އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބުދު ބެހެއްޓުމަކީ މުންކަރާތެއް - މުންކަރާތްތަކާ ދެކޮޅަށް އެންމެން މަސައްކަތް ނުކޮށްފިނަމަ ޢާންމުވެގެންވާ ކޯފާއެއްގެ ބިރު އެބައޮތް: ޝައިޚް ޢަލީ ޒައިދު

ބުދު ބެހެއްޓުމަކީ މުންކަރާތެއް - މުންކަރާތްތަކާ ދެކޮޅަށް އެންމެން މަސައްކަތް ނުކޮށްފިނަމަ ޢާންމުވެގެންވާ ކޯފާއެއްގެ ބިރު އެބައޮތް: ޝައިޚް ޢަލީ ޒައިދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 45 ސިކުންތު

ބުދު ބެހެއްޓުމަކީ މުންކަރާތެއް ކަމަށާއި މުންކަރާތްތަކާ ދެކޮޅަށް މަސައްކަތްކުރުމަކީ އެންމެންގެ މައްޗަށް އޮތް ވާޖިބެއް ކަމަށާއި މުންކަރާތްތައް ނަހީކުރަން އެންމެން މަސައްކަތް ނުކޮށްފިނަމަ އެންމެންގެ މައްޗަށް ޢާންމުވެގެންވާ ކޯފާއެއްގެ ބިރު އެބައޮތް ކަމަށް އައްޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

އައްޝައިޚް ޢަލީ ޒައިދު މިމޭރުމުން ވިދާޅުވީ ރާއްޖޭގެ ރިޒޯޓެއްގައި ބަހައްޓައިގެން އުޅޭ ބުދުތައް އަދިވެސް ނުނަގާތީ އަދި އެކަމާއިބެހޭ އެއްވެސް މައުލޫމާތެއްވެސް ޓޫރިޒަމް މިނިސްޓްރީން ނުދިނުމުން މިއަދުނޫހުގައި އިއްޔެ ޝާއިއުކުރި ލިޔުމަކާއި ގުޅިގެން ލިބިފައިވާ ބައެއް ކޮމެންޓްތަކާއި ގުޅިގެން ދެންނެވި ސުވާލެއްގެ ޖަވާބުގައެވެ.

އެއްބޭފުޅަކު ވިދާޅުވެފައިވަނީ ރާއްޖޭގައި ބުދު ބެހެއްޓުމަކީ މައްސަލައެއް ނޫން ކަމަށާއި އެއަށް ނުބެލުމުން ނިމުނީ ކަމަށެވެ. އަދި އައުރަ ނިޔާނުކުރާ އަންހެނުން ވެސް މަގުމަތީގައި އުޅޭ ކަމަށެވެ. މިމޭރުމުން ވިދާޅުވެފައިވަނީ ސަރުކާރަށް ތާއީދުކުރައްވައި ކެންޕޭނުކުރައްވާ ބޭފުޅެކެވެ.

ޝައިޚް ޢަލީ ޒައިދު ދެއްވި ޖަވާބު:

"ބަނޫއިސްރާއީލު ބާގައިގެ މީހުންނަށްވެސް ލަޢްނަތް ލެއްވެވިގެންދިއަ، އަދި އެމީހުންގެ މުޖުތަމައުވެސް ހަލާކުވެގެންދިއަ އެންމެ ބޮޑު ސަބަބަކީ ހެޔޮ ކަންތައްތަކަށް އަމަލުކުރުމާއި ނުބައި ކަންކަން މަނާ ނުކުރުމެވެ.

ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ޙަދީޘް ކުރެއްވެވީ ތިއަބައިމީހުންގެ ތެރެއިން މުންކަރާތެއް ފެނިއްޖެ މީހާ އަތުން އެކަމެއް މަނާކުރާ ހުށިކަމެވެ. އަދި އަތުން އެކަން މަނާ ކުރުމުގެ ކުޅަދާނަކަން ނެތް މީހާ ދުލުން އެކަމެއް މަނާކުރާހުށިކަމެވެ. އަދި ދުލުން އެކަމެއް މަނާކުރުމުގެ ކުޅަދާނަކަން ނެތް މީހާ ހިތުން އެކަމެއް މަނާކުރާހުށިކަމެވެ.

ވީއިރު މިދުވަސްވަރަކީ ދެވަނައަށް މިއޮތް ކަންތައް، ދުލުން އެކަން މަނާކުރެވޭނެ ދުވަސްވަރަކަށް ވުމާއިއެކުވެސް މި މުންކަރާތަށް ހައްޕުކިޔައިގެން އަނގަ ބަންދުކޮށްގެން ހުރުމަކީ އެއްވެސް ބޭފުޅަކަށް އެކަށީގެންވާ ކަމަކަށް ނުވެއެވެ.

ނަމަވެސް އެއިގެ ބަދަލުގައި ފެނުނީމަ ފެންނަ ކަމަށް ނުހަދައި އުޅުމުން އޮޅުވައިލެވެނީ ﷲ އަށް ކަމަށް ހީވަނީތޯއެވެ؟ ސުބްހާނަﷲ!
ވީމާ އެމީހަކަށް ކުޅަދާނަވީވަރަކުން މުންކަރާތް މަނާކުރުމަކީ ސީދާ ވާޖިބެކެވެ. އެކަމަށް ފުރަގަސްދީ އަޅާނުލައި ދިއުމީ އުންމަތަށް ވެވޭ ޚިޔާނާތެކެވެ."

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް