އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢުމުރުން 7 އަހަރުގެ ހުޒައިލުގެ ފުރާނަ ސަލާމަތްކުރެވޭތޯ ކުރާ މަސައްކަތްތަކަށް ތިއަބޭފުޅުންގެ ދީލަތި އެހީތެރިކަމަށް އެދި ކުރާ އާދޭސް-

ޢުމުރުން 7 އަހަރުގެ ހުޒައިލުގެ ފުރާނަ ސަލާމަތްކުރެވޭތޯ ކުރާ މަސައްކަތްތަކަށް ތިއަބޭފުޅުންގެ ދީލަތި އެހީތެރިކަމަށް އެދި ކުރާ އާދޭސް-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 15 ސިކުންތު

އުމުރުން އެންމެ 7 އަހަރުގެ މިކުޑަކުޑަ ފިރިހެން ކުއްޖާ އުފުލަމުންދަނީ ވަރަށް ބޮޑު ވޭނެކެވެ. ވޭތުވެދިޔަ  ތިންއަހަރު ދުވަހު މިކުއްޖާ އުފުލަމުން އަންނަ ވޭނަށް މިހާ ހިސާބަށް އައިއިރު ޝިފާއެއް ނުލިބެއެވެ. މިއީ ތިންކުދިންގެ ޒުވާން މަންމައެއްގެ ދެލޮލުގެ އަލިކަންފަދަ، އެމަންމަގެ އަލަތު ފިރިހެން ދަރިފުޅެވެ.

‎ގދ.ކަނޑުހުޅުދޫ ކަށިކެޔޮމާގޭ ވަފާ އަބްދުﷲ އާއި ގދ.ފަރެސްމާތޮޑާ/ކޯނާ ހޫދު އަބްދުލްޣަފޫރު މިހާރު އުޅެމުން އަންނަނީ އެކުގައި ކަމަށްނުވިޔަސް އެދެމީހުންނަށް ލިބުނު ދަރިފުޅު ހުޒައިލްބިން ހޫދު އަބްދުލްޣަފޫރުގެ ގައިގައި އަޅަމުން އަންނަ ވޭން ދެމީހުންގެ ގައިގައިވެސް އަޅައެވެ.

‎މިދަރިފުޅުގެ އުމުރުން އެންމެ ހަތަރު އަހަރުގައި އެއްދުވަހަކު، ކުޅެން ހުރެފައި ހަމަ ކުއްލިއަކަށް ވެއްޓުނީއެވެ. އޭރު ވަފާ އިނީ ހަގު ދަރިފުޅު ނިންދެވުމަށް ގޭތެރޭގައެވެ. ބޭރުގައި، ކުޅެން ހުރި ހުޒެއިލްގެ ނަމުން މާބާރަށް ގޭގެ އެހެން ބަޔަކު ބިރުގަންނަ ފާޑެއްގެ، ތަފާތު އަޑަކުން ގޮވި އަޑު އިވެން ފެށުމުން ވަފާ ބޭރަށް ނުކުތްއިރު، ބޮޑުދައިތައަކު ދަރިފުޅު ގޮވައިގެން ހޮސްޕިޓަލަށް ދާން ނުކުމެއްޖެއެވެ. ވެއްޓުނީ ކިހިނެއްވެގެންކަމެއް ހޮސްޕިޓަލަށް ދިޔައިރުވެސް ވަފާއަކަށް ނޭނގެއެވެ.

އެންމެ ފުރަތަމަ ވެގެން އުޅޭ ގޮތެއް ޑޮކްޓަރުންނަކަށް ވެސް ނޭނގެއެވެ. ނާރުގެ ޑޮކްޓަރަކަށް ދެއްކުމުން އެމްއާރްއައިއެއް ހެއްދުމަށްފަހު ޑޮކްޓަރު ދިން ހަބަރަކީ ވަފާއަށް މިހާތަނަށް ލިބުނު އެންމެ ހިތާމަވެރި، ސިހުން ކުރުވި ހަބަރެވެ. ދަރިފުޅަށް ޖެހެނީ ފިޓުކަމާއި ސިކުނޑީގައި ހުރި ލޯވަޅެއްގެ ސަބަބުން އަދި ބައެއް ނާރުތައް އެއްތަނަކަށް ބޮލުގެ ފަހަތަށް ޖަމާވެފައި ހުރުމުން ވާ ކަމެއްކަމަށް ޑޮކްޓަރު ބުންޏެވެ. އޭގެ ފަހުން ވޭތުވެދިޔަ ތިންއަހަރު ދުވަސް ހޭދަވެގެން ދިޔައީ އެކި ގޮތްގޮތަށް ހުޒެއިލަށް ފަރުވާ ދިނުމުގައެވެ. ކޮންމެ ފަހަރަކުވެސް އާއުއްމީދަކާއެކު އާބޭހަކާ ހަމައަށް ދިޔަކަމުގައި ވިޔަސް އެއްވެސް ބަދަލެއް ނައިސް ފިޓު ޖެހުން ދިޔައީ ދޭތެރެ ގާތްވަމުން، އިތުރުވަމުންނެވެ.ހިޒައިލް އައް ދެމުން އަންނަ އެއްވެސް ބޭހަކުން ހުޒެއިލުގެ ފިޓުޖެހުމަކަށްލުޔެއް ނުލިބެއެވެ. އެތައް އެތައް ގޮތަކުން ދަރިފުޅުގެ މިބައްޔަށް ފަރުވާއެއް ލިބޭނެ ގޮތަކާމެދު ވަފާ ދިޔައީ މެދުކެނޑުމެއް ނެތި ދުއާކުރަމުން، އެކި ޑޮކްޓަރުންނާ މަޝްވަރާ ކުރަމުންނެވެ. އެންމެ ފަހުން ދާދި އިހަކަށް ދުވަހު ކަހަލަ ގޮތަކަށް ޑޮކްޓަރުން ލަފާދިނީ ރާއްޖެއިން މި ކަމަށް ދެވޭނެ ފަރުވާއެއް ނެތްކަމަށާއި ރާއްޖެއިން ބޭރުން ސާޖަރީ ހެދުމަކީ އޮތް ހަމައެކަނި ހައްލުކަމުގައެވެ. ނަމަވެސް އޮޕަރޭޝަން ކުރަން ދިޔުމުން ވެސް އޮޕަރޭޝަން ނުކުރެވުނީ ހުޒައިލް ފިޓް ޖެހެމުން އަންނަނީ ސިނކުޑީގެ އެކި ދިމާލުން ކަމަން ވުމުން. 

އިންޑިއާގެ އަމްރިތާ ހޮސްޕިޓަލްގައި ހުޒެއިލްގެ އީއީޖީ އިތުރު ޓެސްޓެއް 2021 ވަނަ އަހަރު ހެދުނެވެ. އެ ޓެސްޓް ހެދީ 8 ގަޑިއިރު ނިންދަވައިގެންނެވެ. އެ ޓެސްޓް ހެދި ގަޑީގައި އެކަނި ހުޒެއިލް އަށް ވަނީ 11 ފަހަރު ފިޓް ޖެހިފައި ކަމަށް ޑޮކްޓަރު ވަނީ ބުނެފައެވެ.  

މިއަހަރު ގެ ޖުލައި މަހުގެ ތެރޭގައި ވެސް އިންޑިއާގެ އަމްރިތާ ހޮސްޕިޓަލްގައި 24 ގަޑިއިރު ނިންދަވައިގެން ހެދި އީއީޖީ އިން ވެސް ފާހަގަ ވެފައިވަނީ ފިޓްޖެހުނު ކަމަށެވެ. އެފަހަރު ފިޓްޖެހުނު އަދަދެއްވެސް ނޭނގޭ ކަމަށް ޑޮކްޓަރާއި ހަވާލާދީ ހުޒެއިލްގެ މަންމަ ވަނީ ބުނެފައެވެ.

ޓްޖެހުން ކޮންޓްރޯލް ކުރުމަށް ދީފައިވާ ބޭހުން އެންމެ އެދެވޭ އަސަރު ނުކުރާ ކަމަށް ހުޒެއިލްގެ މަންމަ ބުނެފައިވެއެވެ. އަދި އެއްފަހަރު ބޭނުން ކުރި ބޭހެއްގެ ސަބަބުން ތުއްތު ހުޒެއިލް ހައިޕަރ ޓެންޝަނަށް ދިޔަ ކަމަށް ވެސް އޭނާގެ މަންމަ ވަނީ ބުނެފައެވެ.

ހުޒެއިލް އަށް ރަނގަޅަކަށް ނުނިދެއެވެ. ފިޓް ޖެހުމުގެ ސަބަބުން ހުޒެއިލްގެ މިޒާޖަށް ބަދަލު އައިސް ދިރިއުޅުމަށް އެކަމުގެ އަސަރު ވަރަށް ބޮޑަށް ކުރާ ކަމަށް މަންމަ ބުނެފައިވެއެވެ. އެގޮތުން ނިދަން އުނދަގޫ ވުމާއި ސިއްސައިގެން ގޮސް ހޭލެވުމާއި ރުޅިގަދަވުމުގެ އިތުރުން ސިޔާސަ ވުމަކީ ހުޒެއިލްގެ ބަލީގެ އަލާމާތްތައް ކަމަށް މަންމަ ކިޔައިދީފައިވެއެވެ.

‎"ވެއްޓިފަ، ދޫވެސް ކަޑައިގެން ގޮސް އަނގައިން ފޮނުއަރާފަ ހުންނާނީ، ވަރަށް ފަހުން އެނގުނީ އަރިއަކަށް ވަކި ގޮތަކަށް ކަން ބާއްވަން ޖެހެނީވެސް، ދަރިފުޅު ހިނިތުންވެފައި ހުއްޓަސް، ކިތަންމެ މަޖާ، އުފާވެރި ކަމެއްގައި ހުރެފަވެސް ހަމަކުއްލިއަކަށް ފިޓު ޖެހިދާނެ. ވިދިވިދިގެން ދިހަބާރަ ފަހަރުވެސް ޖެހިދާނެ. އެއީ ވަރަށް ހިތަށް އަސަރު ކުރާ މަންޒަރެއް. ކުރި އެއްވެސް ބޭހަކުން އެއްވެސް އަސަރެއް ނުކުރޭ. މި ފަހަކަށް އައިސް ހުޒައިލް ބޮލުގެ ކަނާތުފަރާތުން ތަންކޮޅެއް އިންނަނީ ދުޅަވެފަ. ޑރ ދެއްކުމުން ބުނީ ހުޒައިލް ފިޓް ޖެހޭ ވަގުތު ނާރެއް ދުޅަވާތީ ވާ ގޮތެއް ކަމަށް. ފަރުވާ އަވަސް ކުރުމަށް.  ހުޒެއިލުގެ ފިޓުޖެހުމުގެ މިމައްސަލައަކީ ސިކުނޑިއާ ގުޅުން ހުރި ކަމެއްކަމަށްވާތީ ވީހާވެސް އަވަހަށް ފަރުވާ ލިބުމަކީ ހުޒެއިލުގެ ފުރާނައަށް އޮތް އެންމެ ރައްކާތެރި ގޮތެވެ.

‎ދިރިއުޅުމުގެ ހަރަދުތަކާއި ތިން ކުދިންގެ ކަންތައް ކުރަނީ ފިރިމީހާއަށް އެކަނި ލިބޭ އާމްދަނީންކަމަށް ވެފައި، ހުޒެއިލުގެ އުފަން ބައްޕަގެ ގައިގަވެސް އެފަދަ ތަނަވަސްކަމެއް ނެތުމުން ވަގުތުން ވަގުތަށް ފުރައިގެން، ދަރިފުޅަށް ބޭސްފަރުވާކުރުމަށް ރާއްޖެއިން ބޭރަށް ދިއުމުގައި ވަފާ ވަނީ ނުކުޅެދިފައެވެ. އާއިލާގައި އެފުދުންތެރިކަން ނެތުމުން ވަފާވަނީ މިއަދު ދީލަތި އެހީތެރިކަމަށް ބޭނުންވެފައެވެ.

ހުޒައިލްގެ ފަރުވާއަށް މީގެކުރިންވެސް އެކި ފަރާތްތަކުން ވެދެއްވާފައިވާ ދީލަތި އެހީތެރިކަމަށް ޢާއިލާއިން ނިހާޔަތަށް ޝުކުރު އަދާކުރަމުއެވެ. 

MVR Acc 7730000221369 ވަފާ އަބްދުﷲ(ދަރިފުޅުގެ މަންމަ)

DOLLAR Acc ފާތިމަތު ވަހީދާ(ދަރިފުޅުގެ މަންމަފަރާތު 7730000127953)

‎އިތުރު މައުލޫމާތު ހޯއްދެވުމަށް ގުޅޭނެ ނަންބަރު 7669254، ވަފާ އަބްދުﷲ، ހުޒެއިލުގެ މަންމަ

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް