އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރޯދައަށް ތައްޔާރުވުން 22: މުދިމު ދެނީ ﷲ ގެ ދައުވަތެއް - ފުރަގަސްދީގެން ސަލާމަތެއް ނުވާނެ!

ރޯދައަށް ތައްޔާރުވުން 22: މުދިމު ދެނީ ﷲ ގެ ދައުވަތެއް - ފުރަގަސްދީގެން ސަލާމަތެއް ނުވާނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 30 ސިކުންތު

ރަމަޟާން މަހު މީސްތަކުން ޖަމާއަތުގައި ނަމާދުކުރާ އަދަދަށް ބަލާއިރު އެންމެ ގިނަ ބައަކު ފެންނަނީ ތަރާވީސް ނަމާދުންނެވެ. ފަރުޟު 5 ނަމާދުގެ ޖަމާއަތުން ފެންނަ މީހުންގެ އަދަދު މަދެވެ.

ތަރާވީސް ނަމާދަކީ ކިތަންމެހައިވެސް މުހިންމު ނަމާދެކެވެ. ނަމަވެސް އަބަދުވެސް ވިސްނަންޖެހޭނީ ތަރުތީބަށެވެ. އިސްކަންދޭންޖެހޭނީވެސް ތަރުތީބަށެވެ. ސުންނަތް ކަންކަން އަންނާނީ ފަރުޟު ކަންކަމުގެ ފަހަތުންނެވެ.

މި ގޮތަށް ވުމަށް މެދުވެރިވާ އެއް ސަބަބަކީ ފަރުޟު ނަމާދުތައް ޖަމާއަތުގައި ނުކުރެވި ފަހުން އެމީހަކު ބޭނުންހައި ވަގުތަކު ކުރާތީ ކަމަށްވެސް ވެދާނެއެވެ. އެއީވެސް ރަނގަޅު ގޮތެއް ނޫނެވެ. ރަމަޟާން މަހުވެސް އަދި އެހެން މަސްމަހުގައިވެސް އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭނީ ފަރުޟު ނަމާދުތައް ޖަމާއަތުގައި ކުރުމަށެވެ.

ފަރުޟު ނަމާދު، ޖަމާއަތުން ކައްސައިލަނީ ކަންކަން ތަރުތީބުކުރާ ގޮތުންނެވެ. ހަޔާތުގެ ކޮންމެ ދުވަހަކުވެސް ބަންގީގެ އަޑަކީ އެންމެ އިސްކަންދޭ އަޑު ކަމަށް ހަދާށެވެ. އެއީ އެކަން އޮތް ގޮތެވެ. މުދިމު ގޮވާލަނީ އޭނާގެ އަމިއްލަ ގޮވުންތަކެއް ނޫނެވެ. މުދިމު ގޮވަނީ އޭނާއަށް ކަމެއް ކޮށްދޭން އައުމަކަށް ނޫނެވެ. އެއިގެ ބަދަލުގައި މުދިމު ގޮވައި އަޑު އިއްވައި މީސްތަކުންނަށް ހަނދާންކޮށްދެނީ ކޮންމެހެން އަދާކުރަންޖެހޭ ފަރުޟު އަދާކުރުމަށް އަވަސްވެގަތުމަށެވެ. މުދިމު ގޮވައި އިއްވަނީ މާތް ﷲ ގެ އެންގެވުންތަކެވެ.

މުދިމު މިސްކިތަށް ދައުވަތުދީ އަވަހަށް އައުމަށް ގޮވަނީ ތިބާއަށް ފަލާޙް ލިބިގަތުމަށެވެ. ވީމާ އެއީ މުދިމު ތިބާއަށް ދޭ ދައުވަތެއް ނޫނެވެ. މުދިމު މެދުވެރިކުރައްވައި އެ ދައުވަތު ތިބާއަށް ދެއްވަވަނީ ޢާލަމްތަކުގެ ވެރި ﷲ އެވެ. ތިބާ އުފައްދަވައި ތިބާއަށް ހުރިހާ ނިޢުމަތްތަކެއް ދެއްވަވާ ﷲ އެވެ. ވީއިރު އެ ދައުވަތު ޤަބޫލުކުރުމަށްވުރެ މުހިންމުކަން ބޮޑުވާންޖެހޭނީ ކޮން ކަމެއްގެ ހެއްޔެވެ؟

- ލަވް އިސްލާމްގެ ދަރުސަކުން -

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް