އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖެއަށް ވެކްސިން ހޯދަން އިންޑިއާ ފަހާ ދުވަނީ - އިންޑިއާ މީހުންނަށް ވެކްސިން ޖެހުން ލަސްވާތީ އިންޑިއާގެ ކޯޓުތައް ސަރުކާރު ފަހާ ދުވަނީ!

ރާއްޖެއަށް ވެކްސިން ހޯދަން އިންޑިއާ ފަހާ ދުވަނީ - އިންޑިއާ މީހުންނަށް ވެކްސިން ޖެހުން ލަސްވާތީ އިންޑިއާގެ ކޯޓުތައް ސަރުކާރު ފަހާ ދުވަނީ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 45 ސިކުންތު

ގިނަ ބައަކު ޤަބޫލުކުރާ ގޮތުގައި ވެކްސިން ހޯދުމުގައި ޗައިނާގެ އެހީތެރިކަން ހޯދަން ސަރުކާރުން ސަމާލުކަންދިންނަމަ ކޮވިޑުން ދިފާޢުވުމަށް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް މިހާރު ތިބޭނީ ވެކްސިން ދެވިފައެވެ. މިހާރު މިއުޅޭ ދަތިޙާލުގައި އުޅޭކަށް ނުޖެހުނީއެވެ. 

"ނަމަވެސް ކަންކަން ވެގެން ދިއައީ އެހެންނަކުން ނޫން. އިންޑިއާ ވެކްސިން ނޫނީ ނުދޭން ތިބީ ފައި ވިއްދައިގެން. އެމަހު 15 ގެ ކުރިން ފުރަތަމަ ޑޯޒް ނުޖަހައިފިނަމަ އެމީހަކަށް ދެން ފަސޭހަ ގޮތަކުން ވެކްސިން ނުޖެހޭނެކަމުގެ ބިރު ޓީވީއެމްއަށް އަރައި ކެރަފާ ނަސީމް ނުދައްކާތޯ؟ އެކަމާގުޅިގެން ހަފްތާއެއް ވަންދެން މާލޭ މަގުތައް ފުރާލައި ފިތި ބާރުވެގެން ވެކްސިން ޖަހަން ކިޔޫގައި ބޭތިއްބިކަން އެއީ ކޮރޯނާ ފަތުރުވަން ސަރުކާރުން ހިންގި އެންމެ ބޮޑު އެއް ޖަރީމާ  ނޫންތޯ؟ ކާކުތޯ މި މައްސަލަތައް ބަލަނީ؟ ބަލަނީހަމައެކަނި މިސްކިތަށް އަރާ މީހުންގެ ލަފުގަ ހިފޭތޯ ނޫންތޯ؟ އެންމެންނަށް ދެއްކި ބިރަށް މިތިބީ ފުރަތަމަ ޑޯޒް ޖަހައިގެން. ކޮބާ ދެވަނަ ޑޯޒް؟ އަންނަނީ އަންނަނީ. އަންނަނީ ހިނި އަންނަނީ!"

ދެވަނަ ޑޯޒަށް ބަރޯސާވާންޖެހިފައިވާ އިންޑިއާ އާއިމެދު އަލްޖަޒީރާ އިން ބުނެފައިވަނީ އިންޑިއާ ރައްޔިތުން ކޮވިޑުން ސަލާމަތްކުރަން ޖަހަންޖެހޭ ވެކްސިން ޖެހުން ލަސްވާތީ އިންޑިއާގެ ކޯޓުތަކުން ސަރުކާރަށް ފާޑުކިޔަމުންދާތީ ޑަބްލިޔޫއެޗްއޯ އަދި ހުއްދަވެސް ނުކުރާ ވެކްސިންތައް ސަރުކާރަށް ގަންނަމުންދާކަމަށެވެ.

ބަރޯސާ ވެގެން މިތިބީ އެވަރު ބައަކަށެވެ. ޗައިނާއިން މިހާރު އެވަނީ ސިންގަލް ޑޯޒް ވެކްސިން ތަޖުރިބާކޮށްފައެވެ. "ސަރުކާރަށް މުހިންމުވީ ރާއްޖޭގެ ރައްޔިތުންގެ ފުރާނަތޯ؟ ނޫނީ އިންޑިއާ ރުއްސުންތޯ؟" މިއީ މިއަދު ގިނަބައަކު ކުރަމުން ގެންދާ ސުވާލުތަކެވެ. 

ގުޅުންހުރި އަލްޖަޒީރާ ލިޔުމެއް:

https://www.aljazeera.com/news/2021/6/3/india-orders-300m-covid-shots-as-court-asks-for-vaccine-roadmap

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް