އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރަމަޟާން މަހާއި ގުޅިގެން ޑރ. ޒާކިރް ނައިކުގެ ނަޞޭޙަތް ފުންޏެއް.

ރަމަޟާން މަހާއި ގުޅިގެން ޑރ. ޒާކިރް ނައިކުގެ ނަޞޭޙަތް ފުންޏެއް.


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 12 ސިކުންތު

ތަރާވީސް ނަމާދަކީ ސުންނަތެކެވެ. ފަރުޟެއް ނޫނެވެ. ނަމަވެސް ތަރާވީސް ނަމާދަކީ ނުކޮށް ދޫކޮށްލަން ހެޔޮވާވަރުގެ ސުންނަތެއް ނޫނެވެ. އެނަމާދުގެ ސަވާބާއި ބަރަކާތް އިތުރުކަމުންނެވެ.

ތަރާވީސް ނަމާދުގައި ވަރަށް އަވަސް އަވަހަށް ކީރިތި ޤްރްއާން ކިޔަވާ އިމާމުން އުޅެއެވެ. އެފަދަ އިމާމުންގެ ފަހަތުގައި ނަމާދުކުރަން ގިނަ ބައަކު ލޯބި ކުރެއެވެ. ނަމަވެސް އަހަރެން ބުނާނީ އެގޮތަށް ނުކިޔެވުމަށެވެ. ކިޔަވަންވާނީ ލަސްލަހުން އެހެން މީހުންނަށް އެކިޔަވާއެއްޗެއް ސާފުކޮށް އެނގޭނެ ގޮތަށެވެ.

ހަމައެއާއިއެކު ފަހު ދިހައިގެ އިޢްތިކާފަށް އިންނަން ހަނދާންކުރުމަށް ވަސިއްޔަތްކުރަމެވެ. އެއީވާ ހާދަހައި މަތިވެރި އަޅުކަމެކެވެ. އިއުތިކާފަށް ނިޔަތް ގަނެގެން މިސްކިތުގައި އެމީހަކަށް ހޭދަކުރެވެން އޮތް ވަރަކަށް ވަގުތުކޮޅެއް ހޭދަކުރުމުން ފުދުނީއެވެ. ވީހައި ގިނައިން އެކަން ކުރެވޭތޯ ގަދައަޅައި މަސައްކަތްކުރާށެވެ. އެކަން ކުރަން ބޭނުންވާ މީހާއަށް ވަގުތު ހޯދޭނެއެވެ.

އިޢްތިކާފަށް އިންނައިރު ފޯނުން ބޭކާރު ކަންކަން ނުކުރުމަށް ހަނދާންކޮށްދެމެވެ. ކީރިތި ޤްރްއާން ކިޔެވުމަށާއި އެނޫންވެސް އެފަދަ ކަންކަމަށް ފޯނު ބޭނުންކުރާށެވެ. އިޢްތިކާފަށް އިންނަ ވަގުތަކީ އިޖުތިމާޢީ ހަރަކާތްތައް ހިންގާ ވަގުތަކަށް ނުހަދާށެވެ. އެހެންވަގުތަކު އެކަންކުރާށެވެ. އެހެނީ އިއްތިކާފަށް އިނުމުގެ ބޭނުމަކީ މާތް ﷲ ގެ މަތިން ހަނދުމަކުރުމާއި މާތް ﷲ އަށް ޛިކުރުކުރުމެވެ. މާތް ﷲ އަށް އަޅުކަން ކުރުމެވެ.

ރަމަޟާން މަހު އެންމެ ގިނައިން ކުރާ ކަމަކީ ކީރިތި ޤްރްއާން ކިޔެވުން ކަމަށް ހަދާށެވެ. މާނަވެސް ކިޔާށެވެ. ދެން އިތުރަށް ކުރަން އެންމެ ރަނގަޅު އެއްކަމަކީ ޞަޙީޙް ޙަދީޘްތައް ކިޔައި ދަސްކުރުމެވެ. ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ގެ ސިޔަރަތު ވީހައި ގިނައިން ކިޔާށެވެ.

ވަރަށް ގިނަ މީހުން އެންމެ ބޮޑަށް ހަނދާން ނައްތައިލާ އެއް ކަމަކީ އާއިލާއަށް ވަގުތު ދިނުމެވެ. އެހެން ނުހަދާށެވެ. ރޯދަ ކުރުކުރުމުގެ ނަމުގައި ރައްޓެހިންނާއިއެކު ވަގުތުތައް ބޭކާރު ގޮތުގައި ހޭދަނުކުރާށެވެ. ޢާއިލާއަށް ވަގުތުދޭށެވެ. މައިންބަފައިންނާއިއެކު ގުޅުން ބަދަހިކުރާށެވެ.

ރަމަޟާން މަހަކީ މާފުކުރުމާއި މާފަށް އެދުމުގެ މަހެވެ. ކިރިޔާވެސް މީހެއްގެ ހިތުގައި ޖެހޭފަދަ ކަމެއް ކުރެވިފައިވާނަމަ އަވަހަށް މާފަށް އެދޭށެވެ.

ރަމަޟާން މަސް ނިމިގެންދާއިރު އެންމެންގެ ކިބައިން މާފު ހޯދައިގެން ހުންނަން އަޒުމު ކަނޑައަޅާށެވެ. އަދި އެންމެންނަށް މާފުކޮށްގެންވެސް ހުންނާށެވެ.

ރަމަޟާން މަހުގެ ދުވަސްތަކުގައި އަމަލުކުރާނެ ގޮތުގެ ތާވަލެއް ކަޑައަޅާށެވެ. އެ ތާވަލަށް ފުރިހަމައަށް އަމަލުކުރާށެވެ. އެންމެ ސުކުންތެއްވެސް ބޭކާރު ނުކުރާށެވެ. އެގޮތުގައި މަސައްކަތްކޮށްފިނަމަ މާތް ﷲ ވާގިފުޅާއިއެކު ރަމަޟާން މަސް ނިމިގެންދާއިރު އޮންނާނީ އެމަހުން ހާޞިލުކުރަންޖެހޭ ކަންކަން ޙާޞިލުކުރެވިފައެވެ.

- ޑރ. ޒާކިރު ނައިކުގެ ދަރުސަކުން -

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް