އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުކުޅު ބިސް ގަތުމުގެ ކުރިން ތާޒާކަން ޔަޤީންކޮށްލައްވާ! އެއީ ކުރަން ވަރަށް ފަސޭހަކަމެއް!

ކުކުޅު ބިސް ގަތުމުގެ ކުރިން ތާޒާކަން ޔަޤީންކޮށްލައްވާ! އެއީ ކުރަން ވަރަށް ފަސޭހަކަމެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 30 ސިކުންތު

އެހެނިހެން ކާބޯތަކެތި ފަދައިން ރަމަޟާން މަހު ގޭގޭގައި ގިނަ ޢަދަދެއްގެ ކުކުޅު ބިސް ބޭނުންކުރެއެވެ. ބައެއް ބަފަހަރު ކުނިވެފައި ހުންނަ ބިސް ވެސް ގަނެވެއެވެ. އެކަމުގެ ސަބަބުން މާލީ ގޮތުން ގެއްލުން ވުމުގެ އިތުރުން ކުރަންޖެހޭ މަސައްކަތްވެސް އިތުރުވެގެންދެއެވެ. 

މިސާލަކަށް ކާއެއްޗެއް ތައްޔާރުކުރަން ބިސްއަޅަމުން ގޮސް ކުނި އެންމެ ބިހެއް އަޅައިލެވުނު ނަމަވެސް ހުރިހާ އެއްޗެއް ބޭކާރުވުމުގެ އިތުރުން އަލުން ހަމަ އެމަސައްކަތްކުރަންވެސް އެބަޖެހެއެވެ. އެކަމަށް ވަގުތުތަކެއްވެސް ހޭދަވެގެންދެއެވެ. 

މިކަމަށް އޮތް އެންމެ ފަސޭހަ އެއް ޙައްލަކީ ބިސް ގަތުމުގެ ކުރިން މޯބައިލް ފޯނުން ބިހުގެ އެތެރެ ޗެކްކޮށްލާފައި ގަތުމެވެ. އެކަން ކުރާނެ ގޮތަކީ ފޯނުގަ އިންނަ ބައްތި ދިއްލާނީއެވެ. ދެން ދެ އިނގިލިން ބިސް ހިފަހައްޓާފައި ބިހަށް ތިރިން އަލިކޮށްލާށެވެ. ބިހުގެ އެތެރެ ފެންނާނެއެވެ. އެއްވެސް ނުބައި ކަމެއް ހުރި ނަމަ ފެންނާނެއެވެ. ރަތްކުލަ ނުވަތަ ކަޅު ކުލައިގެ އެއްވެސް ތަންކޮޅުއް ފެންނަނަމަ ބިސް އެވަނީ ކުނިވެފައެވެ. ގޮބޮޅި ގިރިފައިވާނަމަ އެކަންވެސް ފާހަގަކުރެވޭނެއެވެ. 

ބިސް ދެ އިނގިލިން ހިފަހައްޓަން އެންމެ ފަސޭހަވާނީ ބޮޑުވާ އިނގިއްޔާއި ޖެހިގެން އިންނަ އިނިގިއްޔާއި ދެއިނގިލިން ބިސް ވަށާލައިގެންނެވެ. 

ފޯނުން ނޫން ގޮތަކަށް އަލިކުރި ނަމަވެސް ފެންނާނެއެވެ. ބޭނުންވަނީ އެތެރެއަށް އަލި ފޮނުވުމެވެ. ފޯނުގެ ވާހަކަ މިފާހަގަކުރީ އެންމެންގެ އަތުގައި އަބަދު ފޯނު އޮންނާތީއެވެ. އަދި އެންމެ ފަސޭހަ އެއްގޮތަކަށް މިހާރުވާނީވެސް ފޯނުން ޗެކްކޮށްލުން ކަމުގައިވާތީއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު