އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިންޑިއާއަށް ދާނީ އިންސާފު ލިބޭނެކަން ޔަޤީންވި ދުވަހަކުން: ޑރ. ޒާކިރް ނައިކް

އިންޑިއާއަށް ދާނީ އިންސާފު ލިބޭނެކަން ޔަޤީންވި ދުވަހަކުން: ޑރ. ޒާކިރް ނައިކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 6 ސިކުންތު

އިންޑިއާއަށް ވަޑައިގަންނަވާނީ އިންސާފު ލިބިވަޑައިގަންނަވަނެކަމުގެ ޔަޤީންކަން ލިބިވަޑައިގެންނެވި ދުވަހަކުން ކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. ޒާކިރު ނައިކް ވިދާޅުވެއްޖެއެވެ.

ޑރ. ޒާކިރު ނައިކް މިފަދަ މޭރުމަކުން ވިދާޅުވެފައިވަނީ އެމަނިކުފާނު އެނބުރި އިންޑިއާއަށް ވަޑައިގަންނަވަން އުޅުއްވާ ކަމަށް ތުހުމަތުކޮށް އިންޑިއާގެ ބައެއް މީޑިއާތަކުން ފަތުރަމުން ގެންދާ ޚަބަރުތަކަކާއި ގުޅިގެންނެވެ.

2016 ވަނަ އަހަރުން ފެށިގެން މެލޭސިޔާގައި ދިރިއުޅުއްވަމުން ގެންދަވާ ޑރ. ޒާކިރް ނައިކް އަނބުރާ އިންޑިއާއަށް ގެންދިއުމަށް އެ ޤައުމުން ވަނީ އެތައް ފަހަރެއްގެމަތިން މަސައްކަތްކޮށްފައެވެ. މެލޭސިޔާއިން ބުނަމުން އަންނަނީ ހައްޔަރުކޮށް އިންޑިއާ އާއި ހަވާލުކުރެވޭނީ ޑރ. ޒާކިރު ނައިކް ކުރައްވާފައިވާ ކުށް ބަޔާންކޮށް ބައިނަލްއަޤްވާމީ ފެންވަރުގައި ޤަބޫލުކުރެވޭނެ ރެޑް ނޯޓިސްއެއް އިންޑިއާ އިން ނެރުމުން ކަމަށެވެ. ނަމަވެސް އެފަދ ނޯޓިސްއެއް އިންޑިއާއަށް ނެރެވިފައެއް ނުވެއެވެ.

ޑރ. ޒާކިރް ނައިކް ވިދާޅުވީ އޭނާގެ މައްޗަށް އިންޑިއާ އިން ކުރަނީ ކަނޑައެޅިގެން ދޮގު ތުހުމަތުތައް ކަމަށާއި ފަތުރަނީވެސް ދޮގު ވާހަކަތައް ކަމަށެވެ. އެހެންކަމުން އެހައި އިންސާފު ކުޑަކޮށް ކަންކަން ކުރަމުން ގެންދަނިކޮށް އިންޑިއާއަށް ވަޑައިނުގަންނަވާނެ ކަމަށެވެ.

މެލޭސިޔާގައި ޑރ. ޒާކިރް ނައިކު ދިރިއުޅުއްވަނީ ޕުޓްރްޖާޔާގައެވެ. ޑރ. ޒާކިރް ނައިކް ބޭނުންފުޅުނަމަ ސައުދިއަރަބިޔާގައިވެސް ދިރިއުޅުއްވުމުގެ ފުރުޞަތު ސައުދީ ސަރުކާރުން ވަނީ ފަހިކޮށްދީފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް