އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވޯޓުލާން 1 ދުވަހަށް ވެފައިވަނިކޮށް ބުދުކޯލުގަ ހުރި ބުދުތައް ނަގައިފި

ވޯޓުލާން 1 ދުވަހަށް ވެފައިވަނިކޮށް ބުދުކޯލުގަ ހުރި ބުދުތައް ނަގައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 18 ސިކުންތު

ރިޔާސީ އިންތިޚާބުގައި ވޯޓުލާން އެންމެ ދުވަހަކަށް ވެފައިވަނިކޮށް ސިއްރުފެންފުށީގައި ހަދާފައި ހުރި ބުދުކޯލުގައި ހުރި ބުދުތައް މިއަދު ނަގާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މިޚަބަރާއިއެކު ފުލުހުން މިހައިތަނަށް ކުރި ޓްވީޓުގައި ފެންނަނީ ބުދުކޯލުގެ ބޭރުގައި ހުރި ބުދުތައް ނަގާފައިވާ ތަނެވެ. ސިވިލް ކޯޓުން ވަނީ 5 ގަޑިއިރުގެ ތެރޭގައި އެ ބުދުތައް ނެގުމަށް އިއްޔެ އެ ރިޒޯޓުގެ މައްޗަށް އަމުރެއްވެސް ނެރެފައެވެ. އަދި އެ އަމުރަށް އަމަލު ނުކޮށްފިނަމަ އެތަކެތި 7 ދުވަހުގެ ތެރޭގައި ނެދުމަށް ސަލާމަތީ ބާރުތަކަށް ވަނީ އަމުރުކޮށްފައެވެ.

ބުދުކޯލާ ބެހޭ މައުލޫމާތު މީޑިއާތަކުން ހާމަކުރުމުން 24 ގަޑިއިރު ތެޔެރޭގައި ބުދުތައް ނެގުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަމުރެއް ނެރުނުތާ ދެ މަހެއްހައި ދުވަސް ވެފައިވާކަން ފާހަގަކުރެވެއެވެ.



Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް