އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މުރުތައްދުވެފައިވާ މީހުންނަށް ނަޞޭޙަތް ދޭން އިސްލާމިކް މިނިސްޓްރީ ނުކުޅެދިފައި ވަނިކޮށް އެމީހުންނަށް ފިޔަވަޅު އެޅުމަށް ޝައިޚް ޢަލީ ޒައިދު ގޮވާލައްވައިފި

މުރުތައްދުވެފައިވާ މީހުންނަށް ނަޞޭޙަތް ދޭން އިސްލާމިކް މިނިސްޓްރީ ނުކުޅެދިފައި ވަނިކޮށް އެމީހުންނަށް ފިޔަވަޅު އެޅުމަށް ޝައިޚް ޢަލީ ޒައިދު ގޮވާލައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 20 ސިކުންތު

މުރުތައްދުވެފައިވާ މީހުންނަށް ނަޞޭޙަތް ދޭން އިސްލާމިކް މިނިސްޓްރީ ނުކުޅެދިފައި ވަނިކޮށް އެމީހުންނަށް ފިޔަވަޅު އެޅުމަށް ޝައިޚް ޢަލީ ޒައިދު ގޮވާލައްވައިފިއެވެ. މިއަދުނޫހަށް މައުލޫމާތު ދިން ބައެއް ޢާއިލާތަކުން ބުނެފައިވަނީ ދަރިން އިސްލާމް ދީން ދޫކޮށްފައިވާތީ ނަޞޭހަތް ދިނުމަސް އިސްލާމިކް މިނިސްޓްރީގައި އެދިފައިވާނެ ކަމަށާއި ނަމަވެސް އެއްވެސް އެހީތެރިކަމެއް ނުލިބޭ ކަމަށެވެ.

މިކަމާއި ގުޅިގެން މިއަދުނޫހުން ކުރި މަސައްކަތުން އެނގުނީ އެމީހުން ހާޒިރުކޮށްދިނުމަށް ފުލުހުންގެ ކިބައިން އެދުމުން އެކަމަށް ކޯޓު އަމުރެއް ބޭނުންވާ ކަމަށް ބުނެފައިވާ ކަމަށާއި ކޯޓު އަމުރެއް ހޯދާނެ ގޮތަކަށް މަޝްވަރާ ކުރަމުން ގެންދާތާ އެތައް މަހެއް ފާއިތުވެއްޖެ ކަމެވެ. މިކަމާއި ގުޅިގެން ފުލުހުންގެ ބަހެއް ހޯދަން ސުވާލުކުރުމުން ވަނީ ޖަވާބުލިބޭނެ ގޮތެއް ނުވެފައެވެ.

އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލަށް އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހު ފޮނުވި ސުވާލުތަކަށް އަދިވެސް ޖަވާބު ލިބިފައެއް ނުވެއެވެ. ރިޔާސީ އިންތިޚާބުގެ ކެންޕޭނުގައި ބުނަމުން އައީ ރައީސް ޔާމީނުގެ ވެރިކަން ބަދަލުވެއްޖެނަމަ ގާދޫކޮލުން އިސްލާމް ދީން ފުރައިގެންދާނެ ކަމަށެވެ. ރައީސް ޔާމީނު ބޭއްވެވި ބޮޑު ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ ބްރިޖް އަޅުއްވައި މިހާރު ވާނީ އިސްލާމް ދީން ގާދޫކޮލުން ބޭރުވިއަ ނުދީ ހިފަހައްޓަވާފައި ކަމަށެވެ.

ޝައިޚް ޢަލީ ޒައިދު މިއަދު ވިދާޅުވީ މުރުތައްދުވެފައިވާ މީހުން ހައްޔަރުކޮށް އެމީހުންނަށް ވިސްނައިދެވޭތޯ ބެލުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލައްވާ ކަމަށެވެ. ހިތަށް އެރިހާ އެއްޗެއް އިސްލާމް ދީނަށް ގޮވާފައިވާ މީހުންނަށް އެއްވެސް ފިޔަވަޅެއް ނުއެޅި ތިބެވިގެން ނުވާނެ ކމަށާއި މިއީ އިސްލާމީ ޤައުމެއް ކަމަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް