އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އުމްރާއަށް މީހުން ގެންދިއުމަށް ދިން ހުއްދައިގެ މުއްދަތު އިސްލާމިކް މިނިސްޓްރީން އިތުރުކޮށްފި

އުމްރާއަށް މީހުން ގެންދިއުމަށް ދިން ހުއްދައިގެ މުއްދަތު އިސްލާމިކް މިނިސްޓްރީން އިތުރުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 52 ސިކުންތު

ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމަށް ދިން ހުއްދައިގެ މުއްދަތު އިސްލާމިކް މިނިސްޓްރީން އިތުރުކޮށްފިއެވެ.

މިކަމާގުޅިގެން އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ، ރާއްޖެއިން، އުމްރާއަށް މީހުން ގެންދިއުމަށް އެ މިނިސްޓްރީއަށް ލިބިދީފައިވާ އިޚްތިޔާރުގެ ދަށުން، އުމްރާއަށް މީހުން ގެންދަން ހުއްދަ ދީފައިވާ 37 ކުންފުންޏަކަށް ހުއްދައިގެ މުއްދަތު އިތުރުކޮށްދީފައިވާކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ހުއްދަ އިތުރުކޮށްފައިވަނީ 1 އަހަރު ދުވަހުގެ މުއްދަތަށެވެ.

ރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމުގެ ޙުއްދަ ދީފައިވާ ކުންފުނިތަކަކީ ޢުމްރާއަށް މީޙުން ގެންދިއުމާއި ބެހޭ އުޞޫލުގެ 4 ވަނަ މާއްދާގެ (ށ)ގެ ދަށުން 2 އަހަރު ދުވަހުގެ މުއްދަތަކަށް ހުއްދަ ދީފައިވާ ކުންފުނިތަކެވެ.

ކޮވިޑާއި ގުޅިގެން ސަޢުދީ ޢަރަބިއްޔާއިން ޢުމްރާ ވިސާ ދޫކުރުން ހުއްޓާލާ އެގައުމަށް މީހުން އެތެރެވުން ވަގުތީ ގޮތުން މަނާކޮށްފައި އޮތުމަށްފަހު، އެފުރުސަތު އަލުން ހުޅުވާލީ މިދިޔަ އޮގަސްޓްމަހުގެ 9 ވަނަ ދުވަހުގައެވެ. 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު