އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޝައިޠާނުންނަށް ރޯދަވެރިންނާ ކައިރިއެއް ނުވެވޭނެ- ޑރ. ޒާކިރު ނައިކް

ޝައިޠާނުންނަށް ރޯދަވެރިންނާ ކައިރިއެއް ނުވެވޭނެ- ޑރ. ޒާކިރު ނައިކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 15 ސިކުންތު

މާތް ﷲ ރަމަޟާން މަހަށް ޝައިޠާނުން ކަސްތޮޅު އެޅުއްވެވި ނަމަވެސް މީސްތަކުން އެކި ވަރުގެ ފާފަތައް ކުރާތީ ގިނަ ބައަކު ތަފާތު ސުވާލުތައް އުފައްދައެވެ.

މިކަމުގައި އަހަރެންގެ ވިސްނުމާއި ބަސް ހާމަކޮށްލާނަމެވެ.

މާތްﷲ ރޯދަވެރިން ޝައިޠާނާގެ ކިބައިން ސަލާމަތްކުރައްވަވާނެކަން އެއީ ޔަޤީން ކަމެކެވެ. އަދި މާތް ﷲ ޝައިޠާނުން ޗޭނު ޖައްސަވަނީވެސް ރޯދަވެރިންނަށްޓަކައެވެ. ރޯދަ ހިފުމަށް މަގުފަހިކޮށް ދެއްވެވުމަށެވެ. އެހެންވީމާ ޝައިޠާނުންނަކަށް މާތް ﷲ އަންގަވާފައިވާ ގޮތުގައި ރޯދަ ހިފާ މީހާ އާއި ކައިރިއެއް ނުވެވޭނެއެވެ. އެހެންވީމާ ޝައިޠާނާގެ ކިބައިން ސަލާމަތްވުމަށް އޮތް ހަމައެކަނި ގޮތަކީ ފުރިހަމައަށް ރޯދަ ހިފުމެވެ.

ޑރ. ޒާކިރު ނައިކް ރާއްޖެއަށް ކުރެއްވި ދަތުރުގެ ތެރެއިން: ފޮޓޯ މިއަދު

މިބަހުގެ ހެއްކެއްވެސް ދައްކަފާނަމެވެ. މުސްލިމް ޤައުމުތަކުގައި ކުށްކުރާ މިންވަރު ރަމަޟާން މަހު މަދުވެގެންދެއެވެ. މުސްލިމް ނޫން ޤައުމުތަކުގައި ކުށްކުރާ މިންވަރު ހުންނަނީ ހަމަ އެއްވަރެއްގައެވެ. ރޯދަ ނުހިފާ މީހުންނަށްޓަކައި ރަމަޟާންމަހު ޝައިޠާނުންތައް ކަސްތޮޅު އަޅުއްވަވާނަމަ މުސްލިމް ނޫން ޤައުމުތަކުގައިވެސް ކުށްކުރާ މިންވަރު މަދުވާންޖެހޭނެއެވެ.

ކަންކަން މިގޮތަށް ފެންނަން ހުރުމުން ރަމަޟާންމަހު ޝައިޠާނުންގެ ކިބައިން ސަލާމަތްވުމަށް އޮތް ހަމައެކަނި މަގަކީ ފަރުޟު ރޯދައަށް ރައްކައުތެރިވުންކަން އެބަ އެނގިގެންދެއެވެ.

- ޑރ. ޒާކިރު ނައިކުގެ ދަރުސަކުން -

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް