އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮވިޑަށްދޭ އެހީތެރިކަމާ ތިމާވެށްޓަށްދޭ ސަމާލުކަން - ބެޓެރީ ސައިކަލެއްގެ ފީ ނުދެއްކި ލަސްވީމާ ހަތްސަތޭކަ ފަންސާސް ރުފިޔާ މީރާއަށް!

ކޮވިޑަށްދޭ އެހީތެރިކަމާ ތިމާވެށްޓަށްދޭ ސަމާލުކަން - ބެޓެރީ ސައިކަލެއްގެ ފީ ނުދެއްކި ލަސްވީމާ ހަތްސަތޭކަ ފަންސާސް ރުފިޔާ މީރާއަށް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 31 ސިކުންތު

ތިމާވެށްޓަށް އިންތިހާއަށް ސަމާލުކަންދީ ބައިސްކަލާއި ބެޓެރީ ސައިކަލް ދުއްވަން ހިތްވަރުދޭ ސަރުކާރުން ކޮވިޑާއި ގުޅިގެން ރައްޔިތުންނަށް ވަރަށް ގިނަ ޢިނާޔަތްތައް ތަފާތު ގޮތް ގޮތުން ރައްޔިތުންނަށް ދެމުން ގެނަދާއިރު ބެޓެރީ ސައިކަލެއް ދުއްވާ މީހަކަށް ލިބުނު އިނާޔަތް އޭނާ ކިޔައިދީފިއެވެ. 

"އަޅުގަނޑަކީ ރާއްޖެތެރޭގެ ރަށެއްގަ ކުޑަކުޑަ ބެޓެރި ސައިކަލެއް ދުއްވާ މީހެއް. އެއީ މާލޭ މީހަކު ދިން ސައިކަލެއް. އޭނާ ފީވެސް ދައްކަނީ. އޭނާ ބުނީ ކޮވިޑާއި ހުރެ ކަންކަން ކުރަން ދަތިވުމުން މިފަހަރު ފީދެއްކުމުގައި މަޑުކޮށްލެވުނީ ކަމަށް. އޭނާބުނީ މީރާއަށް ދާއިރު މީރާ ތަޅުލާފަ ހުންނާތީ އެފަދަ ޙާލަތުގަ ޖުރުމަނާ ނުވާނެކަމަށް ބަލައި މަޑުކޮށްލެވުނީކަމަށް."

"ދެން މިވާ ގޮތަކީ ކޮވިޑް ޖެހެނީ މީހުންނަށް. މީރާ ތަޅުލައި މުސްކުޅިންނަށް ޚިދުމަތް ހޯދަން ދަތިކުރަނީ. ޖުރުމަނާޢަކަށް ކޮވިޑެއްވެސް ނުޖެހޭ! އެހެންވެ 240 ރުފިޔާ ފީ ދައްކަންޖެހޭ އެއްޗަކަށް 750 ރުފިޔާ އިތުރުކޮށް މިހާރު ދައްކަން މިޖެނީ 990 ރުފިޔާ.! ބުނީ އެއީ މިދިއަ ސެޕްޓެމްބަރު މަހު ދައްކަން ޖެހޭ ފީ ނުދެއްކި ހަމަސް ވީމަޔޯ! ކޮވިޑުގެ ވާހަކައާ ތަންތަން ބަންދުކުރާ ވާހަކައާ މުސްކުޅިންނަށް އޮންލައިންކޮށް ދައްކަން އުނދަގޫވާހަކަ ބުނީމާ ބުނީ ވަރަށް ތަފާތު ވާހަކައެއް."

"ހީވަނީ ދައުލަތް މިހާރު އޮތީ ވަރަށް ބަނޑުހައިވެފައޭ. ޚިދުމަތް ހޯދަން ދަތިވިނަމަވެސް އަދި ޚިދުމަތް ނުލިބުނު ނަމަވެސް ދައްކަންޖެހޭ ފައިސާކޮޅު ބަރާބަރަށް ދައްކައިލަދޭށޭ! ހެން އެބުނީ. އެބައި ރަނގަޅަކަށް ސާފެއް ނުވިއެވެ. 

ތިމާވެށްޓާއި ރައްޓެހި އުޅަނދު ފަހަރަށް ސަރުކާރުންދޭ ސަމާލުކަން ބޮޑުކަމާއި ކޮވިޑްގެ މިހާލަތާއި ގުޅިގެން އޮފީސްތައް ބަންދުކޮށްފައި ބަހައްޓަން ޖެހުމުން ރައްޔިތުންނަށް ކުރިމަތިވާ ދަތިތަކަށް ސަރުކާރުން ފޯރުކޮށްދޭ "އެހީތެރިކަމުގެ ބޮޑުކަން" ވެސް މިފަދަ ކަންކަމާއި ގުޅިގެން ގިނަ ބައަކު ގެންދަނީ ފާހަގަކުރަމުންނެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް