އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 5 ސިކުންތު
މިލިޔުން ކުރިން ޝާއިޢުކުރެވިފައިވަނީ ލިބުނު މައުލޫމާތުގައި އޮޅުމެއް އޮތުމުން އެކައުންޓް ނަމްބަރުގައި އެއް އަކުރުމަދުންނެވެ. އެހެންކަމުން މިހާރު އެވަނީ އެކަން އިޞްލާޙްކޮށްފައެވެ. އެރި އޮޅުމަށްޓަކައި މާފް އެދެމުން ތިއަބޭފުޅުންގެ ދީލަތި އެހީތެރިކަން ފޯރުކޮށްދެއްވެވުން އެދެމެވެ.
އެންމެ މީހެއްގެ ފުރާނަ ސަލާމަތްކުރަން އެހީތެރިވެދިނުމަކީވެސް އެންމެންގެ ފުރާނަ ސަލާމަތްކުރަން މަސައްކަތްކޮށްދިނުން ފަދަ ކަމެކެވެ. އެންމެ ފައިދާހުރި ޞަދަޤާތެވެ.
އަޅުގަނޑުގެ އަނބިމީހާ، ޙަލީމާ ޙުސައިން (A215986) (ފިލްޓަރުގެ ޅ. ހިންނަވަރު) (54 އަހަރު) އަކީ ކިޑްނީ ފޭލްވުމުގެ ބަލީގައި އުޅޭތާ 8 އަހަރުވެފައިވާ އަންހެނެކެވެ. އެއްކިޑްނީ ވަނީ އެކުގައި ފޭލްވެފައެވެ. 2 ވަނަ ކިޑްނީއަށް އަންނަނީ މައްސަލަތައް ކުރިމަތިވަމުންނެވެ. އެހެންކަމުން ކިޑްނީ ބަދަލުކުރުން ނޫން އެހެންގޮތެއް މިހާރަކު ނެތެވެ.
ކިޑްނީ ހަދިޔާކުރާނެ ޑޯނަރަކުވަނީ ލިބިފައެވެ. އާސަންދައިގެ އެހީތެރިކަމާއި އެންސްޕާގެ އެހީތެރިކަންވެސް ވަނީ ލިބިފައެވެ. އެހެންކަމާއިއެކުވެސް ދީލަތުފަރާތްތަކުގެ އެހީތެރިކަމަށް އެދެން މިޖެހުނީ އެއްފަހަރާ 2 މީހުންގެ 2 އޮޕަރޭޝަންކުރަންޖެހޭއިރު އެހީތެރިން ގެންދަން ޖެހޭތީއާއި ފަރުވާއަށް ހޭދަވާނެ މުއްދަތު ނޭނގޭތީ އަމިއްލައަށް ގިނަ އަދަދެއްގެ ފައިސާ އިންޑިއާގައި ތިބެން ޚަރަދުކުރަންޖެހޭތީއެވެ.
ހަފްތާއަކު މިހާރުވެސް ދެފަހަރު ޑައިލިސިސް ހަދަން ޖެހެއެވެ. އަދި ކިޑްނީ ބަދަލުނުކުރެވި ލަސްވާ ކޮންމެ ދުވަހަކީ . ކޮންމެ ހިނދުކޮޅަކީވެސް މިހާރު މަސައްކަތްކުރާ ކިޑްނީއަށް ގެއްލުން ލިބެން މެދުވެރިވާ ސަބަބެކެވެ. އެހެންކަމުން އަޅުގަނޑުގެ އަނބިމީހާގެ ފުރާނަ ސަލާމަތްކުރަން ކުރަންޖެހިފައިވާ މަސައްކަތަށް އެހީތެރިކަމެއް ފޯރުކޮށްދެއްވެން އޮތް ކޮންމެ ފަރާތަކުން، ފޯރުކޮށްދެއްވެން އޮތް ކިތަންމެ ކުޑަމިންވަރަކުން ނަމަވެސް އެހީތެރިކަމެއް ފޯރުކޮށްލަދެއްވުން އެދި ދެންނެވީމެވެ.
ތިއަބޭފުޅުންނަށް ތަނަވަސްކަން އިތުރުކުރައްވަވާށި! އާމީން
އެހީދެއްވުމަށް: 7704278069101
އަދަމް އިބްރާހީމް (ފިރިމީހާ) ފޯނު ނަމްބަރު: 7727867
Advertisement
15 ނޮވެމްބަރ 2021