އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކަހްފި ސޫރަތުގެ މާނައާ ތަފްސީރު އާޔަތަކުން އާޔަތަކުން- 3: ނަރަކަ އާ ސުވަރުގޭގަ ދެމިތިބުން

ކަހްފި ސޫރަތުގެ މާނައާ ތަފްސީރު އާޔަތަކުން އާޔަތަކުން- 3: ނަރަކަ އާ ސުވަރުގޭގަ ދެމިތިބުން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 34 ސިކުންތު

(مَّاكِثِينَ فِيهِ أَبَدًا ﴿٣﴾) "އެ ދަރުމައިގައި، އެއުރެން އަބަދަށް ދެމިތިބެނިވި ގޮތުގައެވެ."  އެތަނުގައި ބަލިވުމެއް، މަރުވުމެއް، ބަނޑުހައިވުމެއް، ކަރު ހިއްކުމެއް، ފިންޔެއް، ހޫނެއް ނޯންނާނެއެވެ. ހުރިހާ ކަމެއްވެސް އެންމެ ފުރިހަމަ އަށް ހުންނާނެއެވެ. 

އަހްލުއްސުންނަތި ވަލްޖަމާޢަތިގެ ޢަގީދާ އަކީ ސުވަރުގެ އާއި ނަރަކަ މިހާރުވެސް އުފައްދަވާފައިވާ ކަމާއި އެއީ ދާއިމަށް ދެމިގެންވާ ތަންތަން ކަމެވެ. މިކަންކަން ކީރިތި ގުރްއާނުގެ ޞަރީޙަ ނައްޞުން ޘާބިތުވެއެވެ. ސުވަރުގެ ވަންތަވެރިން އެތަނުގައި ދެމިތިބޭނެކަން އަންގަވާ އެތައް އާޔަތްތަކެއް ކީރިތި ގުރްއާނުގައި ވާރިދުވެފައިވެއެވެ. އޭގެ ތެރޭގައި: 

- ސޫރަތުއް ނިސާގެ 57 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (وَالَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ سَنُدْخِلُهُمْ جَنَّاتٍ تَجْرِي مِن تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا أَبَدًا ۖ لَّهُمْ فِيهَا أَزْوَاجٌ مُّطَهَّرَةٌ ۖ وَنُدْخِلُهُمْ ظِلًّا ظَلِيلًا ﴿٥٧﴾  ) މާނައަކީ: "އަދި، إيمان ވެ، صالح عمل ކުޅަމީހުން، އެތާނގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކަކަށް، ތިމަންރަސްކަލާނގެ އެއުރެން ވައްދަވާހުށީމެވެ. އެ ސުވަރުގެތަކުގައި، އެއުރެން، އަބަދަށް ދެމިތިބެނިވި ގޮތުގައެވެ. އެތާނގައި އެއުރެންނަށް طاهر ކުރައްވާފައިވާ އަނބިންތަކެއް ވެއެވެ. އަދި، ހިޔާދެނިވި ހިޔަލަކަށް، ތިމަންރަސްކަލާނގެ އެއުރެން ވައްދަވާހުށީމެވެ."

- ސޫރަތުއް ނިސާގެ 122 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَالَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ سَنُدْخِلُهُمْ جَنَّاتٍ تَجْرِي مِن تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا أَبَدًا ۖ وَعْدَ اللَّـهِ حَقًّا ۚ وَمَنْ أَصْدَقُ مِنَ اللَّـهِ قِيلًا ﴿١٢٢

- މާނައަކީ: "އަދި، إيمان ވެ، صالح عمل ކުޅަމީހުން، އެ ސުވަރުގެތަކުގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކަށް، ތިމަންރަސްކަލާނގެ އެއުރެން ވައްދަވާހުށީމެވެ. އެތާނގައި އަބަދަށް ދެމިތިބެނިވި ގޮތުގައެވެ. اللَّه، وعد ކުރައްވާފައިވަނީ حق ތެދެވެ. ބަސްބުނުމުގައި اللَّه އަށްވުރެ ތެދުވެރިކަންބޮޑީ ކާކުހެއްޔެވެ؟"

ނަރަކަވަންތަވެރިން އެތަނުގައި ދެމިތިބޭނެ ކަން އަންގަވާ ކީރިތި ގުރްއާނުގެ ތިން ތަނެއްގައި އެވާހަކަ އަންގަވާފައިވެއެވެ. އެތިން ތަނަކީ:

- ސޫރަތުއް ނިސާގެ168 އަދި 169 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (إِنَّ الَّذِينَ كَفَرُوا وَظَلَمُوا لَمْ يَكُنِ اللَّـهُ لِيَغْفِرَ لَهُمْ وَلَا لِيَهْدِيَهُمْ طَرِيقًا ﴿١٦٨﴾ إِلَّا طَرِيقَ جَهَنَّمَ خَالِدِينَ فِيهَا أَبَدًا ۚ وَكَانَ ذَٰلِكَ عَلَى اللَّـهِ يَسِيرًا ﴿١٦٩﴾ ) މާނައަކީ: "ހަމަކަށަވަރުން، كافر ވެ އަދި އަނިޔާވެރިވި މީހުންނަށް، اللَّه ފާފައެއް ނުފުއްސަވާނެތެވެ. އަދި، އެއްވެސް މަގަކަށް އެއުރެންނަށް އެކަލާނގެ މަގެއް ނުދައްކަވާނެތެވެ. ނަރަކައިގެ މަގަށް މެނުވީއެވެ. އެއުރެން އެތާނގައި އަބަދަށް ދެމިތިބެނިވި ގޮތުގައެވެ. އެކަންތައް اللَّه އަށް ދާދި ފަސޭހަކަމެއް ކަމުގައިވެއެވެ."

- ސޫރަތުލް އަޙްޒާބްގެ 64 އަދި 65 ގައި ވަޙީ ކުރައްވާފައިވެއެވެ. (إِنَّ اللَّـهَ لَعَنَ الْكَافِرِينَ وَأَعَدَّ لَهُمْ سَعِيرًا ﴿٦٤﴾ خَالِدِينَ فِيهَا أَبَدًا ۖ لَّا يَجِدُونَ وَلِيًّا وَلَا نَصِيرًا ﴿٦٥﴾  ) މާނައަކީ: "ހަމަކަށަވަރުން، اللَّه، كافر ންނަށް لعنة ލެއްވިއެވެ. އަދި އެއުރެންނަށްޓަކައި އަނދައަނދާހުންނަ ނަރަކަ ތައްޔާރު ކުރެއްވިއެވެ. އެތާނގައި އެއުރެންނަށް އަބަދަށް ދެމިތިބެނިވި ގޮތުގައެވެ. އެހީތެރިޔަކު ނުވަތަ نصر ދޭނޭ މީހަކުވެސް އެއުރެން ނުދެކޭނެތެވެ."

- ސޫރަތުލް ޖިންނިގެ 23 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَمَن يَعْصِ اللَّـهَ وَرَسُولَهُ فَإِنَّ لَهُ نَارَ جَهَنَّمَ خَالِدِينَ فِيهَا أَبَدًا ﴿٢٣﴾  ) މާނައަކީ: "اللَّه އަށާއި، އެކަލާނގެ رسول އާއަށް އުރެދޭ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހަކަށްހުރީ، ނަރަކައިގެ އަލިފާނެވެ. އެތާނގައި އެއުރެން އަބަދަށް ދެމިތިބެނިވި ގޮތުގައެވެ."

ސުވަރުގެ އާއި ނަރަކަ މިހާރުވެސް ވަނީ ތައްޔާރުވެގެންކަން އަންގަވާ ސޫރަތު އާލުޢިމްރާންގެ 133 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

(وَسَارِعُوا إِلَىٰ مَغْفِرَةٍ مِّن رَّبِّكُمْ وَجَنَّةٍ عَرْضُهَا السَّمَاوَاتُ وَالْأَرْضُ أُعِدَّتْ لِلْمُتَّقِينَ ﴿١٣٣﴾) 

މާނައަކީ: "އަދި، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން ފާފަފުއްސެވުން ލިބިގަތުމަށާއި، އުޑުތަކާއި ބިންފަދަ ތަނަވަސްކަންހުރި ސުވަރުގެޔަށް ތިޔަބައިމީހުން އަވަސްވެގަންނާށެވެ! އެ ސުވަރުގެ ތައްޔާރުކުރައްވާފައިވަނީ، تقوى ވެރިންނަށެވެ."

ސޫރަތުލް ބަގަރާގެ 24 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (فَإِن لَّمْ تَفْعَلُوا وَلَن تَفْعَلُوا فَاتَّقُوا النَّارَ الَّتِي وَقُودُهَا النَّاسُ وَالْحِجَارَةُ ۖ أُعِدَّتْ لِلْكَافِرِينَ ﴿٢٤﴾   ) މާނައަކީ: "ފަހެ، ތިޔަބައިމީހުންނަށް އެކަން ނުކުރެވުނުނަމަ - އަދި ތިޔަބައިމީހުންނަކަށް ހަމަ ހިލާ އެކަންތަކެއް ނުމެ ކުރެވޭނެއެވެ. - (އެކަން ނުކުރެވުނުނަމަ) ފަހެ، ތިޔަބައިމީހުން ނަރަކަޔަށް ބިރުވެތިވެ، ރައްކާތެރިވާށެވެ! އެނަރަކަޔަކީ، މީހުންނާއި ހިލަ، އޭގެ ދަރުކަމުގައިވާ ނަރަކައެވެ. އެ ނަރަކަ ތައްޔާރު ކުރައްވާފައިވަނީ، كافر ންނަށްޓަކައެވެ."

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ލިޔުއްވާފައިވާ ކަހްފި ސޫރަތުގެ ތަރުޖަމާ އާ ތަފްސީރުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް