އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މޭޑޭ، ބިހާ ލަގޮނޑިޑޭ ފާހަގަކުރުމަކުން ކުރާނެ ފައިދާއެއް ނެތް! މިނިމަމް ވޭޖް ކަނޑައެޅީމާ މަދުވި ފައިސާކޮޅު އިތުރުކޮށްލައިދީ އެއް މަޤާމަކަށް ދޭ މުސާރަ ހަމަހަމަކޮށްލަދެއްވާ!

މޭޑޭ، ބިހާ ލަގޮނޑިޑޭ ފާހަގަކުރުމަކުން ކުރާނެ ފައިދާއެއް ނެތް! މިނިމަމް ވޭޖް ކަނޑައެޅީމާ މަދުވި ފައިސާކޮޅު އިތުރުކޮށްލައިދީ އެއް މަޤާމަކަށް ދޭ މުސާރަ ހަމަހަމަކޮށްލަދެއްވާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 21 ސިކުންތު

ކޮންމެ ނަމެއްގައިވެސް މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރެވިދާނެއެވެ. ނަމަވެސް ދުވަހެއް ފާހަގަކުރުމުން ބައަކަށް ފައިދާކުރާނީ އެބައަކަށް ލިބެންޖެހޭ ޙައްޤުތައް ލިބޭނަމައެވެ. ޙައްޤުތައް ދނުމަށް މަޝްވަރާކުރަމުން 100 އަހަރަށް ކުރިއަށް ގެންދިއަ ނަމަވެސް ޙައްޤުތައް ނުލިބޭނަމަ ކުރާނީ ކޮންފައިދާއެއްތޯއެވެ؟ 

މިއަހަރުގެ މޭޑޭގަ އެންމެ ބާރަށް ތާޅަފިލިތަކުން ގޮވާނީ މިނިމަމް ވޭޖެއް ކަނޑައެޅިކަމުގެ ވާހަކައެވެ. އެބުނާ ވޭޖެއް ކަނޑައެޅިއްޖެއެވެ. ސުވާލަކީ ގެއަށް ގެންދަން ލިބޭ މުސާރަ އިތުރުވިއެވެ. 

ސަރުކާރުގެ މުއައްސަސާއެއްގައި "މަސައްކަތު" ވަޒީފާގައި މަސައްކަތްކުރާ އަންހެނަކު ބުނީ ހުކުރު ދުވަހުވެސް މަސައްކަތްކުރަންޖެހޭ ކަމަށާއި ނަމަވެސް މިހާރު ޤަވާއިދު އޮންނަގޮތުން އެއީ މަސައްކަތްކުރިކަމަށް ފޮތުގައި ނުލިޔެވޭ ދުވަހެއް ކަމަށެވެ. ހޮނހިރު ދުވަހަކީ ކިތަންމެ ގިނަ އިރަކު މަސައްކަތްކުރި ނަމަވެސް ފޮތުގައި ލިޔެވޭނެ އަދަދު ކަނޑައެޅިފައި އޮންނަ ދުވަހެއް ކަމަށެވެ. މިނިމަމް ވޭޖް ކަނޑައެޅިފަހުން ގެއަށް ގެންދަން ލިބޭ ރުފިޔާއިން ބޮޑު އިންސައްތައެއް މަދުވެއްޖެ ކަމަށެވެ. 

"މިނިމަމް ވޭޖް ކަނޑައެޅުމުން ލިބުނީ ބޮޑު ގެއްލުމެއް. ގެއަށް ގެންދަން ލިބޭ ރުފިޔާކޮޅުވީ މަދު. އިތުރުވީ މުސާރައިގެ ގޮތުގަ ފޮތުގަ ލިޔާ އަދަދު!" 

ދެވަނަކަމަކަށް ބަލައިލަންވީ ފިނޭންސް މިނިސްޓްރީން ބަޖެޓުކޮށްގެން އެމްއެމްއޭއިން ފައިސާ ހޯދައިގެން މުސާރަދޭ މަޤާމުތަކަށެވެ. މިސާލަކަށް މަޤާމަކީ ސެކެޓްރީ ކަމެވެ. ވަކިއިދާރާއެއްގަ މަސައްކަތްކުރީމާ 8000، އަނެއް އިދާރާއެއްގަ މަސައްކަތްކުރީމާ 10000، އަނެއް އިދާރާއެއްގެ މަސައްކަތްކުރީމާ 12000، އަނެއް އިދާރާއެއްގެ މަސައްކަތްކުރީމާ 16000، ފަދަ ގޮތްގޮތަށް ހަމަ ރައްޔިތުންގެ ފައިސާއިން އެބަ މުސާރަ ދެއެވެ. އަދި މުސާރަ ބޮޑުކުރަން ބޭނުންވީމާ އެއްމަސައްކަތެއް ކުރިނަމަވެސް މަޤާމަށް ކިޔާނަން ޓްރެކްޓަރު ޑިރެކްޓަރު ފަދަ ނަމަކަށް ބަދަލުކޮށްލާފައި 5 ގުނަވެސް މުސާރައެބަ ބޮޑުކުރެއެވެ. 

ދެން ބުނާނީ މިނިވަން މުއައްސަސާތަކުގެ މުސާރަ ބޮޑުކުރަނީ ކޮރަޕްޝަން ހުއްޓުވަން ކަމަށެވެ. ނަމަވެސް އެއީ ދައްކާ އެންމެ ދެކޮޅު ނުޖެހޭ ވާހަކަކަން މިއަދު ވަނީ ސާބިތުވެފައެވެ. މުސާރަ އާއި އިނާޔަތް ބޮޑުވެގެން ހިތްފުރިގެން މަޑުން ތިބޭނެ ނަމަ މަޖިލިސް މެންބަރުން ތިބޭނެ ނޫންތޯއެވެ؟

މައްސަލަ ބަލާނަމަ، ކަމެއް ހުއްޓުވަން އުޅޭނަމަ އޭސީސީ އުވާލާގޮތަށް ކުރިއަށް ގެންދިއުން ސަބަބަކަށް ފުދެއެވެ. އެޗްޑީސީން ވިއްކާލި މަޝްހޫރު ކޮންކްރީޓް ދަނގަނޑުގެ ވިޔަފާރީގެ ތެރޭގައި ވެސް އެންމެ އިސްކޮށް މެންބަރަކު އުޅުނު ކަމުގެ އަޑުތައް ފެތުރުނެވެ. ކުރީގެ ބައެއް މެންބަރުންގެ މައްސަލަތައް މިހާރުވެސް ބަލަމުންދާ ކަމުގެ ވާހަކަތައްވެސް އަޑުއިވެއެވެ. ވީމާ އެނގި ޔަޤީން މިވަނީ ރާއްޖޭގައި ދޭ މުސާރަ އާއި އިނާޔަތްބޮޑުވުމަކީ ކޮރަޕްޝަންގެ އަމަލުތައްކުރުން އިތުރުވާ ކަމެއްކަމެވެ. 

މަސައްކަތްތެރިންގެ ދުވަހެއް ފާހަގަކުރާނަމަ މުވައްޒިފުން ކުރާ މަސައްކަތަށް ހަމަހަމަ މުސާރައެއް ސިވިލް ސަރވިސްއިން ދިނުމާއި މިނިމަމް ވޭޖްކަނޑައަޅައި މުސާރަބޮޑުކުރީމާ ގެއަށް ގެންދަން ލިބޭ ފައިސާގެ އަދަދު އިތުރުވުން ފަދަ ކަންކަމުގެ ވާހަކަ އެބަ ދައްކަން ޖެހޭނޫންތޯއެވެ؟

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް