އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޖޭޕީގެ ކައުންސިލުގެ އިއްތިފާޤުން ޕާޓީގެ ލީޑަރުކަމަށް ޤާސިމް އިންތިޚާބުކޮށްފި

ޖޭޕީގެ ކައުންސިލުގެ އިއްތިފާޤުން ޕާޓީގެ ލީޑަރުކަމަށް ޤާސިމް އިންތިޚާބުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 16 ސިކުންތު

ޖުމްހޫރީ ޕާޓީން މިރޭ ބޭއްވި ކައުންސިލުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ކައުންސިލުގެ 61 މެންބަރުންގެ އިއްތިފާޤުން ޕާޓީގެ ލީޑަރުކަމަށް ޕާޓީގެ ބާނީ ޤާސިމް އިބްރާހީމް އިންތިޚާބުކޮށްފިއެވެ. އިންތިޚާބުކުރުމާއި ގުޅިގެން މިރޭ އެމަނިކުފާނު ވަނީ ޕާޓީގެ ރިޔާސަތާއި ހަވާލުވެވަޑައިގެންފައެވެ.

ޤާސިމް އިބްރާހީމް ވިދާޅުވީ ޖުމްހޫރީ ޕާޓީއަކީ ވުޖޫދަށް އައިންސުރެ ރައްޔިތުންގެ މަޤްބޫލުކަން ލިބި އިތުރުވަމުން އަންނަ ޕާޓީއެއް ކަމަށެވެ. ފާއިތުވި 3 ރިޔާސީ އިންތިޚާބުގައި ވެސް ޖޭޕީއަށް ރާއްޖޭގެ ވެރިކަން ނުލިބުނު ނަމަވެސް ވެރިކަން ލިބިފައިވަނީ ޖޭޕީގެ ތާއީދާއިއެކުގައި ކަމަށެވެ.



ޤާސިމް އިބްރާހީމް ވިދާޅުވީ ޖުމްހޫރީ ޕާޓީއަކީ ތަފާތު ދާއިރާތަކުން ޢިލްމީ ޤާބިލު ބޭފުޅުން އެންމެ ގިނަ އެއް ޕާޓީކަމަށެވެ. އެހެންކަމުން އެންމެން ގުޅިގެން މަސައްކަތް ކުރަންވީ ޕާޓީ އިތުރަށް ކުރިއަރުވަން ކަމަށެވެ. އަދި ޕާޓީގެ ކައުންސިލުގެ މެންބަރުން އެމަނިކުފާނަށް ކުރި އިތުބާރަށް ޝުކުރު އަދާކުރައްވާ ކަމަށާއި އެ އިތުބާރު ދަމަހައްޓަވަން ކުރެއްވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާނެ ކަމަށެވެ.

ޤާސިމް އިބްރާހީމް ވިދާޅުވީ ފާއިތުވި ދުވަސްތަކަކީ ޕާޓީއަށް ވަރަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވި ދުވަސްތްކެއް ކަމަށާއި އެކަންކަމުގެ ސަބަބުން ގިނަ ދުވަސްތަކެއް ޤައުމުން ބޭރުގައި ހޭދަކުރައްވަން ޖެހިވަޑައިގެންނެވި ކަމަށެވެ. އަދި އެފަދަ ދަތި ގޮތަކަށް ކަންތައްތައް ހުރުމާއިއެކުވެސް ޕާޓީގެ ކަންކަން ކުރިއެރުވިފައިވަނީ ޕާޓީގެ ގިނަ ބައެއްގެ ވަރަށް ބޮޑު މަސައްކަތުން ކަމަށެވެ.



ޤާސިމް އިބްރާހީމް ވިދާޅުވީ ޕީޖީ ގްރޫޕުގެ ޑިޕިޔުޓީ ލީޑަރު އަދި ޕާޓީގެ ނައިބް ލީޑަރު ޢަބްދުﷲ ރިޔާޟް ކުރެއްވެވި މަސައްކަތްޕުޅުތަކާއި ވެވަޑައިގެންނެވި ޤްރްބާނީ ޚާއްޞަ ގޮތެއްގައި ފާހަގަކުރައްވާ ކަމަށެވެ. "އެކަންކަމުގެ ސަބަބުން 6 މަސް ދުވަހަށްވުރެ ދިގު މުއްދަތެއް ޖަލުގެ ގޮޅިތަކުގައި ހޭދަކުރައްވަން ޖެހިވަޑައިގެންނެވި. 6 ފޫޓު 8 ފޫޓު ގޮޅިއެއްގައި އޮންނަން ޖެހުމަކީ ވަރަށް ބޮޑު އަނިޔާއެއް."

ޤާސިމް އިބްރާހީމް ވިދާޅުވީ ކައުންސިލް މެންބަރު ޢައިޝަތު ނަހުލާއަކީ އެމަނިކުފާނުގެ އަނބިކަނބަލުން ނަމަވެސް އެކަމަނާ ކުރެއްވި ބުރަ މަސައްކަތްތައް ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވުމަކީ ކޮންމެހެން ކުރައްވަން ޖެހިވަޑައިގަންނަވާ ކަމެއް ކަމަށެވެ. "5 ދަރިން ދޫކޮށްލައްވާފަ ޢައިޝާ ވަނީ ވަރަށް ގިނަ ދަތުރު ކުރައްވައި ވަރަށް ގިނަ އަދަދެއްގެ ރައްޔިތުންނާ ބައްދަލުކުރައްވާފް، ވަރަށް ގިނަ ރައްޔިތުން ރޮއްވައި ވަރަށް ވަރަށް ގިނަ ރައްޔިތުންގެ ހިތްތަކަށް އަސަރު ކުރުވާފަ." ކަމަށްވެސް ޤާސިމް އިބްރާހީމް ވަނީ ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް