އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބުދުތައް 5 ގަޑިއިރު ތެރޭ ނަގަން އަމުރުކޮށްފި

ބުދުތައް 5 ގަޑިއިރު ތެރޭ ނަގަން އަމުރުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 27 ސިކުންތު

24 ގަޑިއިރު ތެރޭ ނަގަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ސިއްރުފެންފުށި ރިޒޯޓަށް އެންގި ބުދުތައް ނުނަގައި 2 މަހެއްހައި ދުވަސް ވީފަހުން މިއަދު މެންދުރު 1:30 އިން ފެށިގެން 5 ގަޑިއިރު ތެރޭގައި ނަގަން އެ ރިޒޯޓުގެ މައްޗަށް ޙުކުމް ކޮށްފިއެވެ.

ގާޒީ އަލީ އަބްދުﷲ ނެރުއްވި އަމުރުގައި ވަނީ މިއަދު މެންދުރު 1:30 އިން ފެށިގެން 5 ގަޑިއިރުގެ ތެރޭގައި އެ ބުދުތައް އެތަނުން ނެގުމަށެވެ. އެ މުއްދަތުގައި ބުދުތައް ނުނަގައިފި ނަމަ، 7 ދުވަހުގެ ތެރޭގައި އެ ތަކެތި ނަގައި، ނައްތާލަން ފުލުހުންނާއި ސިފައިންގެ މައްޗަށް އަމުރުކުރާ ކަމަށެވެ.

މިއަށްވުރެ މާބޮޑެތި ކަންކަމުގައި ،24 48 ގަޑިއިރުތެރޭގައި ސަރުކާރުން ބޭނުންވާ އަމުރުތަކާއި ޙުކުމްތައް ކޯޓުތަކުން ލިބެމުންދާއިރު ރައީސުލްޖުމްހޫރިއްޔާގެ އަމުރުފުޅަކަށް އަމަލުނުކޮށް 2 މަސް ދުވަސް ވީ ކަމެއްގައި ވޯޓުލާން 2 ދުވަހަށް ވެފައި ވަނިކޮށް މިފަދަ އަމުރެއް ނުކުމެފައިވާކަން ފާހަގަކުރެވެއެވެ.

"ސިއްރު ފެންފުށީގައި ހަދާފައި ހުރި ކޮރަލެރިއަމް އަކީ އިސްލާމްދީނުގެ ވަހުދަތާއި ދައުލަތުގެ ސުލްހަ މަސަލަސްކަމާ ޚިލާފަށް ހަދާފައިވާ ތަނެއް ކަން ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮންނަ ކަމަށާއި އަދި ދައުލަތުގެ އެންމެ މަތީ މަސްލަހަތަށާއި އެ ބުދުތަކަށް އަޅުކަން ކުރުމުގެ ދޮރެއް ހުޅުވިޔަ ނުދިނުމަށްޓަކައި، އެ މައްސަލާގައި ގޮތެއް ކަނޑައެޅެންދެން ވެސް އެ ބުދުތައް ބެހެއްޓުން ހުއްދަ ނުކުރެވޭނެ"

ކަމަށް ސިވިލްކޯޓުގެ އަމުރުގައި ބުނެފައިވާއިރު މިވަރުގެ ބުދުކޯލެއް ރާއްޖޭގައި ހެދިއިރު އެކަން ބަލަހައްޓައި ނުހުއްޓުވި ދައުލަތުގެ ފަރާތްތަކާއިމެދު ޤާނޫނުގައިވާ ގޮތުގެ މަތިން ދައުވާ ކުރެވޭނެ ދުވަހެއް އައުމަށް އެދި ގިނަ ބައަކު ދަނީ ދުޢާކުރަމުންނެވެ!

"-- އަދި ހަމަކަށަވަރުން، ތިއަބައި މީހުންނަށް ﷲ، ނުކުޅައްދައި ނުލެވޭނެ ކަމާއި، ހަމަކަށަވަރުން ﷲ ކާފިރުތަކުން ދެރަކޮށްލައްވާ ހުށިކަން، ތިއަބައި މީހުން ދަންނާށެވެ." (2- 9)

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް