އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރޯދައަށް ތައްޔާރުވުން 25: ރޭގަނޑު ދުވާލަށް، ދުވާލު ރޭގަނޑަށް ބަދަލުކުރުމަކީ ރޯދަ ހިފުމެއް ނޫން: ޑރ. ޒާކިރް ނައިކް

ރޯދައަށް ތައްޔާރުވުން 25: ރޭގަނޑު ދުވާލަށް، ދުވާލު ރޭގަނޑަށް ބަދަލުކުރުމަކީ ރޯދަ ހިފުމެއް ނޫން: ޑރ. ޒާކިރް ނައިކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 43 ސިކުންތު

ރަމަޟާން މަސް އައުމުން ރޯދަ ހިފަން ބައެއް މީހުން ކުރާ ކަމަކީ ދުވާލު ރޭގަނޑަށް ބަދަލުކޮށްލައި އަދި ރޭގަނޑަކީ ދުވާލަށް ބަދަލުކޮށްލަނީއެވެ. ރަމަޟާން މަސް އައުމުގެ ކުރިން ދުވާލުކޮށް އުޅުނު ކަންތައްތައް ރޭގަނޑަށް ބަދަލުކޮށްލާފައި ނިދާ ވަގުތަކީ ދުވާލުކަމަށް ހަދަނީއެވެ. އިތުރު އެއްވެސް ކަމެއް ނުކުރެއެވެ.

މިއީ ރޯދަ ހިފުމެއް ނޫނެވެ. މާތް ﷲ ރޯދަ ފަރުޟުކުރެއްެވެވީ ނިދާފައި ހުރެގެން ހިފާކަށް ނޫނެވެ. ރޯދައަށް ހުންނަ މީހާ ހޭލައި ހުރެގެން ގިނަ ކަންތައްތަކެއް ކުރަންޖެހެއެވެ. ދުވާލު ނުކައި ހުންނަ ހުރުން ރޯދައަކަށް ބަދަލުވެގެން މިދަނީ ނުކައި ހުރެގެން ޚާއްޞަ އަޅުކަންތައްތަކެއް ކުރުމުންނެވެ. ނޫން ނަމަ ދުވާލު ނުކައި ހުރުމަކުން އެއީ ރޯދައެއް ހިފުމަކަށް ނުވާނެއެވެ.

އެކަންވާނީ ދުވާލު ނުކައި ހުރީ ކަމަށެވެ. އެކަމަކުން ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ.

ރޭއަޅުކަމުގައި ހޭލާ އުޅޭ މީހުން ދުވާލު އިތުރު ވަގުތުކޮޅަކު ނިދައިލުމަކީ މުޅިން ތަފާތު ކަމެކެވެ. އެކަން ކުރަންވެސް ޖެހެއެވެ. އެއީ ނިދި ފުރިހަމަކޮށް އަނެއް ރޭ ހޭލައި ހުރެ އަޅުކަން ކުރުމަށް ތައްޔާރުވުމަށެވެ. އެއްވެސް ހާލެއްގައި ދުވާލު ހަތަރުދަމު ނިދަންވީ ރޭގަނޑު ހޭލައިހުރެ މަޖާކުރާކަށް ނޫނެވެ.

ހިފާ ރޯދަ ރޯދައަކަށް ހެދުމަށްޓަކައި ނަމާދުތައް ފުރިހަމައަށް އަދާކުރަންޖެހެއެވެ. ކީރިތި ޤްރްއާން ކިޔެވުން ގިނަކުރަންޖެހެއެވެ. ދީނީ ދަރުސްތައް އަޑުއަހަންޖެހެއެވެ.

އަނބިދަރިންގެ ކަންކަން ބެލުމުގެ އިތުރަށް މައިންބަފައިންނާއި ޢާއިލާގެ މީހުންގެ ކަންކަން ބަލައި އެހީތެރިވެދޭންޖެހެއެވެ. ވެވެން އޮތް މިންވަރަކުންނެވެ. ވެވެން އޮތް ގޮތަކުންނެވެ. އަމިއްލަ އަތުން ޚަރަދުކުރެވެން ނެތްނަމަ އެމީހުންގެ ފައިސާއަށް ބާޒާރުކޮށްލައި ދިނުމަކީވެސް ހަމަ ވަރަށް މުހިންމު އަޅުކަމެކެވެ.

ކުރަންޖެހޭ އެއްވެސް އަޅުކަމެއް ނުކޮށް، އަދާކުރަންޖެހޭ އެއްވެސް މަސްއޫލިއްޔަތެއް އަދާނުކޮށް ދުވާލު ހަތަރުދަމު ނިދާފައި އޮންނަ މީހާއަށް ލިބޭނީ ކޮން ރޯދައެއް ހެއްޔެވެ؟ ވީމާ ރޯދައިގެ ސަވާބު ފުރިހަމައަށް ލިބޭ ގޮތަށް ރޯދަ ހިފަން ފަށަން ތައްޔާރުވާށެވެ.

- ޑރ. ޒާކިރް ނައިކު- އިސްލާމީ ތިލަފަތުގެ ދަރުސަކުން -

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް