އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވެރިކަން ބަދަލުވި ނަމަވެސް އިންޞާފު ހޯދަން މަސައްކަތްކުރުންމަތީ ދެމިތިބުމަށް ޢަލީ ޙުސައިން ގޮވާލައްވައިފި

ވެރިކަން ބަދަލުވި ނަމަވެސް އިންޞާފު ހޯދަން މަސައްކަތްކުރުންމަތީ ދެމިތިބުމަށް ޢަލީ ޙުސައިން ގޮވާލައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 57 ސިކުންތު

ވެރިކަން ބަދަލުވި ނަމަވެސް އިންޞާފު ހޯދަން މަސައްކަތްކުރުންމަތީ ދެމިތިބުމަށް ދިވެހި ރައްޔޮތުންނަށް ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ގޮވާލައްވައިފި އެވެ.

ޢަލީ ޙުސައިން ވިދާޅުވީ ރައްޔިތުން އަބަދުވެސް ތިބެންޖެހޭނީ ހޭލުންތެރިވެ ކަމަށާއި އެއްވެސް ކަމެއް އިންސާފުން ބޭރުން ކުރާނަމަ އެކަމެއް ކަމާއިބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެންނަން ޖެހޭނެ ކަމަށެވެ. އެއްވެސް ކަމެއް ރަނގަޅު ނޫން ގޮތަކަށް ކުރިއަށް ގެންދިއުމުގެ ފުރުޞަތު ދީގެން ނުވާނެ ކަމަށެވެ. އެފުރުޞަތު ދީފިނަމަ ކަންކަން އިޞްލާޙުކުރުމަށް ހުރަސްތައް ހުންނާނެ ކަމަށެވެ.

ޢަލީ ޙުސައިން ވިދާޅުވީ ރައްޔިތުންގެ އަޑު އުފުލަން އަބަދުވެސް ފުރުޞަތު އޮންނަން ޖެހޭނެ ކަމަށާއި އެފުރުޞަތުގެ ބޭނުން ރައްޔިތުން އަބަދުވެސް ހިފަން ޖެހޭނެ ކަމަށެވެ. ޑިމޮކްރަސީ ކާމިޔާބު ކުރެވި ފޮނިމީރުކަން ރައްޔިތުންނަށް ލިބޭނީ އެއިރުން ކަމަށެވެ.

ޢަލީ ޙުސައިން ވިދާޅުވީ ވެރިކަން ބަދަލުކުރެވުމަކުން ރައްޔިތުންގެ މަސްއޫލިއްޔަތު ނިމުނީ ނޫން ކަމަށާއި އެއީ މަސްއޫލިއްޔަތުގެ ފެށުން ކަމަށެވެ. އެހެންކަމުން ސަރުކާރުން ކުރާ ކަންކަން ކުރަނީ ރައްޔިތުންނަށް ބޭނުންވާ ގޮތަށްކަން ބަލައި ކަށަވަރުކުރަން ޖެހޭނެ ކަމަށެވެ.


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް