އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެންމެ މީރުވަހާއިއެކު މާތް ﷲ ގެ ޙަޟްރަތަށް ދާން ބޭނުންނަމަ އޮތީ ފުރިހަމައަށް ރޯދަހިފުން: ޑރ. ޒާކިރު ނައިކް

އެންމެ މީރުވަހާއިއެކު މާތް ﷲ ގެ ޙަޟްރަތަށް ދާން ބޭނުންނަމަ އޮތީ ފުރިހަމައަށް ރޯދަހިފުން: ޑރ. ޒާކިރު ނައިކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 25 ސިކުންތު

އެންމެ މީރުވަހާއިއެކު މާތް ﷲ ގެ ޙަޟްރަތަށް ދާން ބޭނުންނަމަ އޮތީ ފުރިހަމައަށް ރޯދަހިފުންކަން ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ގެ ޞަޙީޙް ޙަދީޘްފުޅުން އެނގެން އެބައޮތެވެ. ޙަދީޘްފުޅުގައިވަނީ ރޯދަވެރިޔާގެ ނޭވާގެ ވަސް މާތް ﷲ ގެ ޙަޟްރަތުގައި ގޮމަކަސްތޫރިއަށްވުރެ މާތްވެގެންވާ ކަމަށެވެ. އަދި މިހަދީޘްފުޅު ކުރައްވަވާފައިވަނީ މާތް ﷲ ގަންދެއްވަވައިއެވެ.

ރޯދަވެރިން ދުރުހެލިވާންވީ ހަމައެކަނި ޙަރާމް ކަންކަމަކުން ނޫނެވެ. މަކްރޫހަ ކަންކަމުންވެސް ދުރުހެލިވާންޖެހޭނެއެވެ. އެހެނީ މަކްރޫހަ ކަމަކުން އެއްވެސް ފައިދާއެއް ނުކުރާނެތީއެވެ.

މިސާލަކަށް ރޭހެއް ޖަހަން ތައްޔާރުވާ މީހާ އަބަދުވެސް ބަލާނީ ދުއްވާ އުޅަނދުގެ ސްޕީޑް އެންމެ ބާރުކުރެވޭނެ ގޮތްތަކަށެވެ. ސްޕީޑް ހަމަ އެންމެ ފުކެއްވެސް މަޑުވާނެ ގޮތަކަށް އެއްވެސް ކަމެއް ނުކުރާނެއެވެ. ސްޕީޑް ބާރުކުރަން ކުރެވެންހުރި ހުރިހާ ކަމެއް ކުރާނެއެވެ. ޔަޤީން ކުރަންވީ މަކްރޫހަ ކަމެއް ކޮށްގެން ލިބޭނެ ކުރިއެރުމެއް ނެތް ކަމެވެ. އެކަމެއް ކުރުމުން ކަނޑައެޅިގެން އަޒާބު ނުލިބުމަކީ ލިބޭ ކުރިއެރުމެއް ނޫނެވެ. ކުރިއެރުމަކަށްވާނީ އަޒާބު ނުލިބުމާއިއެކު ސަވާބު ލިބޭނެ ގޮތަށް ކަމެއް ކުރެވިއްޖެ ނަމައެވެ.

ބައެއް މީހުންނަށް ހީވަނީ މަކްރޫހަ ކަންކަމަކީ ކުރަން އެންމެ ރަނގަޅު ކަންކަން ކަމަށެވެ. ނަމަވެސް އެއީ ރަނގަޅު ވިސްނުމެއް ނޫނެވެ. ކުރިއެރުން ހޯދަން ބޭނުންނަމަ ޖެހޭނީ މަކްރޫހަ ކަންކަމާއިވެސް ދުރުހެލިވާށެވެ.

ކުޑަކުޑަ މިސާލެއް ބުނެފާނަމެވެ. ކޮޅަށް ހުރެ ފެން ބުއިމަކީ މަކްރޫހަ ކަމެކެވެ. އިށީނދެ އިނދެ ފެން ބުއިމަކީ ސުންނަތެވެ. ސުންނަތެއް އަދާކުރުމުން ސަވާބު ލިބެއެވެ. ވީއިރު އެ ސަވާބު ލިބި ނުގަތުމަކީ އަމިއްލައަށް ލިބިގަންނަ އަނިޔާއަކަށް ނުވޭހެއްޔެވެ؟

- ޑރ. ޒާކިރް ނައިކްގެ ދަރުސަކުން -

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް