އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދެބާވަތުގެ އަނބިންގެ ތަފާތު: އޭނާގެ ފިރިމިހާ ކިތަންމެ ފަޤީރުވެފަ ނިކަމެތި ނަމަވެސް ހެޔޮލަފާ އަންތބަކަށް ޤަބޫލުކުރެވޭނީ ފިރިމީހާއަކީ މުއްސަނދި ރަސްކަލެއްކަމަށް!

ދެބާވަތުގެ އަނބިންގެ ތަފާތު: އޭނާގެ ފިރިމިހާ ކިތަންމެ ފަޤީރުވެފަ ނިކަމެތި ނަމަވެސް ހެޔޮލަފާ އަންތބަކަށް ޤަބޫލުކުރެވޭނީ ފިރިމީހާއަކީ މުއްސަނދި ރަސްކަލެއްކަމަށް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 11 ސިކުންތު

" ހެޔޮލަފާ އަންތބަކަށް އޭނާގެ ފިރިމިހާއަކީ ފަޤީރެއް ނަމަވެސް އޭނާއަކީ ރަސްކަލެއްކަމަށް އިޙްޞާޞް ކުރުވިދާނެއެވެ!" މިއީ ވަރަށް ހެޔޮލަފާ ބަހެކެވެ. ވަރަށް ތެދު ޙަޤީޤަތެކެވެ.

އިބާރާތުގައި އެބުނާ ފަދައިން ހެޔޮލަފާ އަނބިންނަކީ މިކަމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރެވިދާނެ ބައެކެވެ. ފިރިމީހާގެ މާލީ ޙާލަތު ޤަބޫލުކޮށް އެކަމަށް ޝުކުރުވެރިވެގެން ދިރިއުޅެން މަސައްކަތްކުރާނަމަ ފިރިމީހާއަށް އޭނާގެ ފަޤީރުކަން އިޙްޞާޞް ވެސް ނުކުރެވޭނެއެވެ. އޭނާއަށް އިޙްޞާޞް ކުރެވޭނީ ހަމަ ރަސްކަލެއް ފަދައިން އޭނާއަކީވެސް ތަނަވަސް މީހެއް ކަމަށެވެ.

އެއާއި ޚިލާފަށް އަނބިމީހާއަކީ އަބަދުވެސް ފިރިމީހާއަށް ލިބޭމިންވަރު މަދުވެގެން ޝަކުވާކުރާ މީހަކަށް ވެއްޖެނަމަ އެކަމުގެ ސަބަބުން ފިރިމީހާ އަބަދުވެސް ހުންނާނީ މޮޔަވާވަރުވެފައެވެ. ގޮތް ހުސްވެ ހަތަރު އުދަރެސް ފެނުޖެހިފައެވެ. އަބަދުވެސް ހުންނަން ޖެހޭނީ ވަރަށް ބޮޑު ކަންބޮޑުވުމެއްގައެވެ.

މިކަމުގައި އިތުރު ވިސްނުމަކުންވެސް ވިސްނައިލަން ޖެހެއެވެ. ލިބޭ މިންވަރު މަދުވެގެން ޝަކުވާ ކުރުމާއި ލިބޭ މިންވަރުން ޢާއިލާއަށް ކުރާ ޚަރަދު ކުޑަވެގެން ޝަކުވާ ކުރުމަކީ މުޅިން ތަފާތު ދެކަމެކެވެ. ފިރިމީހާއަށް ލިބޭ އާމްދަނީން ޢާއިލާއަށް ޚަރަދު ނުކުރާނަމަ އެކަމުގެ ޝަކުވާ ކުރުމަކީ އަނބިމީހާއަށް ލިބިގެންވާ ޙައްޤަކަށްވާތީއެވެ.

އެހެނީ ފިރިމީހާގެ އަތްމައްޗަށް ﷲ ތަޢާލާ ދެއްވަވާ ތަނަވަސްކަމުގައި ނުވަތަ ފިރިމީހާއަށް ލިބޭ އާމްދަނީގައި ޢާއިލާގެ ހިއްޞާ ހިމެނިގެންވެއެވެ. އެ ހިއްޞާ ފުރިހަމައަށް އަދާ ކުރުމަކީ ކޮންމެހެން އަދާކުރަން ޖެހޭނެ ވާޖިބެއް ކަމަށް ދީނީ ޢިލްމުވެރިން ބަޔާން ކުރައްވަވައެވެ.

ތަޤްވާވެރިކަން އިތުރުކުރާށެވެ! ތަނަވަސްކަން ދެއްވެވުން އެދި ދެމަފިރިން އެކުގައި ދުޢާކުރާށެވެ! އެފަދަ ދެމަފިރިންނަށް ﷲ ތަޢާލާ ނިޢްމަތްތައް އިތުރުކުރައްވަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ

ކޮންމެ ފިރިއަކީ މުއްސަންޖެއް ނޫނެވެ. ދުނިޔޭގައި ގިނައީ ފަޤީރުންނެވެ. ވީމާ ފިރިންގެ ތެރޭގައިވެސް ގިނަވާނީ ފަޤީރުންނެވެ. އެކަން ހެޔޮހިތުން ޤަބޫލުކުރަންޖެހޭނެއެވެ. އެކަން ޤަބޫލުނުކުރެވޭ، ތިމާގެ ފިރިމީހާއަކީ މުއްސަންޖެއް ކަމުގައިވުމަށް ބޭނުންވާ އަންހެނުންނަށް އޮތީ ފަޤީރު ފިރިހެނުންނާއި ކައިވެނި ނުކުރުމެވެ.

ފަޤީރު ފިރިހެނަކާއި ކައިވެނިކުރަންވާނީ އޭނާގެ ފަޤީރުކަން ޤަބޫލުކުރާ ޙާލުގައެވެ. ވީމާ ކައިވެނިކުރުމަށްފަހު ފިރިމީހާގެ ނެތް ތަނަވަސްކަމަށް ނޭދޭށެވެ! ފައިސާ އިތުރަށް ބޭނުންވެގެން ފިރިމީހާގެ ބޯ ގޮއްވަން ނުހަދާށެވެ! ފިރިމީހާ ދަރަނިވެރިކުރުވުން ފަދަ ކަންކަން އެއްގޮތަކަށްވެސް ނުކުރާށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

ފިރިހެނުންވެސް ސަމާލުކަންދޭންޖެހޭނެ ކަމެއްވެއެވެ. އެއީ ތިމާގެ ކިބައިގައި ނެތް ތަނަވަސްކަން ހުރިކަމަށް ނުދައްކާށެވެ! ކައިވެނިކުރަންވާނީ ޙާލަތު ރަނގަޅަށް ކިޔައިދީފައެވެ. ޚަރަދުކުރެޭނެ މިންވަރާއި ކޮށްދެވޭނެ ކަންކަންވެސް ކިޔައިދީފައެވެ. ޙާލަތު އޮޅުވާލައިގެން ކައިވެނިކޮށްފިނަމަ ކުރިމަތިވާ ކަންކަމުގެ ޒިންމާ އުފުލަންޖެހޭނީ އެމީހެކެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް