އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙަޤީޤީ ޙާދިސާ: އަމިއްލަ ގެ ވިއްކާލެވެން އުޅުނު ޙާލަތުގައިވެސް ތެދުވެރިވި އަންހެނަކަށް ތަނަވަސްކަމާ ތަނަވަސް ފިރިއަކު ލިބުނު ގޮތުގެ ވާހަކަ-

ޙަޤީޤީ ޙާދިސާ: އަމިއްލަ ގެ ވިއްކާލެވެން އުޅުނު ޙާލަތުގައިވެސް ތެދުވެރިވި އަންހެނަކަށް ތަނަވަސްކަމާ ތަނަވަސް ފިރިއަކު ލިބުނު ގޮތުގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 23 ސިކުންތު

އެއީ ސަރުކާރުން ވަރަށް ގިނަ މަޝްރޫޢުތަކެއް ބީލަމަށް ހުޅުވާލަން ނިންމާފައި އޮތް ދުވަސްވަރެކެވެ. ވާދަކުރާ އެއްކުންފުނިން ނިންމީ ދެން އެންމެ ގާތުން ވާދަކުރާ ކުންފުންޏަށް ރަނގަޅު ކޮޅުކެއްސެއްދޭށެވެ. އެހެންވެ ވާދަވެރި ކުންފުންޏަށް ހިންގާނެ އިދާރީ ވެރިއަކަށް ބޭނުންވެފައިވާކަން އެނގުމުން އެފުރުޞަތުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފަން ރޭވުންތައް ރޭވިއެވެ. 

އެކުންފުނީގެ އިދާރީ ވެރިއަކަށް ހުންނަނީ ވަރަށް ރީތި އަދި މަސައްކަތަށް ކުޅަދާނަ އަންހެނެކެވެ. އެހެންވެ އޭނާ ގާތުގައި ބުނީ އެކުންފުނިން ކަނޑައިލި ކަމަށް ހަދައިގެން އަނެއް ކުންފުނިން ވަޒީފާ ހޯދަން މަސައްކަތްކުރުމަށެވެ. އަދި ވަޒީފާ ލިބުމުން އެކުންފުނިން ބިޑަށް ހުށަހަޅާ އަގުތައް ޙިއްޞާ ކުރުމަށެވެ. ކާމިޔާބު ކުރެވޭ ކޮންމެ މަޝްރޫޢަކަށް 1 މިލިއަން ރުފިޔާގެ ހަދިޔާއެއް ދޭނެ ކަމަށާއި އެކުންފުނީގައި މަސައްކަތްކުރާ ދުވަސްތަކުގައި މިކުންފުނިންވެސް މުސާރަ ދޭނެ ކަމަށެވެ. 

އޭނާ އެކަމަށް ދެކޮޅު ހެދިއެވެ. ޙަރާމް ގޮތުގައި އެއްވެސް ފައިސާއެއް ބޭނުން ނޫންކަމަށްވެސް ބުންޏެވެ. އެއިގެ ޖަވާބުގައި ބުނީ އެކަން ކޮށްނުދޭނަމަ އޭނާގެ ގެ އަޅަން ކުންފުނިން ކުރި ޚަރަދުގެ ތެރެއިން ނުދެއްކި ހުރިފައިސާ ވަގުތުން ދައްކަންޖެހޭނެ ކަމަށާއި ނުދައްކައިފިނަމަ ގެވިއްކާލުމުގެ ބާރު ކުންފުންޏަށް ލިބިފައިވާކަން ހަނދާން ކުރުމަށެވެ. 

ޙަޤީޤަތުގައި އެފައިސާ ނުދެއްކި އޮތީ ކުންފުނިން އެއްބަސްވި މުއްދަތަށް މަސައްކަތް ނުނިންމުމުންނެވެ. ނަމަވެސް އެގޮތަށް ލަސްވެއްޖެނަމަ ޢަމަލުކުރަންޖެހޭނެ ގޮތެއް އެއްބަސްވުމުގައި ލިޔެފައި ނެތުމުން ފުރުޞަތުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފީއެވެ. ކުންފުނީގައި ތެދުވެރިކަމާއިއެކު މަސައްކަތްކުރި 15 އަހަރުދުވަހަށް ބަލައިލުމެއްވެސް ނެތިއެވެ. 

އެ ޙާލަތުގައި އަމަލުކުރާނެ އެހެން ގޮތެއް ނުވިސްނުމުން ކުންފުނިން ބުނިގޮތަށް އޭނާ ޢަމަލުކުރިއެވެ. އަނެއް ކުންފުނިން ވަޒީފާއަށް އެދުމާއިއެކު ވަޒީފާ ދީފިއެވެ. ނަމަވެސް އޭނާ ވިސްނަމުން ދިއައީ އެގޮތަށް އެކަން ނުކޮށް ދެކޮޅު ޖައްސާނެ ގޮތަކަށެވެ. ޙަރާމް ފައިސާއެއް ބޭނުން ނުކުރުމަށެވެ. އެހެންވެ ކުރިން އުޅުނު ކުންފުނިން އޭނާގެ އެކައުންޓަށް ޖަމާކޮށްދޭ މުސާރައިގެ ބޭނުމެއް ނުކުރެއެވެ. 

އޭނާއަށް ކެތެއް ނުކުރެވުނެވެ. އޭނާ އެކުންފުންޏަށް ބަދަލުވާން މެދުވެރިވި ސަބަބު އެކުންފުނީގެ އެންމެ އިސްވެރިޔާއަށް ކިޔައިދިނެވެ. އަދި ބުންޏެވެ. "އަޅުގަނޑަކީ އެކަނިވެރި މައެކެވެ. 3 ދަރިން އެބަ ތިއްބެވެ. ވަރަށް ދަތިޙާލުގައިވެސް އެކުދިން ގެންގުޅުނީ ސަލާން ނުޖަހައެވެ. ޙަރާމް ގޮތުގައި އެންމެ ރުފިޔާއެއްވެސް ބޭނުން ނުކޮށެވެ. ވީމާ މިއަދަކުވެސް އަޅުގަނޑު ޙަރާމް ގޮތުގައި އެއްވެސް ފައިސާއެއް ބޭނުމެއް ނޫނެވެ." 

ވެރިމީހާ ބުނީ ތެދުވެރިކަމަށް ޙައްޤު އިނާމު ލިބޭނެ ކަމަށާއި ގެއާއި ވައިވެސް ނޭޅެވޭނެ ކަމަށެވެ. 

ވެރިޔާ ބުނީ އެންމެ ފަހު ވަގުތު އަދަދުތައް "ބްލޭންކްކޮށް" ޝީޓެއް އެކުންފުނީގެ ވެރިޔާއަށް ފޮނުވުމަށެވެ. 4 މަޝްރޫޢެއްގެ ބިޑްތައް ހުށަހަޅަން އޮތީ އެދުވަހުގެ 12 ޖަހާއިރުއެވެ. އެހެންވެ ހެނދުނުންސުރެ ދިއައީ މެދު ކެނޑުމެއް ނެތި ގުޅަމުންނެވެ. 11 ޖަހަނިކޮށް ބްލޭންކް ޝީޓެއް އީމޭލްކޮށްލިއެވެ. އަދި އެހިސާބުން ފޯނު ނިއްވައިލިއެވެ. 

4 މަޝްރޫޢުން 3 މަޝްރޫޢު ލިބުނީ އޭނާ މަސައްކަތްކުރާ ކުންފުންޏަށެވެ. އަނެއް މަޝްރޫޢު ލިބުނީ ކުޑަވަރެއްގެ ކުންފުންޏަކަށެވެ. އޭނާ ކުރިން މަސައްކަތްކުރި ކުންފުންޏަށް އެއްވެސް މަޝްރޫޢެއް ނުލިބުނެވެ. 

ޖެހިގެން އައި ދުވަހު ވެރިމީހާ އޭނާ ގެންގޮސް އޭނާގެ އަޅަން ކުރިން މަސައްކަތްކުރި ކުންފުނިން ކުރި ޚަރަދުން ދައްކަންޖެހޭ ފައިސާގެ ޢަދަދަށް ޗެކެއް ލިޔެ ހަދިޔާއެއްގެ ގޮތުގައި އޭނާއަށް ދިނެވެ. އެފައިސާ ލިބުމުން އެފައިސާ އާއި އޭނާގެ ވަޒީފާ ބަދަލުވިފަހުން މުސާރައިގެ ގޮތުގައި ޖަމާކުރި ފައިސާ އާއި ހުރިހާ ފައިސާތަކެއް އެކުންފުންޏަށް ދެއްކިއެވެ.

އަދި އެކަންކަން ނިމުނުތާ މަހެއްހައި ދުވަސްތެރޭގައި ވެރިމީހާ އޭނާ އާއި ކައިވެނިވެސް ކުރިއެވެ. އެއީ ހަމައެކަނި އޭނާގެ ރީތިކަމަށް ބަލައިގެނެއް ނޫނެވެ. ތެދުވެރިކަމަށް އިސްކަންދީގެންނެވެ. ތެދުވެރިން މަދުވުމުން އަގުބޮޑު ޖަވާހިރަކަށްވެފައިވާތީއެވެ. މިހާރު އޭނާ ދިރިއުޅެނީ އަމިއްލަ ގޭގައި ފިރިމީހާ އާއިއެކު ވަރަށް ލޯބިންނެވެ. ތަނަވަސްކަމުގައެވެ. 

ފިރިމީހާގެ ކުރީގެ އަނބިމީހާ ވަނީ އެއިގެ 2 އަހަރުކުރިން ނިޔާވެފައެވެ. ފިރިމީހާގެ ގޭގައި ދިރިއުޅެނީ އޭނާގެ ދަރިންނާއި މައިންބަފައިންނެވެ. 

އަޅުގަނޑު މިކިޔައިދިނީ ހަމަ ވަރަށް ފަހުން ހިނގާފައިވާ ކަމެކެވެ. އޭނާއަކީ އަޅުގަނޑުގެ އެންމެ ގާތް އެކުވެރިޔާއެވެ. އޭނާގެ ހުއްދައާއިއެކު އަޅުގަނޑު މިވާހަކަ މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާ މިކުރީ މިހާރުވެސް ތެދުވެރި އަންހެނުން އެބަތިބި ކަމާއި ތެދުވެރިކަމުގެ ނަތީޖާވެސް ވަރަށް ފޮނިކަން ހާމަކުރުމަށެވެ. 

- ސޮފިއްޔާ / މިއަދުނޫހުގެ ކިޔުންތެރިއެއް

ހަރަމ

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް