އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވޯޓުފޮށިތައް ބެހެއްޓުމަށް ދެކޮޅުހަދާ ރިސޯޓުތަކަކީ ކޮބައިކަން ރައްޔިތުންނަށް އެނގެން އެބަޖެހޭ: ޢަލީ ޙުސައިން

ވޯޓުފޮށިތައް ބެހެއްޓުމަށް ދެކޮޅުހަދާ ރިސޯޓުތަކަކީ ކޮބައިކަން ރައްޔިތުންނަށް އެނގެން އެބަޖެހޭ: ޢަލީ ޙުސައިން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 37 ސިކުންތު

ވޯޓުފޮށިތައް ބެހެއްޓުމަށް ދެކޮޅުހަދާ ރިސޯޓުތަކަކީ ކޮބައިކަން ރައްޔިތުންނަށް އެނގެން އެބަޖެހޭ ކަމަށް ކެންދޫ ދާއިރާގެ މެންބަރު، ޤާނޫނީ ވަކީލް ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ.

ޢަލީ ޙުސައިން ވިދާޅުވީ ވޯޓުފޮށި ބަހައްޓަން ދެކޮޅު ހަދާ ރިސޯޓްތަކުން އެކަމަށްެ ދެކޮޅު ހަދާ ސަބަބު ލިޔުމުން އިލެކްޝަންސް ކޮމިޝަނަށް އަންގަން ޖެހޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި ވިޔަފާރިތަކުގެ އިޖުތިމާޢީ ޒިންމާ ނެގުން މުހިންމު ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ޝަރީފް މިއަދު ވިދާޅުވީ ބައެއް ރިސޯޓުތަކުން އެ ރިސޯޓުތަކުގައި ވޯޓުފޮށި ބަހައްޓަން ދެކޮޅުހަދާ ކަމަށެވެ.

ނަމަވެސް އެއީ ކޮން ރިސޯޓްތަކެއްކަން ޕްރެސްގައި ވިދާޅުވެދެއްވާފައެއް ނުވެއެވެ. ނަމަވެސް އެމައުލޫމާތު މީޑިއާތަކާ ހިއްސާ ކުރައްވާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

"ވޯޓުފޮށިތައް ބެހެއްޓުމަށް ދެކޮޅުހަދާ ރިސޯޓުތަކަކީ ކޮބައިކަން ރައްޔިތުންނަށް އެނގެން އެބަޖެހޭ. ވޯޓުފޮށި ބަހައްޓަން ދެކޮޅު ހަދާ ރިސޯޓްތަކުން އެ ދެކޮޅު ހަދާ ސަބަބު ލިޔުމުން އިލެކްޝަންސް ކޮމިޝަނަށް އަންގަން ޖެހޭނެ ކަމަށް އަޅުގަނޑު ދެކެން. ވިޔަފާރިތަކުގެ އިޖުތިމާޢީ ޒިންމާ ނެގުން މުހިންމު."


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް