އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދިވެހިންގެ ދީން ބަދަލުކުރުވަން ފޮނުވާފައިތިބި ޓީޗަރުންގެ ތެރެއިން މިފަހަރު ފަޅާއެރި ދައްޖާލު ސަސްޕެންޑްކޮށްފި

ދިވެހިންގެ ދީން ބަދަލުކުރުވަން ފޮނުވާފައިތިބި ޓީޗަރުންގެ ތެރެއިން މިފަހަރު ފަޅާއެރި ދައްޖާލު ސަސްޕެންޑްކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 11 ސިކުންތު

ދިވެހި ދަރިވަރުންގެ ސިކުނޑިތަކަށް ޗިޕްޖަހައިގެން އިސްލާމް ދީނާ ދުރުކުރުވަން އިންޑިއާއިން ރާއްޖެއަށް ޓީޗަރުންގެ ނަމުގައި ފޮނުވާފައިތިބި ދައްޖާލުންގެތެރެއިން މިފަހަރު ފަޅާއެރި ދައްޖާލު ސަސްޕެންޑްކޮށްފިއެވެ. 

މައުލޫމާތު ލިބޭގޮތުންދަރިވަރުންގެ ކުރިމަތީގައި ހުރެ އެދައްޖާލުވަނީ ކަލަކު ވޮޑިގެންނުވާ ކަމަށް ވަކާލާތުކޮށް ކަލަކު ވޮޑިގެންވާ ކަމުގެ ހެކި ދެއްކުމަށް ދަރިވަރުންގެ ކިބައިން އެދި ގޮންޖަހައިފައެވެ. 

ރާއްޖޭގެ ތައުލީމީ ވުޒާރާ އާއި ގުޅިގެން ހިންގާކަމަށް ބެލެވޭ މިބޮޑު ޖަރީމާގެ ދަށުން އެތެރެކުރެވިފައިތި އެތައް ޓީޗަރުންގެ މައްސަލަތައް ދަނީ ފެންމަތިވަމުންނެވެ. ހުޅުމީދޫ ސްކޫލުން ފައުޅުވި ދައްޖާލުވަނީ ޤުރްއާނުގައިވަނީ ޚިޔާލީ ވާހަކަތަކެއް ކަމަށްވެސް ބުނެއެވެ. 

ދިވެހިން އިސްލާމް ދީނުން ބޭރުކުރަން މިސަރުކާރާއި ގުޅިގެން އިންޑިއާއޮތީ ވަރަށް ވާންކޮށް ފޫގަޅާލާފައިކަން އެންމެ ފަސޭހައިން އެނގިގެންދަނީ ދަރިވަރުންގެ ބޮލަށް ލާދީނީ ޗިޕް ޖަހަން މިކުރެވޭ މަސައްކަތްތަކުންނެވެ. މިފަދަ އެއް ދައްޖާލުންތައް އެހެން ބައެއް ސްކޫލްތަކުން ވެސް ފައުޅުވެފައިވާއިރު އޮތް އެންމެ ބޮޑު ނުރައްކަލަކީ ފައުޅު ނުވެ ތިބި އަދަދެވެ. ދަރިވަރުންނާއި ބާއްވާ އެކަހެރި ބައްދަލުވުންތަކުގައާއި ޓިޔުޝަންދޭއިރު ޗިޕްޖަހާނެވަރު އެއީ އޮތް އެންމެ ބޮޑު ނުރައްކަލެވެ. މިކަންކަމަށް ބެލެނިވެރިން ސަމާލުކަންދިނުން ކިތަންމެހައިވެސް މުހިންމެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް