އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރިޝްވަތަކީ ކުށެއް ނޫންކަމަށް ހެދުމަކީ އިސްލާމް ދީނަށް ރައީސް ޔާމީން ކުރައްވާ ފުރައްސާރައެއް: ޢަލީ ހުސައިން

ރިޝްވަތަކީ ކުށެއް ނޫންކަމަށް ހެދުމަކީ އިސްލާމް ދީނަށް ރައީސް ޔާމީން ކުރައްވާ ފުރައްސާރައެއް: ޢަލީ ހުސައިން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 35 ސިކުންތު

ރިޝްވަތަކީ ކުށެއް ނޫން ކަމަށް ހެދުމަކީ އިސްލާމް ދީނަށް ރައީސް ޢަބްދުﷲ ޔާމީން ކުރާ ފުރައްސާރައެއް ކަމަށް ޤާނޫނީ ވަކީލް ކެންދޫ ދާއިރާގެ މެންބަރު ޢަލީ ހުސައިން ވިދާޅުވެއްޖެއެވެ.

ޢަލީ ހުސައިން ވަނީ ދައުލަތާއި ސަރުކާރުގެ ތެރޭގައި ރިޝްވަތާއި ކޮރަޕްޝަން އިންތިހާ ދަރަޖައަށް ޢާންމުވެފައިވާކަން ބަޔާން ކުރައްވައި ޤާނޫނުލްއުޤޫބާތުގެ ބިލަށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ އިޞްލާޙްތަކަށް ކަންބޮޑުވުން ފައުޅުކުރައްވައިފައެވެ.




އަދާލަތު ޕާޓީގެ ނައިބް ރައީސް ޢަލީ ޒާހިރު ވިދާޅުވެފައިވަނީ މާތް ﷲ ގެ ވާގިފުޅާއިއެކު 23 ސެޕްޓެމްބަރުގެ ވޯޓުން މިސަރުކާރުގެ ވެރިކަން ބަދަލުކުރުމަށްފަހު މިސަރުކާރުގެ ކޮރަޕްޝަން މައްސަލަތަކާއި މިސަރުކާރުން ޤާނޫނުތަކާއި ޚިލާފަށް ކޮށްފައިވާ ކަންކަން ޤާނޫނުގައި ތަންދޭ އެންމެ ފުޅައު ދާއިރާއެއްގައި ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

ޖޭޕީގެ ނައިބްލީޑަރު އަމީން އިބްރާހީމް ވިދާޅުވެފައިވަނީ މިފެންނަނީ ވެރިކަން ނިމުމުގެ ކޮޅުމަތި ފެންނަން ފެށުމުން ވެރިކަމުގައި ކޮށްފައިވާ ކޮރަޕްޝަނުގެ އަމަލުތައް ބަލައި ފިޔަވަޅު ނުއެޅޭނެ ގޮތް ހެދުމަށް ކުރާ މަސައްކަތްތައް ކަމަށެވެ.

"ދައުލަތާއި ސަރުކާރުގެ ތެރޭގައި ރިޝްވަތާއި ކޮރަޕްޝަން އިންތިހާ ދަރަޖައަށް ޢާންމުވެފައިވަނިކޮށް ރިޝްވަތަކީ ކުށެއް ނޫން ކަމަށް ހެދުމަކީ އިސްލާމް ދީނަށް ރައީސް ޔާމީން ކުރާ ފުރައްސާރައެއް."

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް