އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދިވެހި ލޭހުރި ދިވެހިން މިއަދުވެސް ތިބީ ހަމަ މި ޢަޒުމްގައެވެ! ތަފާތަކީ އެމްޑީއެންގެ ބަދަލުގަ މަޖިލީހާ ކުރިމަތިލާން މިއަދު ޖެހޭކަން!

ދިވެހި ލޭހުރި ދިވެހިން މިއަދުވެސް ތިބީ ހަމަ މި ޢަޒުމްގައެވެ! ތަފާތަކީ އެމްޑީއެންގެ ބަދަލުގަ މަޖިލީހާ ކުރިމަތިލާން މިއަދު ޖެހޭކަން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 49 ސިކުންތު

ދީނުގެ ކަންކަމަކީ ކުޅޭ ކުޅިވަރަކަށް ނުހައްދަވާ! މާތް ﷲ ވާގިފުޅާއިއެކު ކުރިއަށް އޮތްތަނުގައި ފެނިގެންދާނީ ދިވެހި ރައްޔިތުން އިސްލާމް ދީނުގައި އިތުރަށް ސާބިތުވާތަން! އަމާންކަމުގައި ދުނިޔެ ނަމޫނާ ދައްކަމުން އަންނަ ދިވެހި ރާއްޖެއަކީ ނަރަކައަކަށް ހަދަން ނޫޅޭ. މާތް ﷲ ވާގިފުޅާއިއެކު އެކަމެއް ނުކުރެވޭނެ އެއްބައަކަށްވެސް.! 

އެއީ ކުރެވޭނެ ކަމެއް ނޫންކަން ކަށަވަރު! އެފަދަ ކަންކަން ކުރާމީހުން މާތް އެކަހެރިކުރައްވަވައި ނިކަމެތި ކުރައްވަވާނެ! މާތް ﷲ ވާގިފުޅާއިއެކު އެފަދަ ކަންކަން ކުރާ މީހުން ނިކަމެތިވެގެންދާތަން އަޅުގަނޑުމެންނަށް ފެންނާނެ!

އިސްލާމް ދީނަށްވުރެ މޮޅު ގޮތެއް ދެއްކުމުގެ ނަމުގައި ދިވެހި ޤައުމު ފަސާދަކުރަން އެއްވެސް ބައަކަށް ޖާގަ ނުދެވޭނެއެވެ. 

ދިވެހި ޤައުމު ފަސާދަކޮށް ޤައުމުގެ އިޤްޠިޞާދު ފުނޑުފުނޑުކުރަން މަސައްކަތްކުރާ މީހުންގެ ސަބަބުން ޑިމޮކްރަސީއެވެ މިކިޔާ ބަހަށްވެސް ލިބެނީ ވަރަށް ބޮޑު ހުތުރެއް ކަމަށެވެ. "ޑިމޮކްރަސީއަކީ ބައަކު ޤަބޫލުކޮށްގެން ތިބި ގޮތްތައް ބަދަލުކުރުންތޯ؟ އިސްލާމް ދީނުގަ އޮތް ބޭއިންޞާފަކީ ކޮބައިތޯ؟ އެއިރުންސުރެ މިހާރާއި ހަމައަށް ބެލިނަމަވެސް ކީރިތި ޤުރްއާނާއި ރަސޫލާ (ﷺ)ގެ ޙަދީޘްފުޅުތަކަށްވުރެ ރަނގަޅު އެއްވެސް ހަމަތަކެއް ދުނިޔެ ދެކެފައެއް ނުވޭ!"  

އެމްޑީއެން ހީކުރަނީތޯ ޝާއިޢުކޮށްލާ ރިޕޯޓަކުން ފާއިތުވި 900 ވަރަކަށް އަހަރު ރާއްޖޭގައި އޮތް އިސްލާމްވަންތަކަން ނައްތައިލެވިދާނެ ކަމަށް ނުވަތަ އަޅުގަނޑުމެންގެ ތެރެއިން އިސްލާމް ދީން ފުހެލައި ނިކަމެތިކޮށްލެވިދާނެ ކަމަށް؟ (މިއަދު މިސުވާލުކުރާނަމަ ލިޔަން އޮތީ މަޖިލީހުގަ ޖާބިރު ލައްވާ ދައްކުވާ  ވާހަކަތަކުން ކުރިއަށް ލައިގެން---) 

އެކަން ޤަބޫލުނުކުރާ ބޭޗާރާވެފައި ތިބި ބައަކު ނުކުމެ މި ޤައުމު ފަސާދަކުރަން ޖާގައެއް ނުދެވޭނެ އިނގޭތޯ؟ ރާއްޖޭގެ ލޮބުވެތި ރައްޔިތުން ތިބީ މި ޤައުމު ފަސާދަކުރަން ޖާގަދޭކަށް ނޫން! (އެހެން ދީންތަކަށް ފުރުޞަތުދޭ ގޮތަކަށް ނޫން!) އެގޮތަށް ނުކުމެ އުޅޭ ބައަކަށް ދިވެހި ރައްޔިތުންގެ އެއްބައިވަންތަކަމާއި ޤައުމުގެ އިޤްޠިޞާދު ފުނޑުފުނޑުކުރަން ފުރުޞަތެއް ނުދެވޭނެ. ދިވެހި ރައްޔިތުންގެ ދީނީ ޢަޤީދާ ފުނޑުފުނޑުކޮށެއްވެސް ނުލެވޭނެ އިނގޭތޯ؟ 

ޤާނޫނު އަސާސީގެ 2 ވަނަ މާއްދާއަށް ބެލި ނަމަވެސް ދިވެހި ދައުލަތުގެ ކޮންމެ މަޤާމެއްގައި ހުރި ނަމަވެސް އެމީހަކު މާތް ﷲ ގަންދީ ހުވާކޮށްފައި އޮންނާނީ ރާއްޖޭގައި އިސްލާމް މަތިވެރިކޮށް ޙިމާޔަތްކުރަން. އިޚްލާޞްތެރިކަމާއިއެކު އެކަން ކުރަން ﷲ ގަންދީ ހުވާކޮށްގެން ނެތް ހަމައެކަކުވެސް ނުހުންނާނެ! ކުރާ ހުވައަކީ ކުޅޭކުޅޭ އެއްޗެއްތޯ؟ ނޫން! އެހެނެއް ނުވާނެ އިނގޭތޯ؟ 

އިސްލާމް ދީނަށް ފުރައްސާރަކޮށް ޖޯކްޖަހައި ކުޑައިމިސް ހަމަ އެންމެ ބަހެއް ބުނުމުގެ ފުރުޞަތުވެސް އަޅުގަނޑުމެންގެ ތެރެއަކުން ނުލިބޭނެ ކަމުގެ ޔަޤީންކަން އަޅުގަނޑު އަރުވަން." 

މިއީ މީގެ 2 އަހަރުކުރިން ދިވެހި ޤައުމާއި ރައްޔިތުން ދެކެ ލޯބިފުޅުވާ ބޭފުޅަކު ވިދާޅުވެފައިވާ ބަސްކޮޅެކެވެ. ދިވެހި ލޭ ހުރި، ލޭ ތަޣައްޔަރުނުވާ ދިވެހިން މިއަދުވެސް ތިބީ ހަމަ މިރޫޙުގައެވެ. މި ޢަޒުމްގައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް