އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރޯދައަށް ހުރެ ޖިންސީ ގުޅުން ހިންގުމަކީ ކުރެވޭނެ އެންމެ ބޮޑު ފާފަ- ކައްފާރާ ދޭންޖެހޭނެ: ޑރ. ޒާކިރް ނައިކް

ރޯދައަށް ހުރެ ޖިންސީ ގުޅުން ހިންގުމަކީ ކުރެވޭނެ އެންމެ ބޮޑު ފާފަ- ކައްފާރާ ދޭންޖެހޭނެ: ޑރ. ޒާކިރް ނައިކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 49 ސިކުންތު

ރޯދައަށްހުރެ މީހަކަށް ކުރެވޭނެ އެންމެ ބޮޑު ފާފައަކީ ޖިންސީ ގުޅުން ހިންގުމެވެ. ރޯދައަށް ހުރެ ޖިންސީ ގުޅުން ހިންގައިފިނަމަ ވަގުތުން ތައުބާވާންޖެހޭނެއެވެ. ރޯދަ އަލުން ހިފުމާއެކު ކައްފާރާ ދޭންޖެހޭނެއެވެ. އެކަން ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ގެ ޙަދީޘްފުޅުން ވަރަށް ސާފުކޮށް އެނގެން އެބައޮތެވެ.

ކައްފާރާއަކީ އަޅަކު މިނިވަންކުރުމެވެ. ނުކުރެވޭނެނަމަ ވިދިވިދިގެން 60 ދުވަހު ރޯދަ ހިފުމެވެ. އެކަން ނުކުރެވޭނެ ނަމަ އެންމެ ކުޑަމިނުން 60 ފަޤީރުންނަށް ކާންދޭންޖެހޭނެއެވެ. މިކަންކަން ކުރުމުގައި ތަރުތީބު އޮޅުވައިލުމެއްވެސް ނެތެވެ. މާނައަކީ ފުރަތަމަ ފަށަން މިޖެހެނީ އަޅަކު މިނިވަންކުރުމުންނެވެ. މިޒަމާނުގައި އެކަން ކުރުމުގެ ފުރުޞަތު ނެތިދާނެއެވެ. ދެން ޖެހޭނީ ވިދިވިދިގެން 60 ދުވަހު ރޯދަ ހިފާށެވެ. މެދު ކެނޑިއްޖެނަމަ ޖެހޭނީ އަލުން ފަށާށެވެ. 60 ފަޤީރުންނަށް ކާން ދިނުމަކީ އެންމެފަހު ގޮތެވެ.

ރޯދަ ވެރިޔާ ހުވަފެނުގައި ޖުނުބުވެރިވެއްޖެނަމަ އެއީ އެމީހެއްގެ ކުށެއް ނޫނެވެ. ރޯދައެއް ނުގެއްލޭނެއެވެ. ނަމަވެސް ވީހައި އަވަހަކަށް ހިނައިގަންނަން ޖެހޭނެއެވެ. އަދި ފަތިސް ނަމާދުގެ ކުރިން އެފަދަ ކަމެއް މެދުވެރިވެއްޖެނަމަ ހިނައިގަތުމާއިއެކު ވީހައި އަވަހަކަށް ނަމާދުކުރަންވާނެއެވެ.

ރޯދަވެރިޔާއަށް ޖުނުބުގެ ހާލަތުގައި ނިދިފައި ހެނދުނު ހޭލެވުނު ނަމަވެސް އަވަސްވެގަންނަންވާނީ ހިނައި ގަތުމަށާއި ނަމާދުކުރުމަށެވެ. ޖުނުބުގެ ހާލަތުގައި ހިނައި ނުގަނެ ލަސްކުރުމެއް ނެތެވެ.

- ޑރ. ޒާކިރް ނައިކުގެ ދަރުސަކުން -

(މިއީ މިކަންކަމުގައި އަމަލުކުރަންޖެހޭ ގޮތް ނަމަވެސް މިކަންކަމަށް ސަމާލުކަން ދިނުން ދަނީ ކުޑަވަމުންނެވެ. ރޯދައަށް ތިބެ ޖިންސީ ގުޅުން ހިންގުން މިދަނީ އިތުރުވަމުންނެވެ. ޖިންސީ ގުޅުން ހިންގުމަށްފަހު ކައްފާރާ ނުދޭ މީހުން ދަނީ ގިނަވަމުންނެވެ. އެއީ ބިރުހުރި ކަމެކެވެ. ރޯދައަށް ހުރެ ކުރެވޭނެ އެންމެ ބޮޑު ފާފައަކީ ޖިންސީ ގުޅުން ހިންގުން ކަމަށްވުމުން އެކަމުގެ ހުރި ބިރުވެރިކަން އިޙްޞާޞްކުރުން ވަރަށް މުހިންމެވެ.)

ގުޅުންހުރި ވީޑިއޯ:

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް