އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 4 ސިކުންތު
ޝައިޚް ޖަޢުފަރު ފާއިޒް އަކީ ޖަމިއްޔަތުލް އިސްލާމް އާއި މިއަދުނޫސް ގުޅިގެން ވިޔަފާރިވެރިންގެ މިސްކިތުގައި 2015 އަހަރުން ފެށިގެން ކުރިއަށް ގެންދަން މަސައްކަތްކުރާ ދަރުސް ޕްރޮގްރާމުގައި އެންމެ ގިނައިން ދަރުސް ދެއްވި އެއް ޝައިޚްއެވެ.
ޝައިޚްއަކީ ތައުހީދުގެ މަތީގައި ސާބިތުވުމަށް ވަރަށް ހަރުކަށި ފިކުރުގެ ބޭފުޅެކެވެ.
1- އަޅުކަންކުރުމުގައި ޤުރްއާން އާއި ސުންނަތް ނޫން އެހެން އެއްވެސް ގޮތެއް ޤަބޫލުފުޅެއް ނުކުރައްވަވާނެއެވެ.
2- ﷲ ތަޢާލާ ވަކިގޮތަކަށް ޤުރްއާނުގައި ބަޔާންކުރައްވަވާފައިވާ ކަމެއް އެހެން ގޮތަކަށް ބަދަލުކޮށްގެން ޤާނުނު ހެދޭނެ ކަމަކަށް ޤަބޫލުފުޅެއް ނުކުރައްވާނެއެވެ. އެގޮތަށް ޤާނޫނު ހެދިނަމަވެސް ޤަބޫލުކުރަންޖެހޭނެ ކަމަކަށް ޤަބޫލުފުޅެއް ނުކުރައްވަވާނެއެވެ.
3- އަމިއްލަ އެދުން، މުސްލިމުންގެ އަޤީދާ ބަލިކަށިކުރުމުގެ ދަހިވެތިކަން ނެތި ކާފިރުން މުސްލިމުންނަށް ހެޔޮއެދިގެން ކަންތައްތަ ކޮށްދޭނެ ކަމަށް ޤަބޫލުފުޅެއް ނުކުރައްވާނެއެވެ. އަދި ކާފިރުންގެ ރުހުން ލިބުން އިތުރުވާނަމަ އެދެވެނީ ނަރަކައާއި ކައިރިވެވެމުންކަމަށް ވިދާޅުވާނެއެވެ.
މިފަދަ ކަންކަމަށް ސާބިތު ހެކިތަކާއި ދަލީލުތައް ޤުރްއާނާއި ސުންނަތުން ދައްކަވާނެއެވެ.
ޝައިޚް ޖަޢުފަރު ފާއިޒުގެ މައްޗަށް ކަށުނަމާދުކުރެވުނީ މިއަދުގެ މެންދުރު ނަމާދަށްފަހު ފުރްޤާން މިސްކިތުގައެވެ. ދެސަފުދޭތެރޭ އިތުރު ސަފެއް ހެދުމުން ވެސް މިސްކިތް ފުރި ބާރުވެ ތިރީބުރީގައާއި މަތީބައިގައި ކަށުނަމާދުކުރިއެވެ. އިން ޝާ ﷲ
ސަހަރާއަށްވެސް އެ ގަދަ ހޫނުގައި ގިނަ ބައަކު ދިއައެވެ. ޝައިޚަށް ހެޔޮދުޢާކުރުމަށެވެ.
ޝައިޚްގެ ޚިދުމަތްތަކާއިބެހޭ އިތުރު މައުލޫމާތު މިއަދުނޫހުގައި ގެނެސްދޭނަމެވެ. އިން ޝާ ﷲ
މިއަދުނޫސްޓީމުގެ ދުޢާއަކީ މަރުޙޫމްގެ ފުރާނަފުޅަށް ﷲ ތަޢާލާ ހެޔޮ ރަޙްމަތް ލެއްވެވުމެވެ. ޢާއިލާއަށް ކެތްތެރިކަން ދެއްވެވުމެވެ. އާމީން
Advertisement
15 ޖުލައި 2021