އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބުދުތަކުގަ ފޮތިއޮޅާ އިސްލާމް ދީނަށް ފުރައްސާރަކޮށްފި

ބުދުތަކުގަ ފޮތިއޮޅާ އިސްލާމް ދީނަށް ފުރައްސާރަކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 43 ސިކުންތު

ސިއްރުފެންފުށީގައި ހެދި ބުދުކޯލުގައި ބޭރަށް ފެންނަން ހުރި ބުދުތަކުގައި ފޮތި އޮޅައި އިސްލާމް ދީނަށް ފުރައްސާރަކޮށްފައިވާ ކަމުގެ ފޮޓޯއެއް ދައުރުވަމުން އެބަދެއެވެ.

ބޭރުން ހުދު ފޮތި އޮޅުމަކީ އެއެއްޗެއްގެ އަސްލަށް އެއްވެސް ބަދަލެއް އަންނަ ކަމެއް ނޫނެވެ. އަދި ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) މައްކާ ފަތަހަކުރެއްވެވުމަށްފަހު ގެފުޅާއި މައްކާގައި ހުރި ބުދުތަކުގައި ފޮތި އޮޅުއްވެވީއެއް ނޫނެވެ. ތަޅައި ސުންނާފަތިކުރީއެވެ.

ހުދު ފޮތި އޮޅާފައި އެވަނީ އަވި އަރާތީ ބުދުތައް ހިމާޔަތްކުރަން ކަމަށްވެސް ވެދާނެއެވެ. ރާއްޖޭގެ ޤާނޫނު އަސާސީގައި ބުނާގޮތުން ބުދުގައި ފޮތި އޮޅާފައި ބެހެއްޓުމަކުން އެއީ ހުއްދަ ކަމަކަށް ނުވެއެވެ. އެހެންކަމުން އެ ރިސޯޓުން އެގެންދަނީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އަށާއި އިސްލާމް ދީނަށާއި ދިވެހިންގެ ދިވެހިވަންތަކަށްވެސް ފައުޅުގައި ގޮންޖަހައި ފުރައްސާރަކުރަމުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް