އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދާންޖެހޭނީ ޤައުމާއިގެން ކުރިއަށް - ހިއްވަރަކަށް އެއްވެސް ބަދަލެއް ނާދޭ:. ޢަލީ ޙުސައިން

ދާންޖެހޭނީ ޤައުމާއިގެން ކުރިއަށް - ހިއްވަރަކަށް އެއްވެސް ބަދަލެއް ނާދޭ:. ޢަލީ ޙުސައިން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 53 ސިކުންތު

ޤައުމަށް ބޭނުންވާ އިޞްލާޙީ ބަދަލު ގެނެސްދެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތައް ކުރެއްވުމުގައި ހިއްވަރުފުޅަށް އެއްވެސް ބަދަލެއް ނުއަންނަ ކަމަށާއި އަޅުގަނޑުމެން ދާންޖެހޭނީ ޤައުމާއިގެން ކުރިއަށް ކަމަށް ރަނިންމޭޓް ކަމަށް ވާދަކުރެއްވި ކެންދޫ ދާއިރާގެ މެންބަރު، ޤާނޫނީ ވަކީލް ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ.

ޖޭޕީ ކައުންސިލުގައި ރޭ ނެގި ވޯޓު، ފައީޞަލް ނަސީމް ކާމިޔާބު ކުރެއްވީ 15 ވޯޓުގެ އަޣްލަބިއްތަކުންނެވެ. ޢަލީ ޙުސައިނަށް ވަނީ 14 ވޯޓު ލިބިވަޑައިގެންފައެވެ. އެހެންކަމުން ޢަލީ ޙުސައިނަށް މަޤާމް ގެއްލިވަޑައިގަތީ އެންމެ ވޯޓެއްގެ ތަފާތުންނެވެ. އެހެންކަމުން ޢަލީ ޙުސައިނަށް ޖޭޕީ ކައުންސިލުގެ ބޮޑު ތާއީދެއް ވަނީ ލިބިވަޑައިގެންފައެވެ.

ރައްޔިތުންގެ މެދުގައި ޢަލީ ޙުސައިނުގެ މަޤްބޫލުކަން އިތުރުވެގެން އައި އެންމެ ބޮޑު އެއް ސަބަބަކީ ލިބިވަޑައިގެންފާނެ އަނިޔާއަކަށް ބެއްލެވުމެއް ނެތި ކޮންމެ ކަމެއްގައިވެސް ޙައްޤު ބަސް ވިދާޅުވުމުގައި ސާބިތުކަމާއިއެކު ދެމިހުންނެވުމެވެ. އެއްވެސް މީހަކަށް ބަހެއް ބުނަން ނުކެރުނު ބައެއް ކަންކަމާއި ގުޅިގެންވެސް ޢަލީ ޙުސައިން ވަނީ ޤާނޫނުތަކުގައި އެކަންކަމާއި ގުޅިގެން ކަންކަން އޮންނަ ގޮތް ބަޔާންކޮށްދެއްވައި ޙައްޤު ބަސް ވިދާޅުވެފައެވެ.

މިގޮތުން ސްޕްރީމް ކޯޓުގެ ބައެއް ނިންމުންތަކާއި ގުޅިގެން ޢަލީ ޙުސައިން ޢާންމުކުރެއްވެވި ބައެއް މައުލޫމާތު ގިނަ ބައަކު ވަރަށް ޚާއްޞަ ގޮތެއްގައި ފާހަގަ ކުރެއެވެ.

"ރަނިންމޭޓް ކެންޕޭނުގަ އަޅުގަނޑަށް ތާއީދުކޮށް މަސައްކަތްކޮށް ދެއްވި އެންމެހާ ބޭފުޅުންނަށް އިޚްލާޞްތެރިކަމާއިއެކު ޝުކުރު ދަންނަވަން. އަޅުގަނޑުގެ ހިއްވަރަކަށް އެއްވެސް ބަދަލެއް ނާދޭ. އަޅުގަނޑުމެން ދާންޖެހޭނީ ޤައުމާއިގެން ކުރިއަށް. ކުރިއަށް ދިވެހި ޤައުމު!"


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް