އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބުދުތައް ނަންގުވަން 3 މިލިއަން ޑޮލަރު ދޭން ދައުލަތަށް ޖެހޭ ކަމަށް މިދެކެވެނީ ކޮން ވާހަކައެއްބާ؟

ބުދުތައް ނަންގުވަން 3 މިލިއަން ޑޮލަރު ދޭން ދައުލަތަށް ޖެހޭ ކަމަށް މިދެކެވެނީ ކޮން ވާހަކައެއްބާ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 47 ސިކުންތު

ސިއްރުފެންފުށި ރިޒޯޓުގައި ބަހައްޓާފައިވާ ބުދުތައް ނަންގުވާނަމަ 3 މިލިއަން ޑޮލަރު ދޭންޖެހޭނެ ކަމަށް ބުނެ މިދެކެވެނީ ކޮންފަދަ ވާހަކަތަކެއް ކަމާއިމެދު މިވަނީ ސުވާލު އުފެދިފައެވެ.

ބުދުތައް ބެހެއްޓީ ހުއްދަ ނަގައިގެން ނޫން ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވަނީ ރައްޔިތުންގެ ކުރިމަތީގައި ވިދާޅުވެފައެވެ.

ބުދުތައް ނަގަން 3 މިލިއަން ޑޮލަރު ހޭދަކުރަންޖެހޭ ކަމަށް ފައުޅުގައި ބައެއް މީހުން ބުނަމުންދާއިރު ހުއްދަ ނުނަގައި ރާއްޖޭގެ ޤާނޫނު އަސާސީ އާއި ޚިލާފަށް ބަހައްޓާފައިވާ އެއްޗެއް ނަންގުވަން ދައުލަތުން އެންމެ ލާރިއެއްވެސް ހޭދަކުރަންޖެހެންވީ ކީއްވެގެންތޯ ކުރާ ސުވާލަށް އެ ފަރާތްތަކުން ޖަވާބެއް ނުދެއެވެ.

މިކަމާއި ގުޅިގެން މައުލޫމާތު ސާފުކުރުމަށް މިއަދުނޫހުން މެދުކެނޑުމެއްނެތި ޓޫރިޒަމް މިނިސްޓްރީ އާއި ކުރަމުން ގެންދާ ސުވާލުތަކަށް މިއަދާއި ހަމައަށް ވެސް އެއްވެސް ޖަވާބެއް ލިބިފައެއް ނުވެއެވެ. އެހެންކަމުން ސަރުކާރުގެ ރަސްމީ ބަހެއް ލިބޭނެގޮތް އަދިވެސް ނުވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް