އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފައިޞަލް ނަސީމަށް ޢަލީ ޙުސައިން މަރުހަބާ ވިދާޅުވެއްޖެ

ފައިޞަލް ނަސީމަށް ޢަލީ ޙުސައިން މަރުހަބާ ވިދާޅުވެއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 9 ސިކުންތު

އިދިކޮޅު ކޯލިޝަނުގެ ރަނިންމޭޓުކަމަށް ހޮވިވަޑައިގެންނެވި ފައިޞަލް ނަސީމަށް ޢަލީ ޙުސައިން މަރުހަބާ ވިދާޅުވެއްޖެއެވެ.

ޢަލީ ޙުސައިން ވިދާޅުވީ މިރޭ ފެނިގެން މިދިއައީ ޑިމޮކްރަސީގެ ފުރިހަމަ ނަމޫނާ ކަމަށާއި ޖޭޕީގެ ތެރޭގައި ޑިމޮކްރަސީ އޮތް ގޮތުގެ ފުރިހަމަކަން ކަމަށެވެ.

ޢަލީ ޙުސައިން ވިދާޅުވީ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) އާއި ރަނިންމޭޓް ފައިޞަލް ނަސީމް އާއި ގުޅިވަޑައިގެން މަސައްކަތްކުރެއްވުންމަތީގައި ސާބިތުކަމާއިއެކު ދެމިހުންނަވާނެ ކަމަށެވެ.

"ރައްޔިތުންގެ އެންމެ ބޮޑު ބޭނުމަކީ ރައީސް ޔާމީން ވެރިކަމުން ދުރުކުރުން. މިވެރިކަން ބަދަލުކުރުން. އެކަން ކުރަން ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރާނަން. މާތް ﷲ ވާގިފުޅާއިއެކު އެ މަސައްކަތް ކާމިޔާބު ކުރެވޭނެ." ކަމަށްވެސް ޢަލީ ޙުސައިން ވިދާޅުވިއެވެ.

ސޯޝަލް މީޑިއާގައި އެންމެ ގިނަ ބައަކު ކެންޕޭނުކޮށްފައިވަނީ ރަނިންމޭޓަކަށް ޢަލީ ޙުސައިން ހޮވުމަށެވެ. އެހެންކަމުން ޢާންމު ރައްޔިތުންގެ މެދުގައި ޢަލީ ހުސައިނަށް އޮތް ތާއީދު ވަނީ ހާމަވެފައެވެ.

ރަނިންގ މޭޓަކަށް ހޮވިވަޑައިގެންނެވި ފައިޞަލް ނަސީމަށް 15 ވޯޓު ލިބިވަޑައިގެންފައިވާއިރު ޢަލީ ޙުސައިން ވަނީ 14 ވޯޓު ހޯއްދަވައިފައެވެ. އެހެންކަމުން ނަތީޖާ ބަދަލުވީ ހަމަ އެންމެ ވޯޓަކުންނެވެ.

ފައިޞަލް ނަސީމަށް އެއްވޯޓު އިތުރުވި ސަބަބުކަމަށް ބެލެވެނީ ފައިޞަލް ނަޞީމް ޖޭޕީގައި ވަރަށް ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވާފައިވުން ކަމަށް ފާހަގަކުރެވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް