އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަޅުގަނޑުގެ ލޮލަށް ފެނުން ލިބޭތޯ މިކުރާ މަސައްކަތަށް އަދިވެސް ތިއަބޭފުޅުންގެ ދީލަތި އެހީތެރިކަމަށް އެދިއާދޭސްދަންނަވަން!

އަޅުގަނޑުގެ ލޮލަށް ފެނުން ލިބޭތޯ މިކުރާ މަސައްކަތަށް އަދިވެސް ތިއަބޭފުޅުންގެ ދީލަތި އެހީތެރިކަމަށް އެދިއާދޭސްދަންނަވަން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 36 ސިކުންތު

ތިއަބޭފުޅުންނަށް ދަންނަވާ އާދޭހުގެ މިލިޔުމުގެ ތިރީގައިވާ ލިޔުން ވިދާޅުވެލަދެއްވުން އެދެވެ. އެއިރުން އަޅުގަނޑުގެ ޙާލަތު އެނގިވަޑައިގަންނަޥާނެއެވެ. ފަރުވާއަށް އިންޑިއާއަށް އައިސް ދެމަސްވަމުންދަނީއެވެ. އަދިވެސް ނިމޭނެ ދުވަހެއް ނުއެނގެއެވެ. ބޭސްފަރުވާއަށް އާސަންދަލިބެއެވެ. އެހެން އެއްވެސް ކަމަކަށް އެހީތެރިކަމެއް ނުލިބެއެވެ. 

ތިއަބޭފުޅުންގެ ދީލަތި އެހީތެރިކަމާއިއެކު ގެންނަން ލިބުނު ލާރިކޮޅު ހުސްވެއްޖެއެވެ. މިތިބީ ވަރަށް ނިކަމެތި ޙާލުގައެވެ. ހޮޓަލަށާއި ކެއިން ބުއިމަށާއި އެހެނިހެން ޚަރަދުތަކަށް ތިއަބޭފުޅުންގެ ދީލަތި އެހީތެރިކަމަށް އެދި އާދޭސްމިކުރަނީ އެހެން ގޮތެއް ނެތުމުންނެވެ. މާތް ﷲ ތިއަބޭފުޅުންނަށް އިތުރު ތަނަވަސް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ 

އަޅުގަނޑުގެ ލޮލަށް ފެނުން ލިބޭތޯ ތިއަބޭފުޅުންގެ ދީލަތި އެހީތެރިކަމަށް އެދިއާދޭސްކުރަން! 

އަޅުގަނޑު އައިޝަތު މަނިކުފާނު އަކީ 2015 ވަނަ އަހަރުން ފެށިގެން ލޮލުގެ ފެނުން ގެއްލިފައިވާ އަނހެނަކީމެވެ. 

މީގޭ ސަބަބުން ދިރިއުޅުމަށް ވަނީ ތަފާތު ބަދަލުތައް އައިސްފައެވެ. 

އަޅުގަނޑަށް އައި ބަދަލުތަކުގެ ތެރެއިން އަޅުގަނޑަށް ކުރިއަށް ވުރެން ލޮލުގެ ފެނުން އަންދިރީ ކަމަށާއީ ލޮލުގޭ ފުސްކަމެއް އިންނަ ކަމަށް ފާހަގަވިއެވެ. އަދި އެއިރު އިންޑިއާ އަށް ގޮއްސާ ޑޮކްޓަރ ދެއްކި ކަމުގައިވިޔަސް އެކަމުން ލުއެހް ނޫލިބެއެވެ. އެއްލޯ ސަކަރާތް  ވެގެން ގޮސް ފަހން ދެލޯވެސް ސަކަރާތްވީއެވެ. އަދި 2020 ވަނަ އަހަރު އުންމީދު ކޮށްގެން އައިޖީއެމްއެޗުން ލޮލުގެ އޮޕަރޭޝަނެއް އަޅުގަނޑު ކުރީމެވެ. 

ނަމާވެސް އެއްވެސް ގޮތަކަށް ރަނގަޅުނުވިއިރު ލޮލުގެ ލެންސް ވެސް ލައްވާފައިވަނީ ވަނީ ނުބައިކޮށް ކަމަށް ޑޮކްޓަރ ވަނީ ބުނެފައެވެ. 

މިދިއަ މަހު އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް ގެ ލޮލުގެ ޑޮކްޓަރު ދެއްކުމުން ވަނީ ލޯ އޮޕަރޭޝަން ކުރުމަށް އިންޑިއާ އަށް ދިއުމަށް އާސަންދަ ދީފައެވެ. ނަމަވެސް އާސަންދަ އޮފީހުން ހަމަޖައްސައި ނުދީ ބުނީ އަލުން މާލެއައިސް ހަމަ އެއައިޖީއެމްއެޗަށް ދެއްކުމަށެވެ. 

އައިޖީއެމްއެޗުން  އަޅުގަނޑުގެ ލޯ އޮޕަރޭޝަން ކޮއްގެން އެއްވެސް ގޮތަކަށް ރަންގަޅު ނުވެ ގެއްލުންތަކެއް ލިބިފައިވާތީ އަލުން އައިޖީއެމްއެޗަށް ދެއްކުމަކީ އަޅުގަނޑަށް ރުހެވޭނެ ކަމެއް ނޫނެވެ. 

އެހެންވެ މަސައްކަތްކުރަމުން މިއަންނަނީ މިމަސްތެރޭގައި ލޯ އޮޕަރޭޝަން ކުރުމަށް އިންޑިއާ އަށް ދެވޭތޯއެވެ. 

އަޅުގަނޑުގެ ބޭސްފަރުވާއަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމާކީ މާލީ ދަތިކަމެވެ.  އެންސްޕާއިން ދޭ ނުކުޅެދޭ މީހުންނަށްދޭ ފާއިސާ ކޮޅު އެއްކޮއްގެން ޓިކެޓް ނެގުނަސް

އަޅުގަނޑުގެ އޮޕަރޭޝަނަށާއި ތިބުމަށާއި އެހެން ކަމަށް ވަރަށް ބޮޑެތި ޚަރަދުތަކެއް ކުރަންޖެހޭނެތީއެވެ. 

އަޑުގަނޑަކީ ނިކަމެތި އަނހެނަކީމެވެ. މިލިޔުން ތިއަބޭފުޅުންނަށް ހުށަހެޅުމުގެ ބޭނުމަކީ ތިއަބޭފުޅުންގެ ދީލަތި އެހީތެރިކަމަށް އެދި އާދޭސް ކުރުމެވެ. ތިއަބޭފުޅުން ކުރައްވަވާ ޞަދަޤާތުގައި ބަރަކާތް ލައްވަވާށި! އާމީން

އެކައުންޓް ނަންބަރ: 7708382160101

 

ފޯނު ނަންބަރ: 7632686

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް