އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފިރިހެނުންނަށް ދިމާވާ ދަރިމައިވުމުގެ މައްސަލަތަކާއި ބެހޭގޮތުން ހޭލުންތެރިކުރުމަށް ހާއްސަ ސެޝަންއެއް ބާއްވަނީ

ފިރިހެނުންނަށް ދިމާވާ ދަރިމައިވުމުގެ މައްސަލަތަކާއި ބެހޭގޮތުން ހޭލުންތެރިކުރުމަށް ހާއްސަ ސެޝަންއެއް ބާއްވަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 38 ސިކުންތު

ފިރިހެނުންނަށް ދިމާވާ ދަރިމައިވުމުގެ މައްސަލަތަކާއި ބެހޭގޮތުން އާންމުން ހޭލުންތެރިކުރުމަށްޓަކައި ހާއްސަ މައުލޫމާތު ސެޝަންއެއް 28 ޖެނުއަރީގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

މި ސެޝަންގައި ބައިވެރިންނަށް މައުލޫމާތު ދެއްވުމަށްޓަކައި ބައިވެރިވެވަޑައިގަންނަވަނީ އިންޑިއާގެ ބީޖީއެސް ބެންގަލޯ ހޮސްޕިޓަލުގައި މަސައްކަތްކުރެއްވި ކޮންސަލްޓަންޓް ކިޑްނީ ޓްރާންސްޕްލާންޓް ސާރޖަން އެންޑް އެންޑްރޮލޮޖިސްޓް ޑރ.ސެޝަގިރިއެވެ. މިއީ ޑރ.ސެޝަގިރި މި ޖަމިއްޔާގެ މައުލޫމާތު ސެޝަނެއްގައި ބައިވެރވެވަޑައިގަންނަވާ ދެވަނަ ފަހަރެވެ. މީގެ ކުރިންވެސް ޑރ.ސެޝަގިރިވަނީ "ސެކްޝުއަލް ޑިސްފަންކްޝަން އިން މެން" މި މައުޟޫއަށް މައުލޫމާތު ސެޝަންއެއް ނަގާދީފައެވެ. މި ސެޝަންއަށްވެސް އާންމުންގެ ބޮޑު ތަރުހީބެއް ލިބުނުކަން މި ޖަމިއްޔާއިން ފާހަގަކުރަމެވެ.

ދަރިމައިވުމުގެ މައްސަލަތަކަކީ ފިރިހެނުންނާއި އަދި އަންހެނުންގެ ކިބައިގައިވެސް ހުންނަ މައްސަލަތަކަކަށްވާއިރު، ފިރިހެނުންނަށް ދިމާވާ މިފަދަ މައްސަލަތަކާއި ބެހޭގޮތުން ސައްހަ މައުލޫމާތާއި، އާންމުންގެ ހޭލުންތެރިކަން މަދުކަން މި ޖަމިއްޔާއިން މިހާތަނަށް ކުރި މަސައްކަތުން ވަނީ ފާހަގަކުރެވިފައެވެ. މިގޮތުން ފާއިތުވި 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް މި ޖަމިއްޔާގައި ރަޖިސްޓްރީވެފައިވާ 309 މެންބަރުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުން 18.7 އިންސައްތަ މެންބަރުންނަކީ "މޭލް ފެކްޓާރ އިންފާޓިލިޓީ" ނުވަތަ ފިރިހެނުންނަށް ދިމާވާ ދަރިމައިވުމުގައި މައްސަލަތަކާއިހެދި ދަރިމައިވުމުގެ ދަތިތައް ކުރިމަތިވެފައިވާ ފަރާތްތަކެވެ.

އެހެންކަމުން މި ސެޝަންގައި ބައިވެރިވުމަށް ވީހާވެސް ގިނަބަޔަކަށް ތަރުހީބުދީ، މި ސެޝަންގައި ބައިވެރިވެ، މި މައުލޫމާތުތައް އާންމުންނަށް ހިއްސާކޮށްދިނުމަށް މި ޖަމިއްޔާގެ ފަރާތުން ތިޔަ މީޑިއާތަކަށް ދައުވަތު އަރުވަމެވެ. 

މި ސެޝަން ކުރިއަށްދާނީ، 28 ޖެނުއަރީ (ހޮނިހިރު) ދުވަހުގެ ރޭ 21:00 ގައި އޮންލައިންކޮށެވެ. ސެޝަންއަށް ރަޖިސްޓްރީ ކުރައްވާ ފަރާތްތަކުގެ އެއްވެސް ޒާތީ މައުލޫމާތެއް ސެޝަން ތެރޭގައިވެސް އަދި އެނޫންގޮތަކަށްވެސް ޖަމިއްޔާއިން ބޭނުމެއް ނުކުރާނެއެވެ.

އާރޓިކަލް ރޭޓްކުރައްވާ


33%
ވ.ރަނގަޅު
16%
ރަނގަޅު
0%
އޯކޭ
50%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު