އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބޮޑެތި ޝައިޠާނުން ކަސްތޮޅު އެޅުއްވީމާވެސް ފާފަތައް ކުރެވެނީ ފާފަކުރަން ދެވިހިފާފަ ތިބޭތީ: ޑރ. ޒާކިރް ނައިކް

ބޮޑެތި ޝައިޠާނުން ކަސްތޮޅު އެޅުއްވީމާވެސް ފާފަތައް ކުރެވެނީ ފާފަކުރަން ދެވިހިފާފަ ތިބޭތީ: ޑރ. ޒާކިރް ނައިކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 30 ސިކުންތު

މާތްﷲ ރަމަޟާން މަހަށް ބޮޑެތި ޝައިޠާނުންތައް ކަސްތޮޅު އެޅުއްވެވުމުން ފާފަތައް ކުރެވެނީ ފާފަތައް ކުރަން ދެވި ހިފާފައި ތިބޭތީއެވެ.
މިވާހަކައަށް ވިސްނާށެވެ.

ޑްރަގް ޑީލަރުން ކުޑަކުދިންނަށް ފުރަތަމަ ޑްރަގް ދޭނީ ހިލެއެވެ. ވަކިވަރަކަށް ދެވި ހިފީމާ ކުޑަކުޑަ އަގެއް ނަގަން ފަށާނެއެވެ. އެންމެ ރަނގަޅަށް ދެވިހިފީމާ ހަމައަގު ނުވަތަ ލިބެން އޮތް ބޮޑު އަގެއް ނަގަން ފަށާނެއެވެ.

އެހިސާބުން ކުއްޖާ ހޯދަން އުޅޭކަށް ޑްރަގްޑީލަރަކަށް ނުޖެހޭނެއެވެ. ޑީލަރު ހުރިތަނަކުން ހޯދައިގެން ޑްރަގް ހޯދާނެއެވެ. އެހެން އުޅެނިކޮށް ޑީލަރު ޖަލަށްލައިފިނަމަ އެހެން ޑީލަރެއް ހޯދައިގެންވެސް ޑްރަގް ހޯދާނެއެވެ.

ރަމަޟާންމަހުވެސް މިވަނީ ހަމަ އެފަދަ ގޮތެކެވެ. ބޮޑެތި ޝައިޠާނުންތައް ކަސްތޮޅު އެޅުއްވެވީމާ ވީއްލިގެން ތިބޭ ކުދިކުދި ޝައިޠާނުންގެ ފަހަތުން ދުވެވެނީއެވެ. ކުދިކުދި ޝައިޠާނުންގެ ޝިކާރައަކަށް ވެގެންދަނީއެވެ.

ދެން ވިސްނަންވީ ސޫރަތުއްނާސި އަށެވެ. މާތްﷲ ވަހީކުރައްވަވާފައިވަނީ:

"ކަލޭގެފާނު ވިދާޅުވާށެވެ. މީސްތަކުންގެ ވެރި ރަސްކަލާނގެ ޙަޟްރަތުން ރައްކައުތެރިކަން ލިބިގަންނަމެވެ.
(އެކަލާނގެއީ) މީސްތަކުންގެ ވެރި ރަސްކަލާނގެއެވެ.

(އެކަލާނގެއީ) މީސްތަކުންގެ އިލާހްވަންތަ ރަސްކަލާނގެއެވެ.

ފިލައިހުރެ ވަސްވާސްދޭ ޝައިޠާނާގެ ނުބައިކަމުންނެވެ. (އެބަހީ: ޝައިޠާނާގެ ނުބައިކަމުން އެކަލާނގެ ޙަޟްރަތުން ރައްކައުތެރިކަން ލިބިގަންނަމެވެ.)

އެ (ޝައިޠާނާ) އީ މީސްތަކުންގެ ހިތްތަކުގައި ވަސްވާސް އުފައްދާ ޝައިޠާނާއެވެ

ޖިންނީންގެ ތެރެއިންނާއި މީސްތަކުންގެ ތެރެއިންވާ ޝައިތާނުންނެވެ."

މިއާޔަތްތަކަށް ވިސްނުމުން މީސްތަކުންގެ ތެރޭގައިވެސް ޝައިޠާނުން ތިބޭނެކަން މިވަނީ އެނގިފައެވެ. މާތް ﷲ ކަސްތޮޅު އަޅުއްވަވަނީ ޝައިޠާނުންނެވެ. އިންސާނުން ބައިޠިއްބަވަނީ މިނިވަންކަންމަތީގައެވެ. އެހެންވީމާ މާތް ﷲ ކަސްތޮޅު ނުއަޅުއްވަވާ ކުދިކުދި ޝައިޠާނުންތަކާއި އިންސާނީ ޝައިޠާނުންތައް ގެންދަނީ މީސްތަކުންނަށް ވަސްވާސްދެމުންނެވެ.

- ޑރ. ޒާކިރު ނައިކް -

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް