވެ. މާތްﷲ އަށް އީމާންވީކަމަށްވާނީ މާތްﷲގެ ހުރިހާ އެންގެވުންތަކަކަށް ފުރިހަމައަށް ޢަމަލުކުރީމައެވެ.

ރޯދައަށްހުރެ ރުޅި ގަދަވެ އަނބިދަރިންނަށް އަނިޔާކުރަނީ ކިތައް މީހުން ހެއްޔެވެ؟ އަނިޔާގެ ސަބަބުން ގޮވައިގެން ހޮސްޕިޓަލަށް ގޮސް ފަރުވާކުރަން ނުޖެހޭ ހެއްޔެވެ؟ ޑޮކްޓަރަށް ކިޔައިދޭއިރު ބުނާނީ ދަރިފުޅުގެ ގައިގައި ނުވަތަ އަނބިމީހާގެ ގައިގައި ޖެހީ ރޯދަ ހިފައިގެން ތިބާ ހުރީތީ ކަމަށް ހެއްޔެވެ؟ ނޫނީ އިތުރު ދޮގެއް ހަދައި ތިމާ ހިފައިގެން ހުރި ރޯދައަށް އިތުރު އަނިޔާތައް ކުރާނީ ހެއްޔެވެ؟

ކަން އޮތީ މިގޮތަށް ނަމަވެސް މިކަމަށް އެއްގޮތަކަށްވެސް ނުވިސްނާ މީހުން ފުދޭވަރަކަށް ގިނައެވެ. ބައެއް މީހުން ރުޅި އިސްކުރުމަށްފަހު ބުނަނީ އެމީހުންނަކީ ލޭމައްޗަށްދާ ބަލީގެ މީހުން ކަމަށެވެ. ލޭ މައްޗަށް ދަނީ ރޯދަމަހު އެކަނިހެއްޔެވެ؟ އެހެން މަސްމަހު ރުޅިގަދަވެގެން ނޫޅެނީ އެހެން މަސްމަހު ލޭމައްޗަށް ނުދާތީ ހެއްޔެވެ؟ ބޭސް ނުކާތީ ހެއްޔެވެ؟

ނަމަވެސް ވިސްނައިލަން ޖެހޭ ބައަކުވެސް އެބައުޅެއެވެ. އެއީ ލޭގެ މިން މަތީ ފަށަލައިގައި ހުންނަ މީހުންނެވެ. އަދި މިހައިތަނަށް ބޭސްކާން ނުޖެހޭ މީހުންނެވެ. އެފަދަ މީހުންނަށް އޮތީ ކުރިއާލައި ޑޮކްޓަރަށް ދެއްކުމެވެ. ޑޮކްޓަރުގެ ލަފާގެ މަތިން އަމަލުތައް ބެހެއްޓުމެވެ. ރޯދައަށްވެސް އަދި ތިމާގެ ޞިއްޙަތަށްވެސް ފައިދާކުރާނީ ހަމަ އެއިރުންނެވެ.

ނިކަން ވިސްނައިލަބަލާށެވެ. ރޯދައަށް ހުރުމަކީ ކުޑަކަމެއް ނޫނެވެ. ބޮޑު ކަމެކެވެ. ރޯދައިގެ ސަވާބު އެހައި މަތިވަނީވެސް އެސަބަބަށްޓަކައެވެ. ވީއިރު އެފަދަ ބޮޑު ޤްރްބާނީއެއްވަމުން އެކަމުން ލިބެންޖެހޭ ފައިދާ ނުލިބި އަދި އިތުރު އަނިޔާއެއް ލިބުނީމާ އެނެރެވުނީ ކޮން ނަތީޖާއެއް ހެއްޔެވެ؟

މިއީ ވެސް ހަމަ ރޯދައަށް ތައްޔާރުވަމުން އަންނައިރު ވިސްނައިލުން ހަމަ ވަރަށް މުހިންމު ކަންކަން އިނގޭތޯއެވެ!

‍ - އިސްލާމީ ތިލަފަތުގެ ދަރުސަކުން -

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް