އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަޅާ ދަތިކުރުމުގެ ފިޔަވަޅެއް ޤައުމުތަކަށް އަރައިގަންނަ ހުރިހާ ޤައުމުތަކަށްވެސް އަޅަންޖެހޭ!

އަޅާ ދަތިކުރުމުގެ ފިޔަވަޅެއް ޤައުމުތަކަށް އަރައިގަންނަ ހުރިހާ ޤައުމުތަކަށްވެސް އަޅަންޖެހޭ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 20 ސިކުންތު

އެއްކޮޅުން، އަފްޣާނިސްތާނުގެ 20 މިލިއަން ރައްޔިތުން ބަނޑަށް ޖެހި މަރުވާ އިރުވެސް އެޤައުމުގެ ރައްޔިތުންގެ ފައިސާ ފްރީޒް ކޮށްގެން ނުދޭން ހިފަހައްޓަނީއެވެ. އަނެއްކޮޅުން، އިންސާނިއްޔަތަށް މާ ހެޔޮ އެދޭ ބަޔަކަށް ހެދިގެން ޔޫކްރޭންގެ ރައްޔިތުންގެ ދިފާޢުގައި ރަޝިއާގެ ފައިސާތައް ފްރީޒްކުރަން އުޅޭއިރު ހީވަނީ އެހެންފަދަ ކަމެއް ވެގެން އުޅޭހެންނެވެ.

އެމެރިކާއިން އިރާޤަށް އަރައިގަތީ މާވަރުގަދަ ބަރު، ނުރައްކައުތެރި ހަތިޔާރުތަކެއް އިރާޤްގައި ހުރިކަމުގެ ބަހަނާދައްކައިފައެވެ. އެތައް އަހަރެއްވަންދެން އިރާޤުގެ ބިމުގައި އަތްފުނާއެޅިއިރުވެސް އެ ބުނާ ބަރުހަތިޔާރު ފެނިފައެއް ނުވެއެވެ. 

ހައްދުފަހަނައަޅާފައިވާ ޔަހޫދީން އެވަނީ ފަލަސްޠީނުގެ ބިންތައް ފޭރިގެންފައެވެ. އެއްވެސް ހަތިޔާރެއް ނެތް ފަލަސްޠީނުގެ ރައްޔިތުންނަށް އެގެންދަނީ ކޮންމެ ދުވަހަކު ބަރުހަތިޔާރާ ލުއި ހަތިޔާރުން ހަމަލާދީ ޝަހީދުކުރަމުންނެވެ. އެކަމަކުވެސް އެއީ އެމެރިކާގެ ރުހުމާ ތާއީދާއެކު ހިންގާ ޖަރީމާ ތަކަކަށްވާތީ ދުނިޔެ މިވަނީ ބަސްހުއްޓިފައެވެ. 

ރާއްޖެއިން ހައްދުފަހަނައަޅާފައިވާ ބައިގަނޑާ ދެކޮޅަށް ބަސްބުނެއެވެ. އެކަމަކު އިޒްރޭލުގެ އުފެއްދުންތައް އެތެރެކުރެއެވެ. ހައްދު ފަހަނައަޅާފައިވާ ޔަހޫދީންނަށް މަރުޙަބާ ކިޔައެވެ. ކޮންމެ ދުވަހަކު އެމީހުން ބޭނުންވަރަކަށް ފަލަސްޠީނުގެ ރައްޔިތުން ޝަހީދުކުރާ ބޮޑުވަޒީރަށް މަރުޙަބާ ކިޔައެވެ. 

ދުނިޔެއަށް އިންޞާފް ލިބޭނީ ހަމަހަމަ ކަމާއިއެކު އިންޞާފް ޤައިމުރެވިގެންނެވެ. ޤައުމުތަކަށް އަރައިގަންނަ ހުރިހާ ޤައުމުތަކާއިމެދު އެގޮތަކަށް ފިޔަވަޅު އަޅައިގެންނެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް