އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެންމެ ބުދެއް ނަގާފައިވާ ކަމަށްވެސް ޓޫރިޒަމް މިނިސްޓްރީއަކުން ނުބުނި

އެންމެ ބުދެއް ނަގާފައިވާ ކަމަށްވެސް ޓޫރިޒަމް މިނިސްޓްރީއަކުން ނުބުނި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 22 ސިކުންތު


ރާއްޖޭގެ ރިޒޯޓެއްގައި ބަހައްޓައިގެން އުޅޭ 30 އަށްވުރެ ގިނަ ބުދުތަކުގެ ތެރެއިން އެންމެ ބުދެއްވެސް މިއަދާއި ހަމައަށް ނަގާފައިވާ ޓޫރިޒަމް މިނިސްޓްރީއަކުން ނުބުންޏެވެ.

".1 އެއްވެސް ބުދެއް ނަގައިފިތޯ؟ .2 ނަގައި ނިމޭނީ ކިހައި ތަނެއްގަތޯ؟ .3 ބެހެއްޓީ ހުއްދަ ނަގައިގެން ކަމަށާއި ބަދަލު ދިނީމަ ނޫނީ ނުނަގާނެ ކަމަށް އެދައްކަނީ ތެދުވާހަކައެއްތޯ؟"
މިއީ މިމަހުގެ 5 ވަނަ ދުވަހު ޓޫރިޒަމް މިނިސްޓްރީގެ ސްޕޯކްސްޕަރސަން އަޙްމަދު ޢަބީރަށް މިއަދުނޫހުން ކުރި 3 ސުވާލެވެ. ކޮންމެ ދުވަހަކުވެސް ޖަވާބު ދެއްވުމަށް ވަނީ އެދެވިފައެވެ. ނަމަވެސް މިއަދާއި ހަމައަށްވެސް އެއްވެސް ޖަވާބެއް ލިބިފައެއް ނުވެއެވެ.

ބުދުތައް ބެހެއްޓުމުން އެކަން މީޑިއާތަކުން ދައުލަތުގެ ސަމާލުކަމަށް ގެނައުމުން އެ ބުދުތައް 24 ގަޑިއިރުގެ ތެރޭގައި ނަގަން އެންގި ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ބުނެފައެވެ. އެއިގެ ފަހުން ޓޫރިޒަމް މިނިސްޓަރު ޒަމީރު ވިދާޅުވީ ބުދުތައް ވެލްޑް ކޮށްފައި ހުރުމުން އެހައި ފަސޭހައިން ނުނެގޭނެ ކަމަށާއި ނެގުމުގެ މަސައްކަތް ކުރާ ކަމަށެވެ.

ރާއްޖޭގެ އެއްވެސް ތަނެއްގައި ބުދު ބެހެއްޓުމަކީ ރާއްޖޭގެ ޤާނޫނު އަސާސީން މަނާކުރާ ކަމެކެވެ. ނަމަވެސް މިކަން ދިގުދަންމަމުން މިގެންދަނީ ދުވަސްކޮޅެއްވުމުން ދިވެހިން މިކަމުގެ މަތިން ހަނދާންނެތި ކަމެއްގެ ގޮތުގައި ނުދެކޭ ކަމަކަށް ހެދުމަށް ކަމަށް ވެދާނެއެވެ.

އިސްލާމް ދީން ހުއްދަ ނުކުރާ މިފަދަ ކަންކަން ކުރުމަކީ ރާއްޖޭގެ އެއްދީންވަންތަކަށް ބުރޫ އަރާނެ ކަމަކަށްވާއިރު މިފަދަ ބުދުތަކުން ރާއްޖެ ސަލާމަތް ކުރަން ވީހައި ގިނަ ބައަކު މަސައްކަތްކުރުމަކީ ﷲ ތަޢާލާގެ ދީން މަތިވެރިކުރަން ކުރަންޖެހޭ މުހިންމު މަސައްކަތެއް ކަމަށް ގިނަ ބައަކު ދަނީ ބުނަމުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް