އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނިކަމެތި، މުސްކުޅި، ފަޤީރު އަންހެނުންނަށް ހެޔޮކޮށްހިތައި އުފާވެރިކަން ހޯދައިދެމުން އައި ޒުވާނަކަށް މިލިއަނަރެއްގެ އަންހެން ދަރިފުޅު ލިބުނު ގޮތުގެ ވާހަކަ-

ނިކަމެތި، މުސްކުޅި، ފަޤީރު އަންހެނުންނަށް ހެޔޮކޮށްހިތައި އުފާވެރިކަން ހޯދައިދެމުން އައި ޒުވާނަކަށް މިލިއަނަރެއްގެ އަންހެން ދަރިފުޅު ލިބުނު ގޮތުގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 52 ސިކުންތު

 

ކޮންމެ ހަފްތާއަކު ތަފާތު މުސްކުޅި އަންހެނަކު ގޮވައިގެން އަގުބޮޑު ރެސްޓާރަންތަކަށް އޭނާ ދެއެވެ. މަންޒަރު ބަލަން ތިބޭ، ޢާންމުކޮށް އެރެސްޓޯރަންޓަށް ގޮސްއުޅޭ ކަސްޓަމަރުންނަށް ކޮންމެ ހަފްތާ ބަންދެއްގައި އެމަންޒަރު ފެންނާތީ އެ ޒުވާނާއަށް ވަރަށް ބޮޑަސް މަލާމާތް ކުރެއެވެ. 

ސިއްރުން ބުނެއުޅެއެވެ. "މިއީ ހާދަ މަކަރުވެރި ޒުވާނެކެވެ. ކޮންމެ ހަފްތާ ބަންދެއްގައި މުސްކުޅި އައު ބިޓެއް އެބަ ހިއްލައެވެ. މުސްކުޅިން މަޅީގައި ޖައްސުވައިގެން ފައިސާ ހޯދުން ނޫން ކަމެއް އެނާ ނުކުރެއެވެ." 

މިފަދަ އަޑުތައް އޭނާއަށް ވެސް ބައެއް ފަހަރު އަޑުއިވެއެވެ. ނަމަވެސް ޖަވާބެއް ނުދެއެވެ. ނަމަވެސް ދުވަސްކޮޅަކުން އޭނާގެ ކެތްތެރިކަން ކޮޅުންލިއެވެ. އެއީ އޭނާ ގުޅެން ވަރަށް ބޮޑަށް ބޭނުންވާ އަންހެނަކުއްޖާ އޭނާއާއިމެދު އެތުހުމަތު ކުރުމުންނެވެ. އޭނާ އާއި ގުޅުމުގެ ފުރުޞަތަށް ހުރަސް އެޅުމުންނެވެ. އޭނާ ވެސް އެތުހުމަތުކުރީ އެ ރެސްޓޯރަންޓަށް ގޮސް އުޅޭ މީހުން ކުރާ ތުހުމަތުތަކުގެ އަޑު އިވިފައިވާތީއެވެ. 

ޖެހިގެން އައި ހަފްތާގައި އޭނާ ދިއައީ މުސްކުޅި 3 އަންހެނުން ގޮވައިގެންނެވެ. އެތަން ފެނުމުން ޗުކުޗުކު ލަެއްވުން ގިނަވިކަން އޭނާއަށް ފާހަގަކުރެވުނެވެ. އެއިރު ރެސްޓޯރަންޓުގެ އަރިމަތީގައި ކަސްތަމަރުންނަށް މުނި ފޫހިފިލުވައިދޭން މަޑުމަޑުން ލަވަކިޔައެވެ. ޒުވާނާ ތެދުވެގެން ގޮސް މައިކަށް އެދުނެވެ. ބުނީ އެތަނުން މުސްކުޅި އަންހެނަކު ވަރަށް އަސަރުގަދަ ލަވައެއް ކިޔާލަން ބޭނުންވާ ކަމަށެވެ.  

މައިކް ދިނުމުން ގެންގޮސް އޭނާ ގެންދިއަތަނުން އަންހެނެއްގެ އަތަށް ދިނުމުން ތެދުވެ ވާހަކަދައްކަން ފެށިއެވެ. "އެކުވެރިންނޭވެ! ތަނަވަސް މީހުންނޭވެ! މިޒުވާނާ ފަދަ މީހަކަށްވާށެވެ! އޭނާއަކީ އަހަރެމެންފަދަ ޢާއިލާތަކުން އުކާލާފައިތިބި މުސްކުޅި އަންހެނުން ބަލަހައްޓާ ނަރސިންގ ހޯމްއެއްގެ ވެރިއެކެވެ. ކޮންމެ ހަފްތާއަކު އޭނާ އެގެންނަނީ އެތަނުން އަންހެނެކެވެ. ގެނެސް ޢާއިލާ އިން ލޯތްބާ އުފާވެރިކަން ދެނީއެވެ. ކާންދެނީ އޭނާގެ ޚަރަދުގައެވެ. ކަލޭމެންނަށްވެސް އަހަރެމެން ގެނެސް އުފާވެރިކަން ހޯދައިދެވިދާނެއެވެ. ނިކަމެތި މުސްކުޅި އަންހެނަކަށް އެހީވުމަށްވުރެ ފައިދާކުރާނީ ކޮންކަމަކުން ހެއްޔެވެ؟"

ޗުކުޗުކު ލެއްވި އެންމެންގެ އަނގަ ބަންދުވެއްޖެއެވެ. ލަދުން ހަލާކުވެއްޖެއެވެ. އަދި ބައެއް މީހުން އައިސް އޭނާގެ ކިބައިން ފައުޅުގައި މާފަށްވެސް އދުނެވެ. އެއަންހެން މީހާ ބުނި ފަދައިން ކުރިއަށް އޮތްތަނުގައި ކަންކަން ކުރަން މަސައްކަތްކުރާނެ ކަމަށްވެސް ބުންޏެވެ.

އިރުކޮޅަކުން ތަންކޮޅެއް ދުރުގައި ހުރި މޭޒެއްގައި އިން ޒުވާން އަނހެން ކުއްޖަކު ތެދުވެ އިޢުލާނުކުރިއެވެ. "އަހަރެން އަކްރަމްގެ ކިބައިން މާފަށް އެދެމެވެ. އެއީ އޭނާ އާއިމެދު ކުރެވިައި އޮތް ނުބައި ތުހުމަތަށެވެ. އަދި މިރޭ މިތަނުގައި އިޢުލާނުކުރަމެވެ. އަކްރަމްގެ ހިތުގެ އެދުން ފުއްދައިދޭނަމެވެ. އޮތީ އަވަސްކުރަން ކެރުނު ވަރެކެވެ."

އެއަންހެން ކުއްޖާއަކީ އެކުއްޖަކާއި ގުޅެން އަކްރަމް އެންމެ ބޮޑަށް ބޭނުންވެގެން ހުރި ކުއްޖާއެވެ. އެހައިތަނަށް އެކުއްޖާގެ މާބޮޑު ޙަޤީޤަތެއް އަކްރަމަކަށް ނުއެނގެއެވެ. ރައްޓެހިކަން އޮތީ ހަމައެކަނި ސޯޝަލް މީޑިއާގައެވެ. އެކުއްޖާގެ ޙަޤީޤަތް ބުނެދިނީ އަކްރަމާއިއެކު ގޮސް އިން މުސްކުޅި އަންހެނެކެވެ. އެކުއްޖާވީ ރަށުގެ ތަނަވަސް ވިޔަފާރިވެރިއެއްގެ ހުރި ހަމައެކަނި އަންހެން ދަރިފުޅަށެވެ.

އަކްރަމަށް ކުރަމުން އައި ފުރއްސާރަތައް ކުރުން ހުއްޓުނީއެވެ. އޭނާއަށް އެންމެންހެ ލޯތްބާއި ތާއީދުވެސް ލިބުނީއެވެ. އަދި ގުޅެން ބޭނުންވެގެން ހުރި އަންހެން ކުއްޖާވެސް ލިބުނީއެވެ.

މިވާހަކަ ސޯޝަލް މީޑިއާއިން ކިޔާފައި މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާ މިކުރީ މިވާހަކައާއި އަޅުގަނޑު ފަދަ މުސްކުޅިވި ދުވަހު އަލައިލާނެ ދަރިއަކުވެސް ނެތި ބާކީވެފައި ތިބި މުސްކުޅިންނާއި ވަރަށް ބޮޑަށް ގުޅުންހުރުމުންނެވެ. ދަރިންނޭވެ! މުސްކުޅިންނަށް ހެޔޮކޮށް ހިތާށެވެ! އެމީހަކަށް ﷲ ރަޙްމަތް ލައްވަވާނެކަން ޤުރްއާނާއި ޙަދީޘްފުޅުތަކުން އެނގެން އެބައޮތް ނޫން ހެއްޔެވެ؟

 

- މަރީނާ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް