އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަނަސްގެ ރައްދު އަނިލަށް: ސްޕްރީމް ކޯޓުން ނެރޭ އަމުރުތަކަށް ތަބާ ނުވާނަމޭ ބުނާ މީހަކު ދައްކާ ވާހަކައާ ދެކޭ ގޮތަކަށް އަމަލުކުރަން ޖެހޭތަ؟

އަނަސްގެ ރައްދު އަނިލަށް: ސްޕްރީމް ކޯޓުން ނެރޭ އަމުރުތަކަށް ތަބާ ނުވާނަމޭ ބުނާ މީހަކު ދައްކާ ވާހަކައާ ދެކޭ ގޮތަކަށް އަމަލުކުރަން ޖެހޭތަ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 56 ސިކުންތު

"ސްޕްރީމް ކޯޓުން ނެރޭ އަމުރުތަކަށް ތަބާ ނުވާނަމޭ ބުނާ މީހަކު ދައްކާ ވާހަކައާ ދެކޭ ގޮތަކަށް އަމަލުކުރަން ޖެހޭތޯ؟" ޤާނޫނީ ވަކީލް އަނަސް ޢަބްދުއްސައްތާރު ސުވާލު އުފައްދަވައިފިއެވެ.

އަނސް މިފަދަ ސުވާލެއް އުފެއްދެވީ "ނިމިދިޔަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މަގާމުގެ ހުވާ ކުރައްވަން ޖެހިވަޑައިގަންނަވާނީ އަންނަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ކަމަށް" ދައުލަތުގެ ބަންޑާރަ ނައިބުގެ މަޤާމުގައި ހުންނަވައިގެން ކުރެއްވީ ރައީސް ޔާމީނުގެ ޤާނޫނީ ވަކީލުކަން ކަމަށް ގިނަ ބައަކު ޤަބޫލުކުރާ "ދައުލަތުގެ ބަންޑާރަ ނައިބް މުޙައްމަދު އަނިލް "ދެއްވާފައިވާ ލަފާ ބަދަލު ނުވާ" ކަމަށް މީޑިއާގައި ހާމަކުރި ޚަބަރަކާއި ގުޅިގެންނެވެ.

އެ މައުލޫމާތު އެނގިވަޑައިގެން ހުންނެވި ބޭފުޅަކު ނޫހުގައި ނަން ނުޖެހުމަށް އެދި ވިދާޅުވިކަމަށް މިހާރު ނޫހުގައި ޝާޢިއުކުރި ލިޔުމުގައިވަނީ "ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ދައުރު ހަމަވާނީ ނޮވެމްބަރު 17ގައި ކަމަށް ބަންޑާރަ ނައިބު މުހައްމަދު އަނިލް އަދިވެސް ގަބޫލު ކުރައްވާ" ކަމަށެވެ.

މިކަމާއި ގުޅިގެން ބައެއް ޤާނޫނީ ވަކީލުން ވިދާޅުވެފައިވަނީ ރިޔާސީ ދައުރު ފެށޭ ދުވަހާއި ނިމޭ ދުވަސް ޤާނޫނު އަސާސީގައި ލިޔެވިފައި ނެތް ނަމަވެސް ރާއްޖޭގެ ދެ ވަނަ ޖުމްހޫރީ ވެރިކަން 11 ނޮވެމްބަރު 1968ގައި ފެށުނީންސުރެ 2013 ވަނަ އަހަރާއި ހަމައަށް ރިޔާސީ ދައުރު ފަށާފައިވަނީ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ކަމަށެވެ. އަދި 2013 ވަނަ އަހަރު ފެށި ރިޔާސީ ދައުރު ނޮވެމްބްރު މަހުގެ 17 ވަނަ ދުވަހު ފަށާފައިވަނީ އެފަހަރުގެ ރިޔާސީ އިންތިޚާބުގައި ދެވަނަ ފަހަރަށް ވޯޓުލާންޖެހި އިންތިޚާބުގެ ކަންކަން ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހަށް ނުނިމުމުން ކުރިމަތިވި ޤާނޫނީ ހުސްކަން ފޫބެއްދުމަށް ސްޕްރީމް ކޯޓުން ދިން ޚާއްޞަ ހުއްދައެއްގެ ދަށުން ކަމަށްވުމަކީ އެއިގެ ފަހުން ރިޔާސީ ދައުރު ކޮންމެ ފަހަރަކު ނޮވެމްބރު މަހުގެ 17 ވަނަ ދުވަހު ފަށަން ސްޕްރީމް ކޯޓުން ކޮށްފައިވާ ޙުކުމެއް ނޫންކަމަށެވެ. އަދި އެކަން ސްޕްރީމް ކޯޓުގައި އެގޮތަށް ފާހަގަ ވެސް ކޮށްފައި ނެތް ކަމަށެވެ.

ގުޅިފައިވާ ކޯލިޝަނުން މަސައްކަތް ކުރަމުން ގެންދަނީ އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ހުވާކުރައްވާ ދުވަހަކީ ކުރިންވެސް އިންތިޚާބީ ރައީސުން ހުވާ ކުރެއްވި ފަދައިން ނޮވެމްބަރު މަހުގެ 11 ވަނަ ދުވަސް ކަމަށް ހެދުމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް