އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކަހްފި ސޫރަތުގެ ތަފްސީރު އާޔަތަކުން އާޔަތަކުން 1: ނަމާދުކޮށް، ޤުރްއާން ކިޔަވާއިރު ﷲ އަށް ލޯބިން ﷲ މަތިވެރިކުރަންޖެހޭ!

ކަހްފި ސޫރަތުގެ ތަފްސީރު އާޔަތަކުން އާޔަތަކުން 1: ނަމާދުކޮށް، ޤުރްއާން ކިޔަވާއިރު ﷲ އަށް ލޯބިން ﷲ މަތިވެރިކުރަންޖެހޭ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 50 ސިކުންތު

(الْحَمْدُ لِلَّـهِ الَّذِي أَنزَلَ عَلَىٰ عَبْدِهِ الْكِتَابَ وَلَمْ يَجْعَل لَّهُ عِوَجًا ۜ ﴿١﴾  )

(الْحَمْدُ) މިއީ ﷲ ގެ ޛާތުފުޅުގައްޔާއި، ޞިފަފުޅުތަކުގައްޔާއި، ޢަމަލުފުޅުތަކުގައި އެކަލާންގެ އަށް ފުރިހަމަ އަށް ޙަމްދު ލިބިގެންވާ ކަމަށް ގަބޫލު ކުރުމެވެ. އެހެންކަމުން، (الْحَمْدُ) ގެ މާނައަކީ ﷲ ތަޢާލާ އަށް ލޯބިވުމާއި މަތިވެރި ކުރުމާއި އެކު އެކަލާންގެ އަށް ޙަމްދު ކުރުމެވެ. " 

ލޯބިވުމާއި މަތިވެރި ކުރުމާއި އެކު އެކަލާންގެ އަށް ޙަމްދު ކުރުން" މިއީ ކޮންމެހެން ބޭނުން ޝަރްޠެކެވެ. ސަބަބަކީ ލޯބި ވުމާއި މަތިވެރި ކުރުމެއް ނެތި ޙަމްދު ކުރުމުން އެވާނީ މަދަޙަ އަށެވެ. އެހެންކަމުން، އިންސާނަކު މީހަކު ދެކެ ލޯބިނުވި ނަމަވެސް، އެމީހެއްގެ ފަރާތުން އެއްޗެއް ނުވަތަ ކަމެއް ބޭނުންވެގެން ޘަނާ ކިޔާފާނެއެވެ. މީގެ މިޘާލަކީ: ބައެއް ޅެންވެރިން ރަސްކަލުންގެ ކުރިމައްޗަށް އަރާ ފާޑުފާޑުގެ ޘަނާ ކިޔާ ހަދައެވެ. ނަމަވެސް، އެމީހުންގެ ހިތުގައި ޛައްރެއްގެ މިންވަރަށް ވެސް ލޯތްބެއް ކުލުނެއް އޮވެގެންނެއް ނޫނެވެ. ނަމަވެސް ރަސްގެފާނަށް ޘަނާ ކިޔާ ޅެން ކިޔާލުމުން ލިބޭ ފައިސާ ކޮޅަށް، ނުވަތަ އެކަން ނުކޮށްފިނަމަ ލިބިދާނެ ގެއްލުމަކަށް ވިސްނާފައި ޘަނާ ކިޔަނީއެވެ. 

އަޅުގަޑުމެން ﷲ އަށް ޙަމްދުކޮށް އެކަލާންގެ އަށް ޘަނާ ކިޔަނީ އެކަލާންގެ ދެކެ ލޯބި ވުމާއި އެކަލާންގެ މަތިވެރި ކުރުމާއި އެކުގައެވެ. 

(لِلَّـهِ) މިއީ ﷲ އަށް ޚާއްޞަ އިސްމުފުޅެކެވެ. ﷲ ފިޔަވާ އެހެންފަރާތަކަށް މި އިސްމުފުޅު ނުކިޔޭނެއެވެ.

( الَّذِي أَنزَلَ ) ބާވާލެއްވި ފަރާތް

(عَلَىٰ عَبْدِهِ ) އެކަލާންގެ އަޅާގެ މައްޗަށް، އެބަހީ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް،

މިތަނުގައި (عَبْدِهِ ) ގެންނަވާފައިވުމުގެ ޙިކްމަތަކީ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އަކީ މީސްތަކުންގެ ތެރެއިން އެންމެ އަޅުވެތި އިންސާނާކަމަށް ވުން. 

މާތް ﷲ ތިން ޙާލަތެއްގައި ރަސޫލާ އަށް ( عَبْدِ ) ގެ ޞިފަ ދެއްވާފައިވޭ. އެއީ:

1. އެކަލޭގެފާނުގެ މައްޗަށް ގުރްއާން ބާވާލެއްވި ކަން ބަޔާން ކުރެއްވުމަށް، މިޘާލު: ސޫރަތުލް ކަހްފި ގެ ފުރަތަމަ އާޔަތް.( الْحَمْدُ لِلَّـهِ الَّذِي أَنزَلَ عَلَىٰ عَبْدِهِ الْكِتَابَ )

2. އެކަލޭގެފާނު ދިފާޢު ކުރެއްވުމުގައި. މިޘާލު: ސޫރަތުލް ބަގަރާގެ 23 ވަނަ އާޔަތް ( وَإِن كُنتُمْ فِي رَيْبٍ مِّمَّا نَزَّلْنَا عَلَىٰ عَبْدِنَا فَأْتُوا بِسُورَةٍ مِّن مِّثْلِهِ وَادْعُوا شُهَدَاءَكُم مِّن دُونِ اللَّـهِ إِن كُنتُمْ صَادِقِينَ ﴿٢٣﴾ ) މާނައަކީ: "ތިމަންރަސްކަލާނގެ އަޅާއަށް (އެބަހީ: محمد ގެފާނަށް) ތިމަންރަސްކަލާނގެ ބާވައިލެއްވި އެއްޗަކާމެދު (އެބަހީ: قرآن އާމެދު) ތިޔަބައިމީހުން شك ކަމެއްގައި ވަނީނަމަ، ފަހެ ތިޔަބައިމީހުން އޭގައިވާފަދަ سورة އެއް ނިކަން ގެނެސްބަލާށެވެ! އަދި ތިޔަބައިމީހުން ތެދުވެރިން ކަމުގައި ވަނީނަމަ، اللَّه ފިޔަވައި ތިޔަބައިމީހުންނަށް نصر ދޭނޭ އެހީތެރިން (ތިބިނަމަ، އެއުރެން) ނަށް ނިކަން ގޮވައި، ގެނެސްބަލާށެވެ!"

3. އެކަލޭގެފާނާއިގެން އިސްރާ ކުރެއްވުނު ޙާދިޘާ ބަޔާން ކުރެއްވުމުގައި، މިޘާލު: (سُبْحَانَ الَّذِي أَسْرَىٰ بِعَبْدِهِ لَيْلًا مِّنَ الْمَسْجِدِ الْحَرَامِ إِلَى الْمَسْجِدِ الْأَقْصَى الَّذِي بَارَكْنَا حَوْلَهُ لِنُرِيَهُ مِنْ آيَاتِنَا ۚ إِنَّهُ هُوَ السَّمِيعُ الْبَصِيرُ ﴿١﴾  ) މާނައަކީ: "އެކަލާނގެ ހުސްطاهـر ވަންތަކަމާއެވެ! އެކަލާނގެއީ، المسجد الحرام ން، المسجد الأقصى އަށް އެކަލާނގެ އަޅާ، ރޭގަނޑުން ބައެއްގައި ގެންދެވި ރަސްކަލާނގެއެވެ. އެއީ އެތާނގެ ވަށައިގެން، ތިމަންރަސްކަލާނގެ بركات ލެއްވި ތަނެވެ. (އެއީ) ތިމަންރަސްކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިން ބައެއް، އެކަލޭގެފާނަށް ދެއްކެވުމަށްޓަކައެވެ. ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ."

4. އެންމެ ޝަރަފުވެރި މަގާމުތަކުގައި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޞިފަ ކުރައްވާފައި މިވަނީ "ﷲގެ އަޅާ" ގެ ގޮތުގައެވެ. މިއީ އިންސާނަކަށް ލިބޭނެ އެންމެ މަތީ ޝަރަފެވެ. 

(الْكِتَابَ) މިއީ ގުރްއާންގެ ވާހަކަ އެވެ.  

ގުރްއާން އަށް "އަލްކިތާބް" ގެ ނަން ދެވިފައިވަނީ ދެ ސަބަބަކަށް ޓަކައެވެ.

1. ގުރްއާނަކީ ލިޔެވިފައިވާ ފޮތަކަށްވާތީވެ.

2. ގުރްއާން އަކީ ޖަމަޢަ (އެއްކުރެވިފައިވާ) އެއްޗަކަށް ވާތީވެ. ސަބަބަކީ ޢަރަބި ބަހުގައި "އަލްކަތްބު" ގެ މާނައަކީ "ޖަމަޢަ ކުރުމެވެ." 

( وَلَمْ يَجْعَل لَّهُ عِوَجًا ) މިގުރްއާން ގައި އެއްވެސް ކަހަލަ ކަތި ކަމެއް ލައްވާފައެއް ނުވެއެވެ. އަދިކިއެއްތަ، އެއީ ސީދާވެގެންވާ ތެދުމަގަށް މަގު ދައްކުވައިދޭ ފޮތެކެވެ. ވީމާ، މިފޮތުގައިވަނީ މުޅިވެސް ސީދާވެގެންވާ ކަންކަމެވެ. 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ލިޔުއްވާފައިވާ "އަލްކަހްފި ސޫރަތުގެ ތަރުޖަމާ އާ ތަފްސީރުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު