އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހުޅުމާލޭގަ އަރަބި އިސްލާމިކް ސްކޫލެއް އެޅުމަކީ އެޑިޔުކޭޝަން މިނިސްޓްރީގެ ޕޮލިސީގަ ހިމެނޭ ކަމެއް!: ވަޒީރު

ހުޅުމާލޭގަ އަރަބި އިސްލާމިކް ސްކޫލެއް އެޅުމަކީ އެޑިޔުކޭޝަން މިނިސްޓްރީގެ ޕޮލިސީގަ ހިމެނޭ ކަމެއް!: ވަޒީރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 43 ސިކުންތު

ހުޅުމާލޭގައި އަރަބި އިސްލާމިކް ސްކޫލެއް އެޅުމަކީ އެޑިޔުކޭޝަންގެ ޕޮލިސީގައި ހިމެނޭ ކަމެއް ކަމަށް ތައުލީމީ ވަޒީރު ޑރ. އާއިޝަތު ޢަލީ ވިދާޅުވެއްޖެއެވެ. 

ވަޒީރު މިފަދައިން ވިދާޅުވެފައިވަނީ ދެވަނަ ޢަރަބިއްޔާ ސްކޫލެއް ހުޅުމާލޭގައި އަޅައިދިނުމަށް އެދި  3000 އަށްވުރެ ގިނަ މީހުންގެ ސޮޔާއިއެކު އެޑިޔުކޭޝަން މިނިސްޓްރީއަށް މިއަދު ޕެޓިޝަނެއް ހުށަހަޅަން ދިއަ މީހުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. 

ވަޒީރު ވިދާޅުވީ ޕޮލިސީގައި އެކަން އޮތްނަމަވެސް މިވަގުތު ބަޖެޓް ހުރިގޮތުން ހުޅުމާލޭގައި އަޅަން ފަށާފަ ވަނީ އިނގިރޭސި މީޑިޔަމްގެ  ޕަބްލިކް 2 ސްކޫލް ކަމަށާއި ޢާންމު ފަރާތަކުން ޢަރަބިއްޔާ ސްކޫލެއް އަޅައިދިނުމަށް ހުށަހަޅައިފިނަމަ އެކަމަށްވެސް ފުރުޞަތު ދެއްވާނެ ކަމަށެވެ. 

"އެފަދަ ފުރުޞަތެއް ލިބިއްޖެނަމަ ޢަރަބިއްޔާ ސްކޫލް ހުޅުމާލޭގައި އެޅުން އަވަސް ވެގެންދާނެކަމަށް މިނިސްޓަރު ވިދާޅުވި." 

ހިޔާ ފްލެޓްތަކަށް ބަދަލުވި ޢާއިލާތަކުގައި ޢަރަބިއްޔާއަށް ކިޔަވަންދާ ގިނަ އަދަދެއްގެ ދަރިވަރުން ހިމެނެއެވެ. އެދަރިވަރުންގެ ބެލެނިވެރިން ވަނީ ޕެޓިޝަނުގައި ސޮއިކޮށްފައެވެ. 

ހުޅުމާލޭގައި ޢަރަބި މީޑިއާމަށް ކިޔަވައިދޭ ސްކޫލެއް ޤާއިމްކޮށްދެއްވުން އެދި އެޑިއުކޭޝަނަށް ޕެޓިޝަނެއް ހުށައަޅާފައިވަނީ ހިޔާ ފްލެޓްތަކުގައި މީހުން ދިރިއުޅެން ފެށުމާއި ގުޅިގެން ގިނަ ޢަދަދެއްގެ ރައްޔިތުން ހުޅުމާލެއަށް ބަދަލުވަނުންދާއިރު ޢަރަބިއްޔާގެ ގިނަ ދަރިވަރުންތަކެއްވެސް ހުޅުމާލެއަށް ބަދަލުވަމުންދާތީ އެކުދިންނަށް ވެސް ފަސޭހަ މަގަކުން ތައުލީމް ޙާޞިލްކުރެވޭނެ މަގު ފަހިކުރުމުގެ ބޭނުމުއެވެ.  

ޕެޓިޝަން ހުށައެޅުމުގައި އިސްކޮށް ހަރަކާތްތެރިވެލައްވާ ޢަރަބިއްޔާ ސްކޫލުގެ ޕީޓީއޭގެ ކުރީގެ ނައިބު ރައީސް ޔޫސުފް އަބްދުﷲ ވިދާޅުވީ މިފަދަ ޕެޓިޝަނެއް ހުށަހެޅުއްވީ ކުރީންސުރެ ހުޅުމާލޭގައި ދިރިއުޅެމުންދާ ޢަރާބިއްޔާގެ ދަރިވަރުންވެސް ތިބުމާއިއެކު، ޢަރަބި އިސްލާމީ ތަޢުލީމު އުގަންނައިދިނުމަށް ޝައުޤުހުރި ގިނަ ބެލެނިވެރިންތަކެއް ހުޅުމާލޭގައި ދިރިއުޅޭތީ ކަމަށެވެ.

ޔޫސުފް އަބްދުﷲ ވިދާޅުވީ ޢަރަބިއްޔާ ކުދިންނަށް ވަކިން ޚާއްޞަ ސްކޫލެއް އަޅަންޖެހޭ މައިގަނޑު ސަބަބުތަކަކީ މި ސްކޫލަކީ އެހެން ސްކޫލްތަކާއި ޚިލާފަށް ދެތިން މާއްދާއެއް ފިޔަވާ ހުރިހާ މާއްދާއެއް ޢަރަބި ބަހުން ކިޔަވައިދޭ ސްކޫލަކަށް ވުމާއި އަދި އެހެން ސްކޫލްތަކާއި ޚިލާފަށް އިސްލާމްދީނުގެ މައިގަނޑު މަސްދަރުތައް ހިމެނިފައިވާ ތައުޙީދާއި، ސުންނަތާއި، ފިޤްހު ފަދަ ދީނީ މާއްދާތައް ކިޔަވައިދޭ ސްކޫލަކަށްވުން ކަމަށެވެ. "ދެޖިންސް ކުދިންނަށް ވަކި ކްލާސްރޫމްތަކުގައި ކިޔެވުމުގެ ފުރުޞަތު ލިބިދޭ، އިސްލާމީ ރިވެތި އާދަތަކާއި، ތަރުބިއްޔަތުގެ މައްޗަށް ބިނާވެފައިވާ ސްކޫލަކަށް ވުން ވަރަށް މުހިންމު." 

ޔޫސުފް އަބްދުﷲ ވިދާޅުވީ ހުޅުމާލޭގައި އަޅާ ސްކޫލްގެ ނަމަކީ ޢަރަބިއްޔާ ކަމަށް ނުހަދައި އެ ސްކޫލްގެ ނަމަކީ "ހުޅުމާލޭ އިސްލާމިކް ސްކޫލް" ފަދަ ނަމަކަށް ހަދައިދިނުމަށް އެދޭ ކަމަށެވެ. 

ހުޅުމާލޭގައި އަޅަން މިހާރު ސޮއިކޮށްފައިވާ 2 ސްކޫލަކީވެސް ބޮޑު ފީ ދައްކަންޖެހޭ، ވިޔަފާރީގެ އުޞޫލުން ހިންގާ 2 ސްކޫލެވެ. ވަޒީރު އެވިދާޅުވިގޮތުން އަވަސް މުސްތަޤްބަލެއްގައި ހުލުމާލޭގައި އިސްލާމިކް ސްކޫލެއް އެޅޭނީ އަމިއްލަ ގޮތުން ބައަކު އެކަންކޮށްފިނަމަކަން ފާހަގަކުރެވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް