އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފަތުވާދޭ މަޖިލީހުގެ ވެބްސައިޓު އިފްތިތާޙްކޮށްފި- އެންމެ މަތީގަ އޮތީ ގައިދުރުކޮށް ނަމާދުކުރަން ބާރުއަޅާ ލިޔުން!

ފަތުވާދޭ މަޖިލީހުގެ ވެބްސައިޓު އިފްތިތާޙްކޮށްފި- އެންމެ މަތީގަ އޮތީ ގައިދުރުކޮށް ނަމާދުކުރަން ބާރުއަޅާ ލިޔުން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 20 ސިކުންތު

އިސްލާމީ ކަންތައްތަކަށް ފަތުވާދޭ މަޖިލީހުގެ ވެބްސައިޓް އިފްތިތާޙްކޮށްފިއެވެ. 

ސަރުކާރުގެ އެހެން އިދާރާތަކުގެ ވެބްސައިޓު ދާދިއަވަހަށް އިފްތިތާޙްކުރިނަމަވެސް ފަތުވާދޭ މަޖިލީހުގެ ވެބްސައިޓް އިފްތިތާޙްކުރެވުނީ އެތައް އަހަރެއްފަހުން ކަމަށްވީނަމަވެސް އެ ވެބްސައިޓުގެ ސަބަބުން ފައިދާތަކެއް ކުރާނެ ކަމަށް ބެލެވެއެވެ. 

ވެބްސައިޓް އިފްތިތާޙްކުރިއިރު އެންމެ މަތީގައި އަދިވެސް އޮތީ ޖަމާޢަތުގައި ގައިދުރުކޮށް ނަމާދުކުރާ ފަތުވާކަން ފާހަގަކުރެވެއެވެ. 

މިވެބްސައިޓް އިފްތިތާޙް ކޮށްދެއްވާފައި ވަނީ އެކަމަށްޓަކައި އިސްލާމީ މަރުކަޒުގެ ހޯލުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ އެވެ. މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވަނީ ދީނީ ކަންކަމުގެ މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ވެބްސައިޓެއްގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވައިލާފައެވެ. އަދި ރައްޔިތުންނަށް ފަސޭހައިން ޚިދުމަތް ހޯދޭނެ އިންތިޒާމް، ވެބްސައިޓް މެދުވެރިކޮށް ހަމަޖެއްސުމަށް އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މުވައްޒަފުންގެ ކިބައިން އެދިލެއްވިއެވެ.

މިވެބްސައިޓުގައި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން އާންމުކުރާ ފަތުވާތަކާއި އިސްތިޝާރީ ލަފާތަކާއި، ފޯރުކޮށްދޭ ޚިދުމަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތާއި ފޮޓޯއާއި، އަދި ޝާއިޢުކޮށްފައިވާ ފޮތްތައް ހިމެނިފައި ވެއެވެ. ސްމާރޓް ފޯނުތަކާއި ޓެބްލެތްތަކުންނާއި އަދި ލެޕްޓޮޕާއި ކޮމްޕިޔުޓަރުންވެސް އުނދަގުލެއްނެތި ބެލޭނެ ގޮތަށް ތައްޔާރުކޮށްފައިވާ މި ވެބްސައިޓްގައި، އެ އިދާރާއިން ދެމުން ގެންދާ ޚިދުމަތްތަކާގުޅޭ ޚިޔާލާއި މަޝްވަރާ އަދި އެކިއެކި ދީނީ މައްސަލަތައް ސީދާ ވެބްސައިޓު މެދުވެރިކޮށް ހުށަހެޅޭ އިންތިޒާމް ހަމަޖެހިފައި ވެއެވެ.

މިވެބްސައިޓުގެ އެޑްރެހަކީ www.fatwamajlis.gov.mv އެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް