އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އައްޑޫގަ ދަރިވަރުން މަގުފުރައްދަން އުޅުނު ދައްޖާލުގެ ބަޔާން ވެސް 7 ދުވަސްވީއިރު ނުނެގޭ! މޮޅުގޮތަކަށް ބަޔާން ނަގައި ދައްޖާލު ސަލާމަތްކުރާނެ ގޮތް ހޯދަނީތޯ؟

އައްޑޫގަ ދަރިވަރުން މަގުފުރައްދަން އުޅުނު ދައްޖާލުގެ ބަޔާން ވެސް 7 ދުވަސްވީއިރު ނުނެގޭ! މޮޅުގޮތަކަށް ބަޔާން ނަގައި ދައްޖާލު ސަލާމަތްކުރާނެ ގޮތް ހޯދަނީތޯ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 15 ސިކުންތު

މިމަހުގެ 23 ވަނަ ދުވަހު އައްޑުސިޓީ ހުޅުމީދޫގައި ގްރޭޑް 8 ގެ ދަރިވަރުންތަކެއްގެ ހިތުގައި ﷲ ތަޢާލާ ވޮޑިގަންނަވާކަމާއި ކީރިތި ޤުރްއާނާއިމެދު ޝައްކު އުފައްދުވަން މަސައްކަތްކުރި އިންޑިއާ ދައްޖާލުގެ ބަޔާންވެސް އަދި ނަގައި ނުލެވޭ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބައެއް ނޫސްތަކަށް މައުލޫމާތުދީފިއެވެ. 

އަދިވެސް ބަޔާން ނަގަން ހަމަމަސައްކަތްކުރަނީޔޯލައެވެ. މިއަދު މަހުން 29 އެވެ. ދައްޖާލު ފިތުނަ އުފައްދާފައިވަނީ 23 ވަނަ ދުވަހު އެވެ. އޭނާއަކީ ހެލްތު އެންޑް ފިޒިކަލް އެޑިއުކޭޝަން ކިޔަވައިދޭ ޓީޗަރެއްގެ ނަމުގައި އައިސްހުރި މީހަކަށްވާއިރު އޭނާއަކީ ދައްޖާލެއް ނޫންނަމަ ޤުރްއާނާއި ﷲ ތަޢާލާ އާއިބެހޭ ގޮތުން އޭނާ ވާހަކަދައްކަން ޖެހެންވީ އެއްވެސް ސަބަބެއް ނެތެވެ. 

ބަޔާނެއްވެސް ނުނެގި މިހައި ދުވަސްވުމުން ގިނަ ބައަކު ޤަބޫޅުކުރާގޮތުގައި ދަރިވަރުންނަށް މެޓާ ބަހައި ހެލިކޮޕްޓަރު ދައްކައި ހަދައިގެން ކުދިންގެ ބަޔާންތައް ބަދަލުކުރުވަން މިހާރު މޮޅު އުކުޅުތައް ރާވާނެއެވެ. އަދި އެ ދައްޖާލުދޭ ބަޔާނަކީވެސް އޭނާ އެވާހަކަ ދެއްކީ ކަސްރަތު ސެޝަނެއް ބާއްވަން ކުދިން ގޮވައިގެން އުޑަށް އަރަން ބޭނުންވެގެންކަމަށް ވެސް ބަދަލުކުރުވާނެއެވެ. 

މިއަހަރުގެ މާރިޗްމަހު މިއަދުނޫހުން ހޯދަން އެޑިޔުކޭޝަން މިނިސްޓްރީގައި އެދުނު މައުލޫމާތު އަދިވެސް ނުދޭތީ އެމިނިސްޓްރީގައި އިތުރު މައުލޫމާތަށް އެދުން މިއަދުނޫހުން ވަނީ ހުއްޓާލައިފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް