އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވެރިކަމަކުން ފުރަތަމަ ކުރަންޖެހޭ ކަމަކީ ޤައުމު މިނިވަންކުރުމާ އިންސާފު ޤާއިމުކުރުން - އެކަން ކުރާނަން: ޢަލީ ޙުސައިން

ވެރިކަމަކުން ފުރަތަމަ ކުރަންޖެހޭ ކަމަކީ ޤައުމު މިނިވަންކުރުމާ އިންސާފު ޤާއިމުކުރުން - އެކަން ކުރާނަން: ޢަލީ ޙުސައިން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 41 ސިކުންތު

ޤައުމެއްގެ ވެރިކަމަށް ވެރިއަކު އިސްކުރުމުން އެމީހެއްގެ ވެރިކަމަކުން ފުރަތަމަ ކުރަންޖެހޭ ކަމަކީ ޤައުމު މިނިވަންކުރުމާއި އިންސާފު ޤާއިމުކުރުން ކަމަށާއި ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރުން އެކަން ކުރާނެ ކަމަށް ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ.

ޢަލީ ޙުސައިން ވިދާޅުވީ ކިތަންމެ އޮފް އަރުވައިގެން ވާހަކަ ދެއްކި ނަމަވެސް ދަރަނި ބޮޑުވެގެން ދިއަ ހުރިހާ ޤައުމަކަށްވެސް ވަނީ ޤައުމުގެ މިނިވަންކަމާއި އަމިއްލަވަންތަކަން ގެއްލިފައި ކަމަށެވެ. އެ ޤައުމުތަކުގެ ބިމުން ނުވަތަ ސަރަހައްދުން ބޮޑެތި ބައިތަށް ދޫކޮށްލަންޖެހިފައި ކަމަށެވެ.

އަވަށްޓެރި ސްރީލަންކާއިން އެކަން ފެނިގެންދިއައީ ހަމަ ދާދިފަހުން ކަމަށެވެ. "އަޅުގަނޑުމެންގެ ވެރިކަމެއްގަ ޤައުމުގެ އިޤްޠިޞާދު މިނިވަންކޮށް ޤައުމު މިނިވަންކުރާނަން."

ޢަލީ ހުސައިން ވިދާޅުވީ ޤައުމުގެ މިނިވަންކަމަށްފަހު ދައުލަތުން އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭނީ އަދުލު އިންޞާފު ހަމަހަމަކަމާއިއެކު ޤާއިމުކުރުމަށް ކަމަށެވެ. ނަމަވެސް ރާއްޖޭގެ ރައްޔިތުންނަށް އިންޞާފުލިބެމުން މިއަދު ނުދާ ކަމަށާއި ކޯލިޝަނުގެ ސަރުކާރެއްގައި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް ހަމަހަމަކަމާއިއެކު، އަދުލުވެރިކަމާއިއެކު އިންޞާފް ލިބޭނެ ކަމުގެ ޔަޤީންކަން ދެއްވާ ކަމަށެވެ. "ދާދިފަހުން ކުރި ދިރާސާއަކުން ވެސް އެނގެނީ އިންސާފުލިބޭކަން 75% ރައްޔިތުން ޤަބޫލުނުކުރާކަން."

ޢަލީ ޙުސައިން ވިދާޅުވީ މިހާރުގެ ސަރުކާރަށް ރައްޔިތުންގެ ފައިސާއިން ވައްކަންކުރުމުގެ ފުރުޞަތު މިހާ ފުޅައު ދާއިރާއެއްގައި ލިބެމުން އަންނަނީ ކޯޓުތަކުން އަދުލު އިންޞާފު ނުލިބޭތީ ކަމަށެވެ. މިނިވަން މުއައްސަސާތައް ހުއްޓުވައިގެން ވެސް މިކުރާ ކަމަކީ ހަމަ ވައްކަން ކުރުމަށް މަގުފަހިކުރުން ކަމަށެވެ.

ޢަލީ ޙުސައިންގެ ވާހަކަފުޅު (އޯޑިއޯ):

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް