އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒާ ގުޅިގެން މީހުން ތަމްރީންކުރުމާ ކޯސްހިންގުމުގެ ފުރުޞަތު ހުރިހާ ކައުންސިލްތަކަށްވެސް އެބަ އޮތް! ޝައިޚް އިލްޔާސް ޖަމާލް

ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒާ ގުޅިގެން މީހުން ތަމްރީންކުރުމާ ކޯސްހިންގުމުގެ ފުރުޞަތު ހުރިހާ ކައުންސިލްތަކަށްވެސް އެބަ އޮތް! ޝައިޚް އިލްޔާސް ޖަމާލް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 36 ސިކުންތު

ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒާ  ގުޅިގެން މީހުން ތަމްރީންކުރުމާ ކޯސްހިންގުމުގެ ފުރުޞަތު ހުރިހާ ކައުންސިލްތަކަށްވެސް އެބަ އޮތް ކަމަށް ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒު ހިންގުމާއި ހަވާލުވެހުންނެވި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝައިޚް އިލްޔާސް ޖަމާލް ވިދާޅުވެއްޖެއެވެ. 

މިއަދުނޫޙުން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ޝައިޚް އިލްޔާސް ޖަމާލް ވިދާޅުވީ އެރަށެއްގައި އެމަރުކަޒުން ޤަބޫލުކުރާ ފެންވަރުގެ ދީނީ ޢިލްމުވެރިން ތިއްބެވިނަމަ ކަންކަން ހަމަޖައްސަވަން ވަރަށް ފަސޭހަވެގެންދާނެ ކަމަށެވެ.  

ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒާ ޅ. ނައިފަރު ކައުންސިލާ ގުޅިގެން ޅ.ނައިފަރުގައި ޖަމާޢައްތެރިން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް ހިންގުން 

5600 އަށްވުރެ ބޮޑު އާބާދީއެއް ދިރިއުޅެމުންދާ ޅ.ނައިފަރަކީ ތަމްރީން ލިބިފައިވާ ޖަމާޢަތްތެރިން ނެތް ރަށަކަށްވުމުން މިރަށުގައި ކަށުކަމާކެމީގެ މަސައްކަތުގައި ހަރަކާތްތެރިވާނެ ތަމްރީން ލިބިފައިވާ ބަޔަކު އުފެއްދުމަށް ކައުންސިލުން ޝައުޤުވެރިކަން ފާޅުކުރެއްވުމާ ގުޅިގެން، ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުން ނައިފަރުގައި ޖަމާޢަތްތެރިން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ނިންމައި ދެފަރާތުން ގުޅިގެން މި ޕްރޮގަރާމް މަސައްކަތްތައް ފަށާފައިވަނީ 31 އޮކްޓޯބަރ 2021ގައެވެ. އަދި 17 ނޮވެމްބަރ 2021 ގައި ޕްރޮގަރާމް ނިމުނު އިރު 45 ދަރިވަރަކު ވަނީ ޕްރޮގަރާމް ފުރިހަމަކޮށްފައެވެ. ދެ ޖިންސަށް އަމާޒުކޮށްގެން ހިންގުނު މިކޯހުގެ ބައިވެރިންގެ ތެރެއިން ގިނައީ އަންހެން ބައިވެރިންނެވެ. މި ކޯހުގައި ކިޔަވައިދެއްވީ ނައިފަރުގެ އިސް މެޖިސްޓްރޭޓް ފަޟީލަތުއްޝައިޚް މުޙައްމަދު މޫސާ އެވެ. ޕްރެކްޓިކަލް ސެޝަންތައް ބޭއްވީ އެ ރަށު ހިނަވާ ގޭގައެވެ. މި ޕްރޮގްރާމްގެ ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ 01 ޑިސެމްބަރ 2021 ގައެވެ. ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައިވަނީ ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒު ހިންގެވުމާ ހަވާލުވެ ހުންނެވި މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއާޒް އައްޝައިޚް އިލްޔާސް ޖަމާލް އެވެ. 

އިލްޔާސްގެ ވާހަކަފުޅުގައި ނައިފަރު ކައުންސިލުން މިކަމަށް އިސްނަގައިގެން މިފަދަ މުހިންމު މަސައްކަތެއް ނައިފަރުގައި ކޮށްދެއްވި ކަމީ ނިހާޔަތަށް އުފާކޮށް ޝުކުރުވެރުވާ ކަމަށާއި، އަދި މިކަމަކީ އެހެން ކައުންސިލްތަކުން ނަމޫނާ ނަގަންޖެހޭ ކަމެއްކަމަށް ވިދާޅުވިއެވެ. އަދި އެ ރަށުގައި ހުއްޓިފައިވާ ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ ގޮފީގެ ޚިދުމަތް އަލުން ދެވި އެތަނުގެ ފަރާތުން ކޯސްތައް ހިންގުމަށް ބާރު އަޅުއްވާނޭކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ޤުރްއާނުގެ އަޚްލާޤާއި އަދަބާ ގުޅޭ ކެމްޕޭންގެ ދަށުން ޚާއްޞަ ޕްރޮގްރާމްތަކެއް އެ ރަށު ކައުންސިލާ ގުޅިގެން ފެއްޓެވުމަށް މަސައްކަތްކުރައްވާނެކަމަށް ވިދާޅުވިއެވެ.  

އެނގިފައިވާ ގޮތުގައި މީ މިހާތަނަށް އެއް ރަށެއްގައި އެންމެ ގިނަ ޖަމާޢަތްތެރިން އުފެއްދުނު ފުރަތަމަ ފަހަރެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








ހަސަން އަލީ