އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުރާ ޞަދަޤާތުގެ މަތިވެރިކަން ބޮޑު ދުވަސްތަކެއްގަ ރަނުގެ ފުރުޞަތެއް! ނުރައްކާތެރި ފިޓްޖެހުމުން ތުއްތު ހުޒައިލް ސަލާމަތްކުރަން އެހީތެރިވެދެއްވާ!

ކުރާ ޞަދަޤާތުގެ މަތިވެރިކަން ބޮޑު ދުވަސްތަކެއްގަ ރަނުގެ ފުރުޞަތެއް! ނުރައްކާތެރި ފިޓްޖެހުމުން ތުއްތު ހުޒައިލް ސަލާމަތްކުރަން އެހީތެރިވެދެއްވާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 31 ސިކުންތު

ހުޒައިލް ބިން ހޫދް ޢަބްދުލްޣަފޫރަކީ އުމުރުން 4 އަހަރުން ފެށިގެން ފިޓްޖެހެމުން އަންނަ ކުއްޖެކެވެ. ހުޒައިލަށް ކުރިމަތިވާ އެންމެ ބޮޑު މައްސަލައަކީ ފިޓް ޖެހުނަސް ނުއެނގޭކަމެވެ. ވެއްޓުން ފަދަ ކަންކަން މެދުވެރިނުވެ ކަޅި ހުއްޓި، އަދި ހަށިގަނޑުވެސް ހުއްޓުމަކަށް އައިސްފައި ހުރެވޭކަމެވެ. 

އެންމެ ނުރައްކާތެރިކަން ބޮޑު އެއް މައްސަލައަކީ މިކަން މިގޮތަށް މެދުވެރިވުމުން ހުރިހާ ބާރެއް ސިކުނޑިއަށް ކުރާ ކަމެވެ. 

މިބަލީގައި މިދިއަ އަހަރުވެސް ވަނީ 2 ފަހަރު މަތިން އިންޑިއާއަށް ގޮސް ޑޮކްޓަރުންނަށް ދައްކައިފައެވެ.

ހުޒައިލްގެ މަންމަ ބުނަނީ ޑޮކްޓަރަށް ދައްކަން އިންޑިއާއަށް ދިއުމަށް އާސަންދަ ލިބިފައިވާ ކަމަށާއި އާސަންދަ ލިބެނީ ހަމައެކަނި ބޭސްފަރުވާއަށް ކަމަށްވާތީ އެހެން ޚަރަދުތައް ކުރަން ދީލަތި ފަރާތްތަކުގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ. 

"އަޅުގަނޑުމެންގެ ފަޤީރުކަމާ، ކޮވިޑްގެ ޙާލަތާ ހުރިހާ ކަމެއް އެކުވެގެން މިހާރުވެސް މިވަނީ ޑޮކްޓަރަށް ދެއްކުން ލަސްވެފަ. އާސަންދަ އޮތީ ހަމަޖެހިފަ، ނަމަވެސް ފުރެން އޮތީ އެހެން ޚަރަދުތަކަށް އެހީތެރިކަން ލިބިގެން. އަޅުގަނޑުމެންގެ އާދޭހަކީ ތުއްތު ހުޒައިލްށްޓަކައި މިފަހަރުވެސް ތިއަބޭފުޅުން ދީލަތިކަމާއެކު އެބޭފުޅަކަށް ދެއްވެން އޮތް މިންވަރަކުން އެހީތެރިވެދެއްވުން. މާތް ﷲ ތިއަ ބޭފުޅުންގެ ދީލަތުކަމަށް ހެޔޮ ޖަޒާ ދެއްވަވާށި! އާމީން" ހުޒައިލްގެ މަންމަ ބުނެފައިވެއެވެ. 

އިތުރު މައުލޫމާތު ހޯއްދަވަން ހުޒައިލްގެ މަންމަ: ވަފާ ޢަބްދުﷲ 

ގުޅޭނެ ފޯން ނަމަބަރު: 7669254

އެކައުންޓް ނަމްބަރު: 7730000221369

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް