އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

2 ކިޑްނީ ފޭލްވެފައިވާ އޭނާގެ ލޯބިވާ އަނބިމީހާއަށް ފިރިމީހާ ކިޑްނީ ހަދިޔާކޮށްފި! މިހާރު ބޭނުންވަނީ ތިއަބޭފުޅުންގެ ދީލަތިއެހީތެރިކަން!

2 ކިޑްނީ ފޭލްވެފައިވާ އޭނާގެ ލޯބިވާ އަނބިމީހާއަށް ފިރިމީހާ ކިޑްނީ ހަދިޔާކޮށްފި! މިހާރު ބޭނުންވަނީ ތިއަބޭފުޅުންގެ ދީލަތިއެހީތެރިކަން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 57 ސިކުންތު

2 ކިޑްނީ ފެއިލްވެ ފުރާނައާއި ހަނގުރާމަކުރަމުން އައި ހަލީމާ ހުސައިން (ފިލްޓަރުގެ ޅ.ހިންނަވަރު) އަށް އެންމެ ފަހުން ލައްވަން މެދުވެރިވީ އޭނާގެ ފިރިމީހާގެ ކިޑްނީއެވެ. ދަރިންގެ ކިޑްނީ ލެއްވޭ ގޮތް މެދުވެރިނުވީއެވެ. 

ފިރިމީހާ ބުނަނީ އުމުރު ދުވަހު އެކުގައި އުޅެމުން މިކުރާ ދަތުރު ނިންމާލަންބޭނުންވަނީ ﷲ ވާގިފުޅާއަކު ސުވަރުގެއަށް ކަމަށެވެ. އެހެންކަމުން އަނބިމީހާއަށްޓަކައި ނުދޭނެ ގުނަވަނެއް ނުބާއްވާނެ ކަމަށެވެ. 

އަންގާރަ ދުވަހު ކުރި ކިޑްނީ ބަދަލުކުރުމުގެ އޮޕަރޭޝަން ﷲ އިރާދަފުޅުން އަދި ފެންނަނީ ކާމިޔާބުކަމުގައެވެ. ޑޮކްޓަރުން ބުނަނީ އެއްވެސް މައްސަލަ އެއް ނެތް ކަމަށެވެ.

މިކަމުގެ ތެރޭގައި ގިނަ ދުވަސްތަކެއް ވަންދެން އިންޑިއާގައި ތިބެން ޖެހުމުންނާއި ކިޑްނީ ދިމާނުވުގެން އެތައް ދަތުރުތަކެއް ކުރަންޖެހުމުން ޢާއިލާއަށްވަނީ ވަރަށް ބޮޑަށް ފައިސާގެ ދަތިކަން ކުރިމަތިވެފައެވެ. އާސަންދައިން ބަލިމީހާއަށް ބޭސް ލިބުނު ނަމަވެސް އޮޕަޜޭޝަނަށްފަހު ގިނަދުވަހު އިންޑިއާގަ ތިބެންޖެހޭތީ، ތިބުމާއި ކެއުމާއި ދަތުރުތަކަކީ އަމިއްލައަށް ކުރަންޖެހޭ ޚަރަދުތައް ކަމަށްވުމުން ދެމަފިރިންނަށް ރަޙުމް ކުރައްވައި އެބޭފުޅަކަށް ފޯރުކޮށްދެއްވެން އޮތް އެހީތެރިކަމެއް ފޯރުކޮށްދެއްވުމަށް ދެމަފިރިންގެ ފަރާތުން އެދެއެވެ.

އެހީތެރިވެދެއްވަން: 

7704278069101

Adam Ibrahim Koi (MVR)

7730000416214

Adam Ibrahim Koi (USD) 

އިތުރު މައުލޫމާތު ހޯއްދަވަން ގުޅުއްވާނީ: 

Viber/whatsapp contact: +9607515634 

Mubeena (dhanbi dhari)

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް