އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހައިހޫނުކަމުގަ ހުރި މީހަކަށް ނާސްތާއެއް ދިން އަންހެނަކު ސަލާންޖަހާ މީހަކަށް ހުއްޓާ ލެއްވެވި ބޮޑު ރަހްމަތުގެ ވާހަކަ-

ހައިހޫނުކަމުގަ ހުރި މީހަކަށް ނާސްތާއެއް ދިން އަންހެނަކު ސަލާންޖަހާ މީހަކަށް ހުއްޓާ ލެއްވެވި ބޮޑު ރަހްމަތުގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 52 ސިކުންތު

ވަލީދާއަކީ މިހާރު މަގުމަތީގައި ސަލާންޖަހައިގެން ކައިބޮއި އުޅެންޖެހިފައިވާ އަންހެނެކެވެ. އާދައިގެމަތިން ވަކިލާރިއަކަށް އެދި ސަލާންޖަހަންހުއްޓާ ބައްދަލުވިފިރިހެނަކު އޭނާ އާއިއެކު ސައިބޯން ކެފޭއަކަށް ވަނުމަށް ދަޢުވަތުދިނެވެ. 

ވަލީދާގެ ހިތުގައި ޝައްކުތަކެއް އުފެދުނެވެ. އޭނާގެ ނިޔަތަކީ ކޮބައިބާވައެވެ! އެހައި ސްމާޓްކޮށް ހެދުން އަޅައިގެން ހުރި ފިރިހެނަކު މިހައި ފަޤީރު ހެދުމުގައި ހުރި އަންހެނަކަށް އޭނާ އާއިއެކު ސައިބޯން ދައުވަތުދިނީ ކީއްވެގެންބާވައެވެ! އަތަށް ލާރިދީފައި ސައިބޯން ނުބުނީ ކީއްވެގެންބާވައެވެ! އަހަރެން ހުރީ ބަނޑުހައިވެގެން ނޫންކަމަށް އޭނާއަށް ހީކުރެވުނީ ބާވައެވެ! 

މިފަދަ އެތައް ސުވާލުތަކެއް ހިތުގައި އުފެދުނުނަމަވެސް ބަނޑުހައިވެގެންހުރިވަރުން ލިބުނު ދައުވަތު ޤަބޫލުކުރިއެވެ. ކެފޭއަށް ވަނުމުން ގިނަބައަކު ކަޅިއެޅިއެވެ. އެއީ އެހައި ތަފާތު ގޮތަކަށް ހެދުން އަޅައިގެން ތިބި ދެމީހަކު އެކުގައި ތިބުމުންނެވެ. 

ސައިބުއިމުގެތެރޭގައި ފިރިހެން މީހާ ސުވާލުކުރިއެވެ. ކުރިން ރެސްޓޯރަންޓެއްގައި މަސައްކަތްކުރިންތޯއެވެ. ޖަވާބުގައި އޭނާ ކިޔައިދިނެވެ. "ރެސްޓޯރަންޓެއްގެ ކޭޝިއަރަކަށް މަސައްކަތްކުރީމެވެ. އެތަނުގެ ވެއިޓަރަކު އަހަރެންގެ ބޮލުގައި އެޅުވި އިލްޒާމެއްގެ ސަބަބުން ވަޒީފާއިން ވަކިކުރީއެވެ. ވައްކަންކުރިކަމުގެ އިލްޒާމްކަމަށްވުމުން އެހެން ތަނަކުންވެސް ވަޒީފާއެއް ނުލިބުނީއެވެ. ސަލާންޖަހަން ޖެހުނީ ކުރާނެ އެއްވެސް މަސައްކަތެއް ނުލިބުމުންނެވެ."

ޒުވާނާ ވަގުތުން އޭނާގެ ބިޒްނަސްކާޑް އަންހެން މީހާއަށް ދިނެވެ. އަދި ބޭނުންނަމަ އޭނާގެ ކުންފުނިން ވަޒީފާއެއް ދޭނެކަމަށް ބުނެފައި ހެދުންގަނެހަދަން ފައިސާކޮޅެއްވެސް ދިނެވެ. 

ވައްކަންކުރިކަމުގެ އިލްޒާމް އެޅިފައިހުއްޓައި އެހައި ފަސޭހައިން ވަޒީފާއެއް ދޭން ނިންމި ސަބަބާއިމެދު ސުވާލުކުރުމުން އޭނާ ކިޔައިދިނެވެ. 

"އަހަރެންނަކީ މިރަށުގެ މީހެއް ނޫނެވެ. މީގެ އަހަރުތަކެއްކުރިން މިރަށަށް އައިސް އުޅުނީ މީހެއްގެ ވަޒިފާގައެވެ. އޭނާގެ ވިޔަފާރީގެ ކަންކަމުގައެވެ. އެގޮތަށް އައިސް އުޅުމުގައި އެއްފަހަރު އަހަރެންގެ އަތުން ފައިސާ ހުސްވިއެވެ. ފުރަން އޮތް ދުވަހު ހެނދުނު ސައިބޮވޭނެ ގޮތެއްވެސް ނެތިގެން ރެސްޓޯރަންޓަކަށް ވަނުމުން ބައްދަލުވީ ތިބާ އާއިއެވެ. އަހަރެންގެ ޙާލަތު ބުނެދީފައި ބޮއެލާނެ ސައިތަށްޓަކަށް އެދުމުން ތިބާ އަހަރެންނަށް ހެނދުނުގެ ނާސްތާއެއް ދިނީމުއެވެ. 

ދުވަސްތައް ފާއިއތުވެ މިއަދު އަހަރެންނަކީ މިރަށުގައި އަމިއްލަ ވިޔަފާރިކުރާ މީހަކީމެވެ. އަހަރެންނަށް މިވަަގުތުވެސް ވަނީ ސެކެޓްރީއެއް ބޭނުންވެފައެވެ. އެވަޒީފާއަށް ތިބާއަށްވުރެ ޙައްޤުކަން ބޮޑީ ކާކުހެއްޔެވެ؟" 

ޢިބްރަތް ޙާޞިލުކުރަންވީ މިފަދަ ކަންކަމުންނެވެ! މީގެ އަހަރުތަކެއް ކުރިން ހައިހޫނުކަމުގައި ހުރި މީހަކަށް އޭނާދިނީ ހެނދުނުގެ ނާސްތާއެކެވެ. އެއިގެ ބަދަލުގައި، އޭނާ މަގުމަތީގައި ސަލާންޖަހާ މީހަކަށް ހުއްޓައި އޭނާއަށް މިއަދު އެލިބުނީ ފުދިގެން ދިރިއުޅެވޭނެ ވަޒީފާއެކެވެ. 

ދަތި، ނިކަމެތި ޙާލުގައި ޖެހިފައިވާ މީހެއްގެ ބޭނުމެއް ފުއްދައިދީފި މީހަކަށް މާތް ﷲ ރަޙްމަތް ލައްވަވާނެކަމަށް އޮންނަ ބަސްފުޅު އަރައި އޭނާ އާއި އެހަމަކުރީ އަހަރުތަކެއް ފަހުންނެވެ. އެންމެ ބޮޑަށް ބޭނުންޖެހުނު ވަގުތުއެވެ. 

ނިކަން ބުނެބަލާށެވެ! މިފަދަ ހާދިސާތައް ޢިބްރަތަކަށް ނުފުދޭހެއްޔެވެ؟

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް