އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޓީޗަރުންގެ މޫނު ބުރުގާ ނެންގުވުމުގެ ވިސްނުން ވަގުތުން ވަގުތައް ދޫކޮށްލަން ޝައިޚް ޝަފީޢު ތައުލީމީ ވަޒީރަށް ގޮވާލައްވައިފި.

ޓީޗަރުންގެ މޫނު ބުރުގާ ނެންގުވުމުގެ ވިސްނުން ވަގުތުން ވަގުތައް ދޫކޮށްލަން ޝައިޚް ޝަފީޢު ތައުލީމީ ވަޒީރަށް ގޮވާލައްވައިފި.


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 24 ސިކުންތު

ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައިދޭ ޓީޗަރުންގެ ތެރެއިން މޫނު ބުރުގާއަޅާ ޓީޗަރުންގ ވަނަވަރު ތައުލީމީ ވަޒީރު އޮޅުންފިލުއްވަމުން ގެންދަވާ ކަމަގެ މައުލޫމާތު ފެތުރުމާއި ގުޅިގެން ގިނަބައަކު ދަނީ ކަންބޮޑުވުން ފައޫޅުކުރަމުންނެވެ. 

"މި ކަން އެޑިއުކޭޝަންގެ ފަރާތުން ކުރަމުން ދާ ކަމަށް ވަރަށް ގިނަ ފަރާތް ފަރާތުން ޚަބަރު ލިބެމުން ދޭ...

އެޑިއުކޭޝަނުން މި ކަން ކުރައްވަނީ މޫނު ބުރުގާ އެޅި އުޚުތުން ވަޒީފާއިން ވަކި ކުރަން ނުވަތަ މޫނު ނަގަން މަޖުބޫރު ކުރަން ކަމުގައި ވަނީ ނަމަ އެ ޚިޔާލު ވަގުތު ވަގުތަށް ދޫކޮށްލުމަށް ގޮވައިލަމެވެ.... މިއީ އިސްލާމީ ޤައުމެކެވެ... މި ޤައުމުގައި މޫނު ބުރުގާ އަޅައިގެން ވަޒީފާ އަދާ ކުރެވެން ޖެހޭނެއެވެ...

މިއީ އެ އުޚުތުންނަށް އެލަވަންސެއް ދޭން ކުރައްވާ ކަމެއް ނަމަ، އަވަހަށް އެ އެލަވަންސެއް ދެއްވާށެވެ..."

- ޝެއިޚް  ޝަފީޢު  އަބްދުﷲ - 

ފިރިހެނުން ޖަމާޢަތުގައި ނަމާދުކުރުމަށް ދެކޮޅުހަދައި ނޫރުސޫރަތުގައިވާ މިންވަރަށް އަޢުރަ ނިވާކުރަން ދެކޮޅުހަދާ، ﷲ ތައާލާއަށްގޮންޖަހާ ފަރާތްތަކުން ޒަމާނުންސުރެ އިސްލާމްދީނާއި ދެކޮޅަށް ހިންގަމުން އަންނަ ބޮޑެތި ޖަރީމާތަކުގެ ނުރައްކާތެރިކަން މިއަދު މިވަނީ ކުރިމަތިވެފައެވެ. 

މިއަހަރުގެ މާރިޗްމަހުގައި އޮޅުންފިލުވަން މިއަދުނޫޙުން އެދުނު މައުލޫމާތު އަދިވެސް ނުދޭތީ އެމިނިސްޓްރީ ނުވަތަ ތައުލީމީ ވަޒީރާއި ގުޅައިގެން މައުލޫމާތުހޯދަން މަސައްކަތްކުރުން މިއަދުނޫހުން ވަނީ ހުއްޓާލާފައެވެ. 

މޫނުބުރުގާ އަޅާ ޓީޗަރުންގެ ޢަދަދު ތައުލީމީ ވަޒީރު ބައްލަވަނީ މުސާރަބޮޑުކޮށްދޭންތޯ؟ ނޫނީ އިބިލީހަށް ކުރާ ކައްކައިދޭންވެގެން ވަޒީފާއިން ވަކިކުރަންތޯ؟ ފަދަ ސުވާލުތައް ކުރަންމިވަނީ ޖެހިފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް